ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު މިއަދު 1000 ން މައްޗަށް އަރައިފިއެވެ. މިއަދު 38 މީހުން ބައްޔަށް ފައްސިވެފައިވާއިރު، މިއަދު ގިނައީ ދިވެހިންނެވެ. އެއީ 29 ދިވެހިންނާއި 8 ބަންގްލާދޭޝް މީހުންގެ އިތުރުން ނޭޕާލް މީހެކެވެ.
ސިއްހީ މާހިރުން ލަފާކޮށްފައިވާ ގޮތުގައި ކުރިޔަށް މިއޮތް ހަފުތާއަކީ ރާއްޖޭގައި މިބަލި އެންމެ ގިނަ މީހުންނަށް ޖެހޭނެ ކަމަށ ބެލެވޭ ދުވަސްވަރެވެ. އެހެން ގޮތަކުން ބުނަނީނަމަ ރާއްޖެ ކޮވިޑް-19 ގެ ހާލަތު ޕީކަށް ދާނެ ދެހަފުތާއެވެ.
މިއަދު ގިނަ ދިވެހިން ބައްޔަށް ޕޮޒިޓިވް ވިނަމަވެސް ރާއްޖޭގައި މިހާތަނަށް މިބައްޔަށް ޕޮޒިޓިވް މީހުންގެ %52 ނުވަތަ 532 މީހުންނަކީ ބަންގްލާދޭޝް މަސައްކަތު މީހުންނެވެ. ރާއްޖޭގެ މިހުންގެ ނިސްބަތަކީ %35، (352) އެވެ. ރާއްޖޭގެ މީހުން ނުހިމަނައި މިއަދަދު އުޅެނީ %65 ނުވަތަ 668 ގައެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުން ގެ ގައުމީ ނިސްބަތް
އަތޮޅުތެރޭގެ ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު ރާއްޖޭގެ އުތުރުން
ހއ.އުލިގަމު 1
ހއ.ތަކަންދޫ 3
ށ.ނަރުދޫ 11
ށ.މިލަންދޫ 1
ނ.މަނަދޫ 1
އަދި މާލެއިން ދެކުނުން
ކ.ތުލުސްދޫ 4
މުޅިއެކު ޖުމްލަ 21 މީހަކު ހިމެނެއެވެ.
އައްޑޫސިޓީ މަރަދޫ ފެދޫން އިން ޕޮޒިޓިވް ވިކަމަށް ފުރަތަމަ އައުލާން ކުރި މީހާ ފަހުން ބައްޔަށް ނެގަޓިވެފައިވެއެވެ.
ވުމާއެކު އައްޑޫ ސިޓީއާއި ފުވައމުލައް ސިޓީއިން އަދި މަިބައްޔަށް ފައްސިވެފައިވާ މީހަކު ފެނިފައެއް ނުވެއެވެ. މިދެ ސިޓީން ވެސް މިހާތަނަށް ޝައްކުކުރެވިގެން ނެގި ހުރިހާ ސާމްޕަލްތަކެއް ވަނީ ނެގަޓީވް ވެފައެވެ. މީގެ އިތުރުން އިއްޔެ ކުއްލިގޮތަކަށް ފުވައްމުލަކުން ނިޔާވި ބަންގްލާދޭޝް މީހާއާއި އެމިހާއާއި ޑިރެކްޓް ކޮންޓެކްޓް ވެފައިބވާ ފަރާތްތަކުގެ ސާމްޕަލް ނަގައި ޓެސްޓްކުރަން މާލެ ފޮނުވިފައިވާ ކަމަށް ވެއެވެ.
ނަމަވެސް މިދެސިޓީގައި ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ.

މިދާއި ހަމަޔަށް ދިވެހިޜާއްޖޭގެ ކޮވިޑް-19 ގެ ހާލަތު، 15 މެއި 2020
ކޯވިޑް-19ގެ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އާއްމު މަސައްކަތްތައް ހުއްޓި ވަޒީފާތައް ގެއްލުމާއި އާއްމދަނީ ނުލިބުުމުގެ ދަތިތަކާއި އާއްމުން ވަނީ ކުރިމަތިލާން ޖެހިފައެވެ. މިއާއިއެކު ބައެއް އާއްމުންގެ ފާޑުކިޔުންތައް މި ފިޔަވަޅުތަކަށް ވަނީ ރައްދުވާން ފަށާފައެވެ.
އެއްބަޔަކު ބުނަނީ ކޮވިޑް-19 ރަށުަގއި ނެތް އިރު މިސްކަިތައް ބަންދުކޮށްގެން ޖަމާއަތުގައި ނަމާދުކުރުްނ ހުއްޓުވެން ވީ ސަބެބެއް ނެތް ކަމަށެވެ. އަނެއްބަޔަކު ބުނަމުންދަނީ ކޮވިޑް-19 އާއެއެކު އުޅެން ދަސްކޮށް ވަޒީފާތަކަށް މައްސައްކަތްތައް ހުޅުވާލެވެން ޖެހިއްޖެ ކަަަމށެވެ. ވިޔަފާރިތައް ބަނގުރޫޓުވާން ދޫނުކުރެވޭނެ ކަމަށާއި މީހުން ބަނޑަށް ޖެހެންދެން މިގޮތަށް ބާއްވައިގެން ނުވާނެެ ކަމަށެވެ.
ޚިޔާލުތައް