A wide advertisement which will be shown on all devices. (700 x 100)

ކޮވިޑު ހާލަތު: މިރޯގާއަށް ފުވައްމުލަކުން މިއަދު ޕޮޒިޓިވުވީ އެންމެ ބިދޭސީއެއް

ކޮރޯނާ ރޯގާއަށް ފުވައްމުލަކު ސިޓީއިން މިއަދު ޕޮޒިޓިވުވެފައި ވަނީ އެންމެ ބިދޭސީއެކެވެ. އިއްޔެ ކޮރޯނާ ރޯގާއަށް ޕޮޒިޓިވުވެފައިވަނީ ފުވައްމުލަކުން ނެގުނު ރެންޑަމް ސާމްޕަލެކެވެ. އިއްޔެ އެންމެ މީހަކު ޕޮޒިޓިވުވެފައިވާ އިރު އޭގެ ކުރީ ދުވަހުވެސް ޕޮޒިޓިވުވެފައިވަނީ އެންމެ 2 މީހުންނެވެ. ފާއިތުވީ ތިން ދުވަހުގެ ނަތީޖާއަށް ބަލާއިރު ޕޮޒިޓިވުވާ ނިސްބަތް އުޅެނީ 1.7 އިންސައްތާގައެވެ. ފާއިތުވީ 6 ދުވަހުގެ ނަތީޖާއަށް ބަލާއިރުވެސް މިރޭޓް އުޅެނީ ގާތްގަޑަކަށް 1 އިންސައްތައިގެ ނިސްބަތުގައެވެ.

މިވަތުގު ފުވައްމުލަކުގައި ތިބީ މިރޯގާ ޖެހިފައިވާ 20 މީހުންނެވެ. މިއީ ފާއިތުވީ ތިން ދުވަހުވެސް މިރޯގާ ޖެހިފައިވާ މީހުން އަދަދެވެ. އިއްޔެ މިރޯގާއިން 1 ސަލާމަތްވެފައިވާ އިރު އޭގެކުރީ ދުވަހު 2 މީހުން މިރޯގާއިން ރަގަޅުވިއެވެ.

އިއްޔެ 104 ސާމްޕަލެއްގެ ނަތީޖާ ލިބުނުއިރު އަދި ނަތީޖާ ނުލިބޭ 130 ސާމްޕަލެއް އެހުއްޓެވެ. އިއްޔެ 148 ސާމްޕަލެއް ނެގުނުއިރު އޭގެ ކުރީ ދުވަހު 152 ސާމްޕަލެއް ނުގުނެވެ.

ކޮރޯނާ ރޯގާގެ ހާލަތާއި ގުޅިގެން ފުވައްމުލަކު ސިޓީގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ވަނީ ބައެއް ލުއިތައް ދީފައެވެ. އެލުއިތަކާއިއެކު މިވަގުތު އެޅިފައިވާ ފިޔަވަޅުތަކަކީ:

  • ކާފިއު ގަޑި ރޭގަނޑު 21:00 އިން 4:00 އަށް
  • ބިދޭސީންލައްވައި ކުރަމުން އައި ހުރިހާ މަސައްކަތް ހުއްޓާލުން، ނަމަވެސް މިހާލަތުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތް ކުރުމަށް ކައުންސިލުން ހުއްދަނަގައިގެން ކުރެވިދާނެ
  • ގާޑިޔާ. ރެސްޓޯރެންޓް އަދި ކެފޭތައް އެޗްޕީއޭ ގައިޑްލައިނާއި އެއްގޮތަށް މަސައްކަތްކުރުން
  • ކައުންސިލުން ހުއްދަދީފައިވާ ފިހާރަތައް ގަވާއިދާއި އެއްގޮތަށް ވިޔަފާރިކުރުން
  • ސެލޫން، ޖިމް، ބޯކޮށާތަންތަން އެޗްޕީއޭ ގައިޑުލައިނާއި އެއްގޮތަށް އަމަލުކުރުން
  • ޕާޓީ، ޙަފްލާތައް ބޭއްވުން ހުއްޓާލުން
  • އެއްގެއިން އަނެއްގެއަށް ޒިޔާރަށް ކުރުން ހުއްޓާލުން
  • އެއްއަވަށުން އަނެއް އަވަށެއް ދިއުން ހުއްޓާލުން
  • އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމަތީގައި އުޅުމާއި އާންމުތަންތަނުގައި އުޅުން ހުއްޓާލުން

މުޅި ރާއްޖޭގެ ކޮވިޑު ހާލަތަށް ބަލާއިރު މުޅި ޜާއްޖެއިން އިއްޔެ ކޮވިޑަށް ޕޮޒިޓިވުވެފައިވަނީ 139 މީހެކެވެ. އެއީ މާލެއިން ޕޮޒިޓިވުވި  26 މީހުންނާއި މީހުން ދިރިއުޅޭ އެހެންރަށްރަށުން ޕޮޒިޓުވި 81 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓުވި 8 މީހުންނާއި، ސަފާރީތަކުން ޕޮޒިޓުވި 2 މީހުންނާއި ސިނާއީ ސަރަހައްދުތަކުން ޕޮޒިޓުވި 22 މީހުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !