އިތުރު މީހަކު ކޮވިޑް ބައްޔަށް ފައްސި ނުވެ ޖެހިޖެހިގެން މިވީ 3 ދުވަސް

ރޭ ބޭއްވި ފުވައްމުލައް ސިޓީ އީއޯސީ އިން ބޭއްވި 14 ވަނަ ޕްރެސް
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް އިތުރު މީހަކު ޕޮޒިޓިވް ނުވެ މިއަދަށް ޖެހިޖެހިގެން 3 ދުވަސް ވީއެވެ. މިހާރު ކުރިޔަށް ދަނީ ކޮމިއުނިޓިއިން ރޭންޑަމް ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަރުހަލާގައި ކަމަށް މިރޭ ބޭއްވި ފުވައްމުލައް ސިޓީ އީއޯސީ މީޑިއާ ބްރީފިންގައި ހާމަކުރެއްވިއެވެ.

ފުވައްމުލައް ސިޓީއިން ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 39 މީހުންނެވެ. މިއަދު އިތުރު 10 މީހަކު ބަލިން ރަނގަޅުވެފައި ވުމުން މިހާރު ބަލިން ރަނގަލުވި ޖުމްލައަކީ 17 އެވެ. އަދި އެކްޓިވް ކޭސްގެ ގޮތުގައި ފުވައްމުލައް ސިޓީގައި ތިބީ 21 މީހުންނެވެ. އެކްޓިވް ކޭސްގެ ބަލީގެ އެކަކު ވަނީ އައްޑޫ ސިޓީއަށް ބަދަލުކުރެވިފައެވެ.

ފުވައްމުލައް ސިޓީ ކޮވިޑް-19 އަޕްޑޭޓްސް 24 ފެބްރުއަރީ 2021. ފުވައްމުލައް ސިޓީ އޯއީސީ

ފުވައްމުލައް ސިޓީގައި އޮތް ކޮވިޑް-19ގެ 3 ކްލަސްޓާގެ ވެސް ކޮންޓެކްޓް ޓްރޭސިން ނިމިފައިވާ ކަމަށް ރޭ ފުވައްމުލައް ސިޓީ އީއޯސީން ހާމަކުރެވިއެވެ. އަދި ފުރަތަ ޕޮޒިޓިވްވި ކޭސް އާއި ގުޅިގެން ކަރަންޓީނު ކުރެވުނު މީހުން ކަރަންޓީނުން ދޫކުރުމުގެ ސާމްޕަލް އިއްޔެ ވަނީ ނަގާފައެވެ. ކޮމިއުނިޓީއިން ޕޮޒިޓިވް ވި 2 ވަނަ ކޭސްގެ ކޮންޓެކްޓުންގެ ވެސް ގިނަ ބަޔެއްގެ ކަރަންޓީނުގެ 14 ދުވަސް ނިމި ރިލީޒް ސާމްޕަލް ވަނީ ނަގާފައެވެ. އަދި 3 ވަނަ ކޭސްގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައި ވަނީ އެންމެ 4 މީހުން ކަމަށްވެ އެ 4 މީހުން ކަރަންޓީނު ކުރެވިފައި ވުމުން އެއީ ކޮމިއުނީޓި މޮނިޓަރިން ޙާލަތުން ނަގަން ޖެހޭ ސަބަބު ކަމަށް ގިނަ ބަޔަކު ދެކޭ ކަމެކެވެ.

މިރޭގެ މީޑިއާ ބްރީފިންގައި ފުވައްމުލައް އީއޯސިގައި ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު މައުލޫމާތު ދެއްވަނީ

މިރޭ ކުރިއަށްދިޔަ ފުވައްމުލައް ސިޓީ އީއޯސީގެ 14 ވަނަ މީޑިއާ ބްރީފިންގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ބައިވެރިވީ ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދުއެވެ. އަދި ފުވައްމުލައް ސިޓީ ކައުންސިލުގެ ފަރާތުން ބަިއވެރިވީ ޑީޖީ އަހުމަދު ނިޖާހު އާއި ޑިރެކްޓަރ އަލީ މަސީހު އެވެ.

މިހާތަނަށް ފުވައްމުލަކު ހޮސްޕިޓަލުން ޖުމްލަ 5198 ސާމްޕަލް ނަގާފައިވާ އިރު، މިއަދު ނެގި ޖުމްލަ ސާމްޕަލްގެ އަދަދަކީ 226، އިއްޔެގެ ޓެސްޓް ނުކުރެވޭ 412 ސާމްޕަލް އެބަހުއްޓެވެ. އަދި މިއަދު ވަނީ 186 ސާމްޕަލެއްގެ ނަތީޖާ ލިބިފައެވެ.

މިއަދު ވެސް ރޭމްޑަމް ސާމްޕަލްގެ 50 ނަގާފައިވާކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން އަހުމަދު ސައީދު ހާމަކުރެއްވިއެވެ.

މިއަދުގެ 226 ސާމްޕަލް ބެހިގެން ދަނީ: 

ދަތުރުވެރިންގެ 18

ފްލޫ ކްލިނިކް 7

ކޮންޓެކްޓް ގެ 146

ހޯމްކަރަންޓީނުގެ 5 ސާމްޕަލް

ރޭންޑަމް ސާމަޕަލިންގެ 50 އެވެ.

ވެކްސިން އަޕްޑޭޓްސް

މިއަދު ވެކްސިން ޖެހިފައި ވަނީ 120 މީހުންނަށެވެ. އެއީ:

60 އަހަރުން މަތީގެ 10،

ކުރީސަފުގެ މަސައްކަތް ތެރިން 46،

ދާންމަތިވެފައިވާ 7 އަދި

އެހެނިހެން މީހުން 57 އެވެ.

މިހާތަނަށް ފުވައްމުލައް ސިޓީއިން ވެކްސިން ޖެހިފައި ވަނީ ޖުމްލަ 1588 މީހަކަށެވެ. މިއަދާއި ހަމަޔަށް ފުވައްމުލައް ސިޓީއަށް ލިބިފައި ހުރި ވެކްސިންގެ 2 ބެޗު ވަނީ

މިއަދު ވަނީ އިތުރު ވެކްސިން ލިބޭނެ ކަމަށާއި އަދި އިތުރު ކެޓަގަރުތަކުގެ މީހުންނަށް ވެކްސިން ޖަހަން ފެށޭނެ ކަމަށް މިރޭގެ ޕްރެސްގައި ހާމަކުރެއްވިއެވެ.

އިއްޔެ އާއި މއިަދުވެސް އެހެންނިހެންގެ ގޮތުގައި ވެކްސިން ދޭ މިހުންގެ އަދަދތައް ގިނަވާތި ރައްިރުންގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. ބައެއް މީހުން ބުނާ ގޮތުގައި އެއީ ވެކްސިން ޖެހުމުގައި ހަމަހަމަކަމާއި އިންސާފު ގެއްލިގެން ދާނެ އަދަދެއް ކަމަށެވެ. އެގޮތުން ގާތްމީހުންނާއި އެކުވެރިންނަށް ނާޖާއިޒު ގޮތުގައި ވެކްސިން ޖެހުމަށް މަގުފަހި ކުރުވާ ކަމަށެވެ.

ޕޮލިސް މޮނިޓަރިން

އެޗްޕީއޭގެ އުސޫލާއި ޚިލާފުވެގެން 2 ފަރާތެއް މިއަދު 5000 ރުޮފޔާއިން ޖޫރިމާނާ ކޮށްފައި ވާކަމަށް މިރޭގެ މީޑިއާ ބްރީފިްނގައި މައުލުމާތު ދެއްވިއެވެ.

ކާފިއު އާއި ޚިލާފުވުމުން އާއްމު ފަރާތްތަކުގެ ތެރެއިން 14 މީހަކައި 1 ވިޔަފާރިއެއް ޖޫރިމާނާ ކުރެވިފައެވެ.

މަދުން ނަމަވެސް ބައެއް ކެފޭ ރެސްޓޯރަންޓް ޚިދުމަތް ދެމުން އަންނަކަމުގެ މައުލޫމާތު ފުލުހުންގެ ފަރާތްުން ހިއްސާކޮށްފައިވާ ކަމަށް ޑިރެކްޓަރ މަސީހު ހާމަކުރެއްވިއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments