މާދަމާ ފުވައްމުލައް ސިޓީގެ އާއްމު ޚިދުމަތްދޭ ތަންތަން މޮނިޓަރ ކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންދަނީ

ފުވައްމުލައް އީއޯސީ މިޑިއާ ބްރީފިން
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީގެ އާއްމު ޚިދުމަތްދޭ ތަންތަން މޮނިޓަރ ކުރުމުގެ ހަރަކާތެއް މާދަމާ ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ކަމަށް މިރޭ ފުވައްމުލައް ސިޓީ އީއޯސީއިން ބޭއްވި ނޫސް ކޮންފަރެންސްގައި ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު ވިދާޅުވެއްޖެއެވެ.

އެޗްޕީއޭގެ މޮނިޓަރިން ގައި ފުވައްމުލައް ސިޓީ އޮތުމާއެކު މޮނިޓަރިން ޙާލަތުގައި ރަށުގެ އާއްމު ކަންކަން ހިނގަމުންދާގޮތާއި އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ކަންކަން ހިގަމުން ދާ މިންވަރު ބެލުމުގެެ އިންސްޕެކްޝަނެއް މާދަމާއިން ފެށިގެން  ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދަން ޓާސްކްފޯސް އިން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ކުރިން ވެސް އިންޕެކްޝަން ކުރިޔަށް ގެންދެވުނު ގޮތަށް މާދަމާ އާއްމު ޚިދުމަތްދޭ ތަންތަން މޮނިޓަރ ކުރުމުގެ ގޮތުން ރަށުގެ އެކި ހިސާބުތަކުގައި ފުވައްމުލައް ސިޓީ އިމަޖެންސީ އޮޮޕަރޭޝަން ސެންޓަރުގެ ޓީމުތަކުން ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ. މިޓީމުތަކުން ފިހާރަތަކާއި ސައިހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަން ބަލައި އެޗްޕީއޭގެ މިންގަޑާއި އެއްގޮތަށްތޯ ހުރީ ބަލަމުން ގެންދާނެ ކަމަށް ހާމަކުރެއްވިއެވެ.

އަދި އާއްމުން ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ޓާސްކްފޯސްގެ ޓީމުތަކުން އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ގޭގެ ދޮށަށް ގޮސް މީހުންނަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި އެގޮތުން ގޭގޭ ދޮށަށް ދާފަރާތްތަކަށް އާއްމު ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ދެއްވުމަށް ޑިރެކްޓަރ ޖެނެރަލް ނިޖާހު އެދިވަޑައިގަތެވެ. މިޓީމުތަކުގައި ފުވައްމުލައްކުގެ ގިނަ މުއައްސަސާތަކުން ބައިވެރިވާކަމަށާއި އެހުރިހާ ފަރާތްތަން މިކަމަށް ދެއްވާ އެއްބާރުލެއްވުން ފާހަގަކުރެއްވިއެވެ.

މާދަމާ ހެނދުނުން ފެށިގެން ހަވީރަށް ވެސް މިހަރަކާތް ކުރިޔަށް ގެންދެވޭނެ ކަމަށާއި މާދަމާ ހުރިހާ ތަނެއް އެއްކޮށް ބަލާ ނިންމާ ނުލެވިއްޖެނަމަ އަނެއް ދުވަހު ވެސް ހަރަކާތް ކުރިޔަށް ގެންދެވެނެކަމަށެވެ.

މީގެ ކުރިންވެސް މިފަދަ ހަރަކާތެއް ގެ ދަށުން ފުވައްމުލަކުގެ އެކިތަންތަން ބަލާފައިވާކަމަށް ފާހަގަ ކުރެއްވިއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments