މުދައްރިސުންގެ ދުވަސް: ޕްރޮފެޝަންގެ އަދުގެ ހާލަތު ދެނެގަތުމަށް ވަގުތު ދީ!

ބައިނަލް އަގުވާމީ މުދައްރިސުންގެ ދުވަސް 2019
Share on facebook
Share on twitter
Share on google

މިއަދަކީ ދިވެހިރާއްޖޭގައި ވެސް ފާހަގަ ކުރާ ޓީޗަރުންގެ ދުވަހެވެ. އަދި ބައިނަލްއަގުވާމީ ގޮތން ފާހަގަކުރާ ޓީޗަރުންގެ ދުވަސް ވެސް މެއެވެ. މިދުވަހަކީ ވަރަށް ގިނަ ޓީޗަރުންނާއި ދަރިވަރުން އަދި ބެލެނި ވެރިން އުފާވެރިކަމާއެކު ފާހަގަކުރަމުން އަންނަ ދުވަހެކެވެ. އެގޮތުން ސްކޫލް ޒީނަތްތެރިކޮށް މުދައްރިސުންނަށް ހަދިޔާ ދިނުމާއި އެކިއެކި ކުޅިވަރުތައް ދުވަހާއި ގުޅުވައިގެން ކުޅުން އޮވެއެވެ.

ބައިނަލް އަގުވާމީ ގޮތުން މިއަހަރުގެ ޓީޗަރުންގެ ދުވަހުގެ ޝިއާރަކީ “ޒުވާން މުދައްރިސުން: ދާއިރާގެ މުސްތަގުބަލް” އެވެ.

އުފާވެރި ދުވަހެއްގައި ވިސްނުން ބަހައްޓަން ޖެހެނީ ހަމައެކަނި އެދުވަހުން ލިބޭ ހިތްހަމަޖުމަކަށް އެކަންޏެއް ނޫނެވެ. އަހަރު ތެރޭގައި މަސައްކަތްތައް ކުރެވުނު ގޮތާއި، ރަނގަޅަށް ކުރެވުނު ކަނތައްތަކާއި، އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކާއި މެދުވެސް އަލުން ވިސްނާލުން މުހިންމެވެ.

މީގެއިތުރުން މި ދުވަސްވަރު މުދައްރިސުންގެ ޕްރޮފެޝަން އަށް ދިމާވާ ގޮންޖެހުންތަކިކީ ކޮބައި ކަމާއި މުދައްރިސުންނަސް ހައްގުވާ މިންވަރު ލިބޭތޯ މިފަދަ ދުވަހެއްގައި ފިކުރު ހިންގާލުން މުހިންމު ކަމަށް ދެކެމެވެ.

ހަގީގަތުގައި މިފަދަ ދުވަސްތައް ފާހަގަކުރަނީ މަތީގައި ބުނެނުނު ފަދައިން މި ފަންނަށް ހުރި ގޮންޖެހުންތަކާއި ހޯދަން އެދޭ ކުރިމަގަސ ްވާސިލުވާނެ ގެޮތަކަށް އަލުން ވިސްނައި ހާލަތު ދެނެގަތުމަށާއި އަލާންޖެހެ ފިޔަވަޅުތަކަށް މަސައްކަތް ކުރުން ކަމުގައި ދެކެވެ. ދުވަހުގެ ސެލެބްރޭޝަންތައް ބޭއްވުމަކީ ދުވަހުގެ ޜޫހު އާލާކޯށްދޭ ކަމަކަށް ވިޔަސް އަސްލު މަގުސަގު ނާރެހުން ގެއްލުވާލައިގެން ނުވާނެއެވެ. އެކަމަށް ވަގުތުކޮޅެއް ދޭށެވެ. އެންމެ އެކުގައި އާއި ވަކިވަކިން ވެސް މެއެވެ. ހަމައެކަނި ބެލެނިވެރިންގެ ޖަމްއިއްޔާއިން ލިބޭ ރޭގަނޑުގެ ކެއުމަކާއި ދަރިވަރުންގެ ފަރާތުން ލިބޭ ކުދި ހަދިޔާއަކުން، އަދި އެންމެން އެކުގައި ކުޅެލާ ކުޅިވަރަކުން މިފަދަ ދުވަސްތައް ނިންމާލައިގެން ނުވާނެއެވެ. މުދައްރިސުންގެ މައްސަލަތަކަށް ސަމާލުކަމެއް ލިބޭނެ ތިމާއަށް ކުރެވުނީ ނުވަތަ ކުރެވޭނީ ކޮންކަމެއްތޯ ކޮންމެ މުދައްރިސަކު ވެސް އަމިއްލަ ނަފުސާއި ސުވާލު ކުރަން ޖެހެއެވެ.

މުދައްރިސުންނޭވެ. ތިއީ މުޖުތަމިއުން ގަދަރު ލިބެންޖެހޭ ބަޔަކަށް ވާން ޖެހެއެވެ. އަބުރުވެރި ދިރިއުޅުމެއް އުޅޭވޭވަރުުގެ ފަންނުވެރި މަސައްކަތެއް ކުރާ ބަޔެއްކަން މުޖުތަމިއަށް ދައްކައިދޭން ޖެހެއެވެ. ތިބާގެ މަސައްކަތުގެ މާހައުލުގައި ހުރި ގޮންޖެހުންތަކާއި މެދު އެންމެ އެކުވެ ވާހަކަ ދައްކައި އެކަންކަން ހައްލު ކުރެވޭނެ ގޮތެއް ހޯދަން ޖެހެއެވެ.

ކޮންމެ މުދައްރިސަކީވެސް މިނިވަންކަމއި ގާބިލުކމާއެކު ތިމާގެ މަސައްކަތް އަދާކުރެވޭވ ވަރުގެ މީހަކަށް ވާން ޖެހެއެވެ. އެކަމަށް މަސައްކަތް ކުރާށެވެ. މަސައްކަތުގައި ތިބާގެ ސިކުނޑިން ވިސްނައި ތިބާގެޒިންމާތަކާިއ ހައްގު މިންވަރު ދެނެގަންނާށެވެ. ތިބާގެ ޒިންމާ ފުރިހަމައަށް އަދާކުރާވޭނަމަ ޕްރިންސިޕަލް ދެކެ ބިރުގަންނާކަށް ނުޖެހޭނެއެވެ. ސްކޫލް އެކުލެވެނީ ޕްރިންސިޕަލާއި މުދައްރިސުން، ދަރިވަރުން އަދި މުވައްޒަފުންގެ މައްޗަށެވެ. ސްކޫލަކީ މިއެންމެންގެ ތަނެކެވެ.

ޕްރިންސިޕަލަށް ވެސް ހައްގު އިޙުތިރާމު ލިބެން ޖެހެއެވެ. ހަމައެގޮތަށް މުދައްރިސަށް ވެސް މުޅި ސްކޫލު މާހައުލާއި މުޖުތަމައުން އިހުތިރާމާއި ގަދަރު ލިބެން ޖެހެއެވެ. އެކުގައި ކޮންމެ ބަޔަކު ވެސް މަސައްކަތް ކުރަން ޖެހެނީ މިނިވަންކަމާއެކު ފަންނު ކުރިއަރުވާށެވެ.

ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަސް 2019، ރާއްޖޭގައި ފާހަގަ ކުރަނީ އަކްޓޯބަރ 5 ގައި

އިތުރު ގަޑީގައި މަސައްކަތް ކުރުމުން ސިވިލް ސާރވިސް މުވައްޒަފުންގެ މެދުގައި ތަފާތުކުރުމެއް ނެތި އިތުރުގަޑީގެ ފައިސާ ލިބޭ ހެއްޔެވެ؟ އޮފީސްތަކުގައި އެޑްމިނިސްޓްރޭޓިވް މަސައްކަތް ކުރާ މީހުންނަށް އިތުރު ގަޑި ލިބިފައި މުދައްރިސުން އިތުރުގަޑީގައި ކިޔަވައިދިނުމާއި ސްކޫލުގެ އެކިއެކި ހަރަކާތްތަކުގައި އަމިއްލަ އާއިލާގެ ވަގުތު ގުރުބާން ކޮށްލާ ހޭދަކުރާ ވަގުތަށް އިތުރު ގަޑި ނުލިބުމަކީ ސަރުކާރުން މުދައްރިސުންގެ މަސައްކަތު އަގު ވަޒަންކުރުންތޯ އެވެ؟

މިފަދަ މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރަން މިއީ އެންމެ މުހިންމު ވަގުތެވެ. މިއީ މުޅި ދުނިޔެ ވެސް މުދައްރިސުންގެ ގޮވެލި އަޑު އަހަން މަޑުކޮށްލާ ވަގުތުކަން ދަންނާށެވެ. ލިބޭ މީރު ކެއުމަކަށް ވުރެ ޓީޗަރުންގެ ހައްގުގައި ކުރެވޭ ކުޑަ މަސައްކަތަކީ ވެސް މާ ފައިދާ ބޮޑު މަސައްކަތެކެވެ.

މަޖުލިސް މެންބަރު އަލީ ހުސޭން ވިދާޅުވި ފަދައިން މިއަދު އަޑުއުފުލަން ވިއެއްކަމަކި ދިވެހި މުދައްރިސުންނަށް ލިވިން އެލަވަންސާއި ފުޑު އެލަވަންސް ނުލިބެނީ އެމީހުންނަށްް ހިލޭ ކެއުމާއި ބޯހިޔާވަހިކަން އެހެން ގޮތަކުން ލިބޭތީ ބާވައެވެ؟ ނޫނެކެވެ. ދިވެހި ނަސްލުގެ ޓީޗަރުންނަށް ވެސް އެކަންކަން ހަމަޖެހެނީ ޚަރަދު ކޮށްގެންނެވެ. ވީމާ ބިދޭސީ މުދައްރިސުންނަށް އެފަދަ އެލަވަންސް ދެގޮތަށް ދިވެހި ނަސްލުގެ މުދައްރިސުންނަށް ވެސް އެ އެލަވަންސްތައް ލިބެން ޖެހެއެވެ.

މުދައްރިސުންގެ މުސާރައަަށް ހެޔޮބަދަލެއް އަންނާނެ ކަން އެޑިއުކޭޝަން މިނިސްޓަރު މިވަނީ އަހަރުތެރޭގައި އިއުލާންކޮށްފައެވެ. މުދައްރިސުނަށް އެޑިއުކޭޝަން މިނިސްޓަރ ފޮނުވިި ހުޅުވާލެވިފައިވާ ސިޓީގައި ވާ މުހިންމު އެއްކަމަކީ މުދައްރިސުންގެ ދުވަހާއި ގުޅުވައިގެން ބައިނަލް އަގުވާމީ ޖަމާއަތްތަކުން ފާހަގަކޮށް ފައިވާ މުހިންމު ކަންތައްތަކާއި މެދު ޓީޗަރުން ވިސްނާލުމެވެ. އެގޮތުން ފާހަގަ ކުރައްވާފައި ވަނީ:

  • “ހަރަކާތްތެރި މުދައްރިސުންގެ އައު ޖީލެއް ނުއުފެދޭނަމަ، ފެންވަރު ރަނގަޅު ތައުލީމެއް ލިބިދިނުމުން އެތައް ކުދިންނެއް މުސްތަގުބަލުގައި މަހުރޫމުވާނެއެވެ.
  • މުދައްރިސުންނަށް ދެވޭ ގަދަރާއި މުސާރަ ކުޑަކަމުން އެމީހުން ވަޒީފާއަށް ގެނުވައި ދެމެހެއްޓުން ވަނީ ގޮންޖެހުމަކަށް ވެފައެވެ.
  • ވަޒީފާ ދޫކޮށް ދާ މުދައްރިސުންގެ ނިސްބަތް މުޅި ދުނިޔޭގައި ވެސް ދަނީ މަތިވަމުންނެވެ.
  • މިހެން މެދުވެރިވާ ދެ ސަބަބަކީ، ކުރިމަގު އުޖާލާކަން ނުފެނުމާއި ވަޒީފާގެ ނުތަނަވަސްކަން ބޮޑުު ވުމެވެ. އަދި
  • މީގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ރެފިއުޖީންނާއި ގިނަ ބަސްދަންނަ ދަރިވަރުންނަށް އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް މަދުކަމެވެ.”

މުދައްރިސުންގެ ދުވަހާއި ގުޅުވައިގެން މުދައްރިސުންގެ އަސްލު އިޙުސާސުތައް ކިޔައިދިނުމަށް ކަމަސް އެކަށޭނަ ފޯރަމެއް ބޭއްވުން ކީއްތޯއެވެ؟ ބެލެނިވެރިންނާއި ރަށުގެ އިސްފަރާތްކުގެ ހާޒިރުގައި އެންމެ ކުޑަމިނުން ޓީޗަރުންގެ އާއިލާގެ ހިތުގެ ފުންމިނުން އަޑު އިއްވައިދޭށެވެ. ބައެއް ކަންކަމުގެ ނަތީޖާ އެނގޭނީ އެކަމެއް ނިމި އެތައް ދުވަހެއް ފަހުންކަން ޓީޗަރުން ގާތު ބުނާކަށް ނުޖެހޭނެއެވެ. އެނގޭނެއެވެ. ނަތީޖާއެއް ނުލިބުނު ކަމުގައި ވިޔަސް ޓިޗަރުންގެ އާއިލާގެ ޒިންމާއެއް އަދާކުރެވުނީ ކަމަށް ބަލާށެވެ.

ބއނލ އގވމ ޓޗރނގ ދވސ 2019

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments