ފަނަރަ ވަނަ ބައި
ގޭގެ ބޭރު ދޮރާހަމައަށް ތޫބާ ދުވެފައި ދިޔައީ ގޭތެރޭ އަރަން އުޅޭ ފައިވާނަށް ވެސް ނާރައެވެ. އެވަރުވެސް ތޫބާއަށް ލަސްވިއެވެ. ހީކުރެވުނީ ލަސްވަންޏާ ބައްޕަ ހިނގައިދާނެއެވެ. ނޫނީ ބޭނުންވެގެން މިހިރަ ފުރުސަތު ގެއްލިދާނެހެންނެވެ.
ތޫބާ ހުޅުވި ދޮރުން ތޫބާގެ ބައްޕަ ވަނުމުން ތޫބާ ދޮރުލައްޕާލާފައި ވެސް އިރުކޮޅަކު ހުރިތާ ހުއްޓެވެ. ބައްޕަ ގާތު ޙަމްދާންގެ ވާހަކަ ފަށާނެ ގޮތަކާ މެދު ވިސްނަނީއެވެ.
ތޫބާގެ ބައްޕަ ގޮސް ސޯފާ ގޮނޑިއެއްގައި އިށީނދެ ތޫބާއަށް ފުންކޮށް ބަލައިލިއެވެ.
“ކީކޭތަ ދަރިފުޅު ބުނަން ބޭނުންވީ!”
ބައްޕަގެ އަޑު އިވުމުން ދެއަތް ދެއަތާ އުނގުޅައިލެވުނު ތޫބާއަށް އިސްޖަހައިލެވުނެވެ. ތޫބާގެ މޫނުމަތި މިލައިގެން ދިޔައީ ތޫބާގެ ބައްޕަ ތޫބާއަށް ބަލަހައްޓައިގެން ހުއްޓައެވެ.
“ދަރިފުޅު!……… ދަރިފުޅަށް ރަނގަޅަށް އެނގޭނެ ދަރިފުޅަށް ދެރައެއް ލިބޭކަށް ބައްޕައެއް ނޭދޭނެކަން! ބައްޕަ ބޭނުންވަނީ ދަރިފުޅު އުފަލުގައި އުޅުން! ހާރިސްއަކީ ތަނަވަސް ކުއްޖެއް ! އޭނަ ދަރިފުޅު އުފަލުގައި ގެންގުޅޭނެ! އަނެއްކޮޅުން ހާރިސްގެ މަންމަމެނަށް ވެސް ދަރިފުޅު ވަރަށް ކަމުދޭ! މާލޭގަ އެމީހުންގެ ގެދޮރު އެބަހުރި! މިއީއެއް ނޫންތަ ދިރިއުޅުމުގައި ބޭނުންވާނެ ކަންމަކަމަކީ!”
ކުރީ ދުވަހުވެސް ބައްޕަ ދެއްކި ވާހަކަ ބައްޕަ ތަކުރާރު ކުރިއެވެ. އެކަމަކު މިއަދު އެ އަޑުގައިވަނީ ލޯތްބެވެ. އޯގާތެރިކަމެވެ.
“ބައްޕާ ! އަޅުގަނޑަށް އެންމެ ފުރުސަތެއް ދީ! ………. ހާރިސްއަށްވުރެ މާރަނގަޅު މީހަކު އަހަރެން ބައްޕައަށް ދައްކައިފިއްޔާ ބައްޕަ ގަބޫލު ވާނަންތަ!”
ތޫބާ ޖެހިލުންވެ ހުރެ އާދޭހުގެ ރާގެއްގައި އެދުނެވެ.
އެވަގުތު ބޭރުން މީހަކު ދޮރުގައި ޓަކި ދިން އަޑު އިވުމުން ތޫބާއަށް އެ ދިމާއަށް ބަލައިލެވުނެވެ. އަދި މޭގަނޑު ނެގިނެގިފައި ޖެހެމުން ދިޔަ ކަމުގެ އިޙުސާސުން މީހާ މުޅިން ގަނޑުކޮށްލިއެވެ. ހިތް ބިރު ގަންނަނީއެވެ. ހާސްވަނީއެވެ. ދެން ކަންތައް ވާނެ ގޮތަކާމެދުގައެވެ.
ގޮނޑީގައި އިށީނދެ އިން ބައްޕައަށް ބަލާލުމަށްފަހު ތޫބާ ހިނގައިގަތީ ދެވަނަފަހަރަކު ވެސް ދޮރުގައި ޓަކި ޖަހައިލުމުންނެވެ.
ތޫބާ ހުޅުވައިލި ދޮރުން ވަންނަން ތައްޔާރަށް ތިބި ޚަލީލްގެ ދެމަފިރިން ފެނުމުން ތޫބާ ޙައިރާން ވިއެވެ. ބައްޕަ އެމީހުން އަންނަ ވާހަކަ ނުވެސް ބުނީތީއެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އިތުރަށް ހައިރާން ވީ ޚުދު ތޫބާގެ ބައްޕައަށް ވެސް ޚަލީލްމެން އަންނަކަން އެނގިފައި ނެތްކަން ބައްޕަ އުޅެގަތް ގޮތުން އެނގުމުންނެވެ. ދެން ލިބުނު ޙައިރާންކަން އަދި އެއަށްވުރެން ވެސް ބޮޑެވެ.
ތޫބާ ހުޅުވައިގެން ހުރި ދޮރުން ދެން އައިސް ވަންނަން ދިމާ ކުރީ ޙަމްދާނެވެ. ކޮންމެ މީހެއްގެ ހިތުގައި ވެސް އެތައް ސުވާލެއް އޮތީ ފުނި ޖެހިފައެވެ. ޖަވާބު ބޭނުންވެފައެވެ. ފުރަތަމަ ވާހަކަ ދައްކާނީ ކާކުކަމެއް އެކަކަށްވެސް ނޭނގި ދިޔަ އިރުކޮޅެއް ފަހުން ޙަމްދާންގެ މަންމަ އައިސް ތޫބާގެ އަތުގައި ހިފަމުން ވާހަކަ ދައްކަން ފެށިއެވެ.
“އާމިނާ! ތަންކޮޅެއް މިހާރު ހިކިއްޖެ ދޯ!”
ތޫބާއަށް ކުރެވުނުހާ ވެސް ކަމަކީ ކުޑަކޮށް ހީނލަމުން ބޯ ޖަހާލުމެވެ. އަދި ދެން އަނެއްކާ ވެސް ތަނަށް ވެރިވީ މަރުގެ ހަމަ ހިމޭންކަމެކެވެ.
ޙަމްދާންއަށް ވުރެ ދުވަސް ވީ މީހުން ވެސް އަނގައަކުން ނުބުނުމުން ޙަމްދާން ކުޑަކޮށް ކަރުކެހިލިއެވެ. އަދި ވާހަކަ ދައްކަން ތައްޔާރުވިއެވެ. ކުޑަކޮށް އިންތަނުން ތެދުވެލާފަ އަނެއްކާ އިށީނެވެ.
“ބައްޕާ! މީ ތޫބާ!”
ތޫބާއަށް އިޝާރާތް ކުރަމުން ޙަމްދާން ވާހަކަ ކުރިއަށް ގެންދިޔައެވެ. ބުނަން ބޭނުންވި ވާހަކަ ވީހާވެސް ކުރުކޮށް ބުނެވޭތޯ ޙަމްދާން ބެލިއެވެ.
“އަޅުގަނޑު ބޭނުން ތޫބާއާ އިންނަން! ތޫބާވެސް އެ ގޮތް އެދޭ!”
ޙަމްދާން އިސްދަށަށް ޖެހީ ތޫބާ ވެސް އިސްދަށަށް ޖެހިތަން ފެނުމުންނެވެ.
ޚަލީލް ބަލައިލީ އަންހެނުންގެ މޫނަށެވެ. ޚަލީލްއަށް ފެނުނީ ޙައިރާންކަމުން ދެލޯ ބޮޑުވެފައި ހުރީ ޙަމްދާންގެ މަންމަގެ މޫނެވެ. ޚަލީލް ދެން ނަޒަރު ހުއްޓައިލީ އެކުވެރިޔާ މުފީދުގެ މޫނަށެވެ.
“އަހަންނަށް އޮޅިއްޖެ! މުފީދު، ކަލޭ ނިކަން ވާހަކަ ދައްކަ ބަލަ!”
ޚަލީލްގެ އަޑުގައިވަނީ އެ ދެ ރަޙުމަތްތެރިންގެ ދެމެދު އެ އޮންނަ ޢާންމު ރާގެވެ.
“ތިއަށްވުރެ ބޮޑަށް އަހަންނަށް އޮޅިއްޖެ! ބަލަ ކަލޭމެންގެ ދަރިފުޅެއްނު އަހަރެންގެ އާމިނާއާ އިންނަން އެއްބަސް ނުވީ!”
މުފީދުގެ އަޑުގައިވަނީ ޙައިރާންކަމާއެކު ނުރުހުމެވެ. އެހެންނަމަވެސް އެކަން ފޮރުވޭތޯ މުފީދު މަސައްކަތް ކުރިއެވެ.
އެވަގުތު ދެފަރާތުގެ ބައްޕައިންގެ މެދުގައި އޮތް އެކުވެރިކަން ހިތްހަމަ ނުޖެހުމަކަށް ހިނގައިދާނެތީ ވާހަކަ ދެއްކުން ރަނގަޅުކަމަށް ފެނިގެން ޙަމްދާންގެ މަންމަ ކުރިއަށް ޖެހިލިއެވެ. ތޫބާގެ އަތުން ދޫކޮށްލާފައެވެ.
“ދެން ވާހަކަ ދައްކާނީ އަހަރެން! ޚަލީލް، ތި ދެމީހުން މަޑުން ތިބޭ!”
އެހެން ބުނުމަށްފަހު ޙަމްދާން މަންމަ އެނބުރުނީ ޙަމްދާންއާ ވީ ފަރާތަށެވެ. އޭގެ ކުރިން އިޝަރާތް ކުރީ ޙަމްދާންގެ ބައްޕައަށެވެ.
“ދަރިފުޅު ހަނދާން އެބަހުރިތަ ދަރިފުޅު ބައްޕަގެ ރައްޓެއްސެއްގެ ދަރިއަކު ގޭގަ ބެހެއްޓި ހަނދާން!”
އާނއެކޭ ބުނެ ޙަމްދާން ބޯޖަހައިލިއެވެ.
“ދަރިފުޅު ހަނދާން އެބަހުރިތަ އެކުއްޖާ އެއީ ވަރަށް ރަނގަޅުކުއްޖެއްގެ ގޮތުގައި މަންމަމެނަށް ފާހަގަ ވެގެން އެ ކުއްޖާއާ އިންނަން މަންމަ މެން އާދޭސް ކުރި ހަނދާން!”
އަނެއްކާވެސް ޙަމްދާން ބޯޖައިލިއެވެ. އެ މޫނުމަތީގައިވާ ޙައިރާންކަމުގެ ކުލަ ގަދަވަމުން ދިޔަވަރަކަށް ވާނުވާ އޮޅުންފިލަން ބޭނުންކަން އެ ދެލޮލުން ހާމަވަމުން ދިޔައެވެ.
“ދަރިފުޅަށް އެނގޭތަ އެ ދުވަހު މަންމަމެން ދަރިފުޅާ ދެވަން ވެގެން އާދޭސްކޮށް މަޖުބޫރުކުރި އަންހެން ކުއްޖަކީ ކާކުކަން!”
މަންމަގެ ސުވާލު އަޑު އިވުމުން ޙަމްދާން ބަލައިލީ ތޫބާއަށެވެ. އަދި ވެސް ތޫބާ ހުރީ އިސްދަށަށް ޖަހާލައިގެންނެވެ.
މި ފަހަރު ޙަމްދާން ޖަވާބެއް ނުދެއެވެ. މިހިސާބަށް ކަންތައް ދިއުމުން ހިތް ބުނަނީ އެއީ ތޫބާއަށް ވެދާނެކަމަށެވެ.
ޙަމްދާންގެ މަންމަ ހިނގައިގަތީ ތޫބާއާ ދިމާއަށެވެ.
“އެ ކުއްޖަކީ، …… އެ އާމިނާ އަކީ މިއީ! ދަރިފުޅު ތިކިޔާ ގޮތުން ނަމަ ތޫބާ!”
ޙަމްދާންގެ މަންމަ ލޯބިން ތޫބާގެ ބުރަކަށީގައި ފިރުމައިލިއެވެ.
“އެހެންވިއްޔާ މީގަ މި ޖެހުނު މައްސަލައަކީ ނަމުގެ މައްސަލަ ތާ!”
ހެމުން ހެމުން ތޫބާގެ ބައްޕައާއި ޙަމްދާންގެ ބައްޕައަށް އެއްފަހަރާ ބުނެވުނެވެ.
“ދަރިފުޅާ އަވަހަށް ސައި ތައްޔާރު ކުރަން އުޅޭ!”
ތޫބާގެ ބައްޕަގެ ސަމާސާ ރާގުގައި ވާހަކަދެއްކުމުން ތޫބާގެ މޫނުމަތިން ވެސް ޙައިރާންކަން ކެނޑި އުފާވެރިކަމާ އެކު ވެސް ލަދުވެތިކަން ފެނިގެން ދިޔައެވެ. އެ ހިސާބުން ތޫބާ އުޅުނީ ޙަމްދާންގެ މަންމައަށާ ބައްޕައަށާ އެންމެނަށް ސައި ތައްޔާރު ކުރުމަށެވެ.
އޮއްސުނު އިރާއެކު ބައެއްގެ ދިރިއުޅުމުގެ ވަރަށްގިނަ ކަންކަން ރޭވިގެން ދިޔައީ އެމީހުންގެ އަމިއްލަ ޕްލޭނާ އެއްގޮތަށެވެ. ޙަމްދާން އޭނަގެ މައިންބަފައިން ގޮވައިގެން ގެއަށް ދިޔައީ ކުރެވެމުން ދިޔަ ފޮނި އިޙުސާސްތަކުން ހިތަށް އުފާ ލިބިގަންނަމުންނެވެ.
“ދަރިފުޅާ ތޫބާ! ބައްޕަ ބޭނުން ދަރިފުޅާ ވާހަކައެއް ދައްކާލަން!”
އެކުވެރި ޚަލީލުމެން ދިއުމުން މުފީދު އެނބުރުނީ ތޫބާއާ ވީފަރާތަށެވެ. އޭގެ ކުރިން އިރުކޮޅަކު އިސްޖަހާލައިގެން އިނެވެ. ތޫބާ ވެސް އައިސް އޭނާގެ ބައްޕަ ގާތު ޖެހިގެން ހުރި ގޮނޑީގައި އިށީނީ އިސް ޖަހާލައިގެންނެވެ.
“ބައްޕަ މި ކުރާ ސުވާލަށް ދޮގު ނަހަދާ ދަރިފުޅު ޖަވާބުދޭތީ!”
ތޫބާ އިސް އުފުލާލާ ބައްޕަގެ މޫނަށް ބަލައިލަމުން ބޯ ޖަހައިލިއެވެ.
“ދަރިފުޅު ކީއްވެތަ ހާރިސްއާ އެކު ރޭގަނޑު ހަތަރު ދަމު ބޭރުގައުޅެ އުޅެ ހުރި ކުއްޖަކު އޭނައާ އިންނަން އިންކާރު ކުރީ!”
ތޫބާގެ ބައްޕަގެ އަޑު އިވުމުން ތޫބާއަށް ދެލޯ ބޮޑޮކޮށްގެން އަނެއްކާ ވެސް ބައްޕައާ ދިމާއަށް ބަލަން އިނދެވުނެވެ.
“ބައްޕާ! ތީ ކާކު ދެއްކި ވާހަކައެއް؟ ދުވަހަކު ވެސް އަޅުގަނޑު އެކަންޏަކު ހާރިސްއާ އެއްކަކު ބޭރަކަށް ނުދަން! ހާރިސް އެއީ އިޝާރާގެ ރަޙުމަތްތެރިއެއް! އަނެއްހެން އަޅުގަނޑު މާގިނަ ވާހަކައެއް ވެސް ދައްކައެއް ނޫޅެން ހާރިސް އަކާ!”
ތޫބާގެ އަޑުގައިވަނީ މޮޅިވެރިކަމެވެ. ބަޔަކު ނުވަތަ މީހަކު ތޫބާގެ ބައްޕަގެ ކުރިމަތީ ތޫބާގެ އަގު ވައްޓާލައިފިއެވެ. ބައްޕައަށް ވެގެން އުޅޭ ގޮތަކީ މިއީކަން ތޫބާއަށް އެނގުނު ހިނދު ދެލޯ ތެމިގެންއައެވެ.
“ބައްޕާ ! އަޅުގަނޑަކީ ތި ބަޔަކު ތިބުނިހާ ގޯސްކޮށް އެއް އިރެއްގައި ވެސް އުޅުނު މީހެއްނޫން! ﷲ ގަންދީ ހުވާ ކުރަން އަޅުގަނޑު ގޯސްގޮތަކަށް ނޫޅެން!”
ރަނގަޅަށް ވެސް ތޫބާއަށް ރޮވިއްޖެއެވެ.
“މުފީދު ފިރުމައިލީ ދަރިފުޅުގެ ބޮލުގައެވެ.
” ދަރިފުޅާ! ތިމާޔާ އެންމެ ގާތުގައި އުޅޭ މީހުންނަކީ ވެސް ތިމާޔަށް ހެޔޮ އެދޭ ބަޔަކަށް ނުވެދާނެ ! އަދި ކީތް، އެއީ ވެދާނެ ތިމާގެ އެންމެ ބޮޑު ދުޝްމަންކަމަށް ވެސް……… މިވާހަކަ ދެން އިތުރަށް ދައްކާކަށް ބައްޕަ ނެތިން! އެކަމަކު ބުނަންތަ! އެއްވެސް މީހަކަށް އިތުބާރުކޮށް ތިމަންނަގެ ހުރިހާ ސިއްރެއް އެއްވެސް މީހަކަށް ކިޔައި ނުދޭތި! އެއީ ތިމަންނަޔާ އެންމެ ގާތުގައި އުޅޭ މީހާކަމަށް ވިޔަސް!”
ބައްޕަ އެދެއްކީ އިޝާރާގެ ވާހަކައެވެ. އެހެންވީމާ ތޫބާއާ ބެހޭގޮތުން ބައްޕައަށް ދޮގު މައުލޫމާތުތަކެއް ދީގެން ބައްޕަ މާލެ ގެނެސް ހާރިސްއާ ދެވަން އުޅުނު މީހަކީ އިޝާރާތާއެވެ. ބައްޕަ ދެއްކި ވާހަކަޔާ ކުރީ ދުވަހުގެ ފޯނު ކޯލުގެ މަތިން ހަނދާން ވުމުން ވީދެރައިން ތޫބާއަށް ރޮވުނެވެ. އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ފާއިތުވި ދުވަސްތަކުގައި ބެލެނު މީހާ ވެސް މިވީ އަތުކުރީ ހަރުފައަކަށެވެ. ވަގުތު ފާއިތު ވުމުގެ ކުރިން ތޫބާއަށް ހިތްވަރާއެކު މިކަމާ ކުރިމަތި ލެވުނުކަން ނަސީކެވެ.
“މިއަދު މި ގޭތެރޭ މިހިނގި އެއްވެސް ކަމެއް އިޝާރާ ގާތު ބުނާނެ ކަމެއް ނެތް! ދަރިފުޅު ކަންތައް ކުރަންވާގޮތް ބއްޕަ ކިޔައިދެމުން ދާނަން! ޚަލީލުއާ ވެސް ވާހަކަ ދައްކާފައި!”
އެންމެ ފަހު ޖުމުލަ މުފީދު ބުނީ ދާން ހިނގައިގަންނަމުންނެވެ.
އެރޭ ޙަމްދާން ގުޅާ އެދެމީހުންގެ ދިރިއުޅުމުގެ މުހިންމު ކަމަކާ ބެހޭ ގޮތުން ވާހަކަ ދެއްކިއެވެ. ކައިވެނި އަވަސްކުރުން އެއީ ދެމީހުން ވެސް އަދި ދެމީހުންގެ އާއިލާއިން ވެސް އެދޭ ގޮތްކަމަށްވުމުން އެކަން އަވަސް ކުރަން ދެމީހުން ނިންމިއެވެ.
ޙަމްދާންގެ ފޯނު ބޭއްވި ތަނާ ހާރިސް ތޫބާއަށް ގުޅިއެވެ. އެކަމަކު އެ ފޯނަށް ތޫބާ ޖަވާބު ދޭކަށް ބޭނުމެއް ނުވިއެވެ. ވީ ފާޑެއްގެ ފޫއްސެކެވެ. ހިތް ބުނަނީ ބައްޕަ ހައްލާލާނީ އިޝާރާއާ އެކު ހާރިސް ވެސް ބައިވެރިވެގެން ކަމެވެ.
ތޫބާ ފޯނު ނުނެގުމުން ހާރިސް ކުރީ މެސެޖެވެ. ފޯނަށް ޖަވާބުދޭން އެދިއެވެ. އެހެންނަމަވެސް ތޫބާ ދެނަހުރި ކަމަކަށް ވެސް ނެހެދިއެވެ. ތޫބާއަކީ ބައެއްގެ ބާރުގެ ދަށުގައި ހުންނަން ޖެހޭ މީހެއް ނޫނޭ ތޫބާ ހިތަށް އެރިއެވެ.
ޖެހިގެން އައި ދުވަހު ތޫބާ އޮފިހަށް ސަލާމް ބުނުމަށްފަހު އިޝަރާ ޑިއުޓީ އޮތްގަޑި އެހެމުން އޮފް ކަމަށް ބުންޏެވެ.
“ތިވީ ގޮތް ވަރަށް ރަނގަޅު! މިއަދު ހަވީރު އަހަންނަށް ހުސްކޮށްދެއްޗެ!”
ތޫބާ ބުނިއެއްޗަކާމެދު ފުންކޮށް ވިސްނައިލުމަށްފަހު އިޝާރާ ސުވާލުކުރިއެވެ.
“އަނެއްކާ ކޮންކަމެއް! ރަންކިޔަނީތަ! ހާރިސް އުޅުނު ތޫ ގެ ޚަބަރެއް ނުވެގެން!”
އިޝާރާގެ އަޑުގައިވަނީ ސަމާސާއެވެ.
އެވަގުތު އިޝާރާގެ މޫނަށް ފަރުވާތެރިކަމާއެކު ތޫބާ ބަލައިލިއެވެ.
“ރަންވެސް ކިޔަންވީ! ދެން ވެސް ކުރަން އޮތްކަމެއް ވިއްޔާ ކުރަންވީ! ކީއްކުރަން ލަސްކުރަންވީ! ”
ދެމާނަ އެކުލެވޭ ރާގުގައި ތޫބާ ދެއްކި ވާހަކައިން އިޝާރާއަށް ފަހުމުވީ ޖުމުލަ މާނައެވެ.
“ހާރިސް ކީއްވެބާ އަހަންނަށް އަންގާ ނުލީ!”
އިޝާރާގެ ހިތް ހާރިސްއަށްޓަކައި ކޮންމެވެސް ވަރަކަށް ކިލަނބު ވިއެވެ. އެހެންނަމަވެސް ވަގުތު ޖެހެންދެން މަޑުން ހުންނަން ނިންމިއެވެ. ހާރިސްގެ ކައިވެނި ވުމުން އިޝާރާއަށް އިޝާރާގެ ލޯބި ހާސިލް ކުރަން މަސައްކަތް ކުރެވޭނެތީއެވެ.
ހަވީރު ހަތަރެއް ޖެހިއިރު ތޫބާ ހުރީ ތައްޔާރު ވެގެންނެވެ. އިޝާރާގެ އިންތިޒާރުގައެވެ.
(ދެން އޮތީ ވާހަކައިގެ އެންމެ ފަހު ބައި)
Mixing Ritalin And Provigil modafinil side effects. Long Term Effects Provigil buy modafinil. Provigil Manufacturer Coupons provigil side effects. online casino Taking Provigil Still Sleepy provigil side effects.
ޚިޔާލުތައް