މިއަދަކީ މިއަހަރުގެ މުދައްރިސުންގެ ދުވަސް!

މުދައްރިސުންގެ ދުވަސް 2020، 5 އޮކްޓޫބަރު
1
Share on facebook
Share on twitter
Share on google

މިއަދު، އޮކްޓޫބަރު 5 އަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޓީޗަރުންގެ ދުވަހެވެ. ދުނިޔޭގެ އެހެން ގިނަ ގައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖޭގައި ވެސް ޓީޗަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މިދުވަހެވެ. އޮކްޓޫބަރު 5 އެވެ. މިދުވަހަކީ ޓީޗަރުންނާއި ދަރިވަރުން އަދި ބެލެނިވެރިންނަށް ޚާއްސަ އުފާވެރިކަމެއް ގެނެސްދޭ ދުވަހެކެވެ. އެގޮތުން ދުވަހާއި ގުޅޭ ގޮތުން ސްކޫލް ޒީނަތްތެރިކުރުމާއި ދުވާހާއި ގުޅިގެން މުދައްރިސުންނަށް ދުވަހުގެ ހެޔޮއެދުން ފޮނުވުމާއި، ގްރީޓީން ކާޑު ދިނުން ފަދަ ކަންތައްތައް ތަކުރާރުވެއެވެ.

އެގޮތުން ސްކޫލްތަކުގައި މިދުވަސް ފާހަގަ ކުރެވެމުން އައީ ވަރަށް ފުޅާ ކޮށެވެ. ގިނަގުނަ ހަރަކާތްތަކާއެކުއެވެ. ނަމަވެސް މިއަހަރު ދުނިޔޭގެ ގިނަ ސްކުލްތަކުގައި މިދުވަހުގެ ހަރަތާތްތައް ބޮޑަށް ރޭވިފައިވަނީ އޮންލައިންކޮށް ކުރިޔަށް ގެންދާ ގޮތަށެވެ. އެގޮތުން ޔުނެސްކޯއާއި، އުނިސެފް އަދި އައިއެލްއޯ (އިންޓަރނޭޝަންނަލް ލޭބާ އޯގަނައިޒޭޝަން) އިން ބާއްވާ ޓީޗަރުންގެ ދުވަހުގެ ރަސްމިއްޔާތު ވެސް އޮންނާނީ މިއަދު އޮންލައިންކޮށެވެ. އަދި އޮންލައިން އެ ހަރަކާތްތައް އެއް ހަފުތާއަށް ދެމިގެންދާނެއެވެ.

ކޮވިޑް-19ގެ ހާލަތުގައި އުގެނުމުގެ އިރުޝާދު

މި އަހަރުގެ ޓީޗަރުންގެ ދުވަހުގެ ޝިއާރުގެ އަޅުގަނޑުގެ ތަރުޖަމާއަކީ “މުދައްރިސުން: ދަތި ހާލަތްތަކުގެ ވަގުތުގައިވެސް އާރުކާޓީއަކަށްވެ މުސްތަގުބަލް ތަސައްވުރު ކޮށްދޭ” އެވެ. ޔުނެސްކޯ، ޔުނިސެފް އަދި އައިއެލްއޯ ގުޅިގެން ނެރެފައިވާ މިޝިއާރު އިނގިރޭސި ބަހުން ގެނެސްދީފައި ވަނީ “ޓީޗާސް: ލީޑިން އިން ކްރައިސަސް، ރިއިމޭޖިނިން ދަ ފިއުޗާ” މިހެންނެވެ.

މިފަހަރުގެ ޓީޗާސް ޑޭ ވެސް ފާހަގަ ކުރެވިގެން މިދަނީ މުޅި ދުނިޔެވެސް ބޮޑުު ބަލިމަޑުކަމެއް ތަހައްމަލުކުރަމުގެ ތެރެއިންނެވެ. އެތައްފަހަރަކު ރާއްޖޭގެ ވެސް ވަރަށް ގިނަ ދަރިވަރުން ސްކޫލަށް ދިއުން މެދުކަނޑާލެވި، އަދިވެސް ބައެއް ދަރިވަރުން ސްކޫލަށް ދިއުން އަލުން ނުފެށިފައި ވަނިކޮށެވެ. ވުމާއެކު މިދުވަސް ފާހަގަ ކުރުން މިއަހަރު ދިވެހި ރާއްޖޭގައި ވެސް ވަރަށް ތަފާތު ވާނެއެވެ. އެހެންނާ ބާއްވާ ގިނަ ހަރަކާތްތަކެއް ނުބެއްވޭނެއެވެ. ރައްކާތެރިކަމުގެ ގޮތުން ގައިދުރުކަން އިސްކުރަން ޖެހުމާއި މާސްކް އެޅުން ފަދަ ކަންތަތައްތަކަށް ސަމާލުކަން ދެވިގެންދާނެތީއެވެ.

ކޮވިޑް-19 ގެ ޙާލަތުގައި ތައުލީމީ ދާއިރާގެ މައުލޫމާތު ދިނުން.

މި އަހަރު މިވަނީ، ކޮވިޑް-19ގެ ސަބަބުން ހުރިހާ ދާއިރާއަކުން ވެސް ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. މިދަތި ޙާލަތުގައި ވެސް މުދައްރިސުން ވަނީ ކިޔެވުން އެއްކޮށް މެދުކެނޑުނަ ނުދީ ކުރިޔަށް ގެންދަމުން ކަން ހާނަދާން ކުރަން ޖެހެއެވެ. އެގޮތުން ޓެލި ކިލާހާއި،، ވީޑިއޯ ކޮންފަރެންސިން ކްލާސްތަކާއި، ގޫގުލް ކިލާސް ފަދަ އޮންލައިން ކްލާސް ހިމެނެއެވެ. އަދި ކުރިން އެއް ކްލާހެއްގެ ގޮތުގައި ތިބި ކުދިން ބައިބަޔަށް ބާހާލައިގެން އެކި ސެޝަންތަކަށް ސްކޫލަށް ގެންގޮސްގެން ކިޔަވައިދިނުމައި، ސެޝަނުގެ ގަޑި ކުރުކޮށްގެންނާއި ހަފުތާއަކު ދެ ދުވަހު ދަރިވަރުން ސްކޫލަށް ގެންގޮސްގެން ފަދަ ތަފާތު ގޮތްގޮތަށް ކިޔެވުން އެއްކޮށް މެދުކެނޑުނަ ނުދީ ކުރިޔަށް ގެންގޮސްފައި ވަނީ ތަފާތު ގޮންޖެހުންތަކުގެ ތެރެއިން ކަން ހަނދާންކޮށްލުން މުހިންމެވެ.

ތެލެކިލާސް ޝެޑިއުލެއް

މުޅިން އައު ޓެކްނޮލޮޖީ ޕްލެޓްފޯމްތަކާއި އަދި އެހާ އަހުލުވެރިން ނޫން އާލާތްތައް ބޭނުންކޮށްގެން ކަންކަން ދަސްކުރަމުން ދިޔައީ ދަރިވަރުންގެ އުނގެނުން ވެސް މެދުކެޑުނަ ނުދީއެވެ. އެއްވެސް ދަރިވަރުކު ބާކީވިޔަނުދީ، ބައެއްފަހަރު އެކަނި މާއެކަނި އަނެއްބައިފަހަރު އެހެން ޓީޗަރުންނާއި ހެޔޮއެދޭ މީހުންގެ އެހީތެރިކަމާއެކު ވެސް އުނގެނުމާއި އުގަންނައި ދިނުމުގެ އައު ވައްޓަފާޅީގެ ތެރެއިން ހައްލުތަކެއް ހޯދަން ޖެހުނެވެ. ޓީޗަރުންގެ ގިނަ ވަގުތުތަކެއް މިކަންކަމަށް ހޭދަކުރަން ޖެހުނު އިރު ދަރިވަރުންނާއި ބެލެނިވެރިންގެ ވެސް ވަރަށް ގިނަ ވަގުތުތަކެއް ދަރިވަރުންނަށް އުނގެނުމުގައި އެހީތެރިވުމަށް ހޭދަކުރަން ޖެހުނެވެ.

މީގެ އިތުރުން ދަތި ހާލުގައި ސްކޫލްތައް އަލުން ހުޅުވުމަށް ވާންޖެހުނު އިތުރު ތައްޔާރީތަކާއި އައު ހާލަތުގައި ކިޔަވައިދުން އިންތިޒާމުކޮށް ބައްޓަން ކުރަން، ކުރަން ޖެހުނު މަަސައްކަތްތަކާއި ދަރިވަރުންނަށް އުނގަންނާއި ދިނުމުގެ އިތުރުން ހާލަތުގެ ގޮތުން އިތުރަށް އެހީތެރިވުމަށް ކުރަންޖެހުނު ކަންކަމާއި މިފަދަ ތަފާތު ކަންތައްތަކަކީ މިއަދު ހަނދާން އައުކޮށް ޓީޗަރުންނަށް ޝުކުުރުވެރިވާން ޖެހޭ ކަންކަމެވެ.

ހެޕީ ޓީޗާސް ޑޭ 2020

ކިޔަވައިދިނުމުގެ ބުރަމަސައްކަތުގައި އަބަދުވެސް މުދައްރިސުންނަށް ތަފާތު ގޮންޖެހުންތަކާއި ކުރިމަތިވެއެވެ. އެއާއިއެކު ކޮވިޑް-19ގެ މިހާލަތުގައި ދިވާ ގޮންޖެހުންތައް އިތުރުވެގެން ދިޔައެވެ. މުދައްރިސުންނަކީ ޔުނެސްކޯގެ ތައުލީމީ ލަނޑުދަނޑި ޙާސިލުކުރުމުގައި މުހިންމު ބައެއްކަމަށް ވާހިނދު މިހާހިސާބަށް އުނގެނުމުގެ ލަނޑުދަނޑިން ހާސިލުކުރެވިފައިވާ ކަންތައްތަކަށް ބަލައި އަދި އިތުރަށް ކުރަން ހުރި ކަންތައްތަކާއި މެދު އަލުން ވިސްނައި މުދައްރިސުކަމުގެ ފަންނު ކުރިއަރުވާން ހުރި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެއެވެ. އަދި އެހެން ފަރާތްތަކުން ވެސް ޓީޗަރުންގެ އަގުވަޒަންކޮށް މިކަމުގައި އެހީތެރވާން ޖެހެއެވެ.

ބަދަލުގެނެވިފައިވާ އައު ތައުލިމީ ކަލަންޑަރު.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments