ފުވައްމުލަކު ނޭޗަ ޕާކް އަލުން އާއްމުންނަށް ހުޅުވާލުމަށް ތައްޔާރުވަމުން އަންނަކަމަށް އެޕާކުއިން ހާމަކޮށްފިއެވެ. ކކޮވިދް-19 އައި ގުޅިގެން އާއްމުންނަށް ފުވައްމުލަކު ނޭޗަ ޕާކް ބަންދުކޮށްފައި ވަނީ ފާއިތުވި މާރިޗު މަހު 13 ވަނަ ދުވަހުން ފެށިގެންނެވެ. އެއިގެ ފަހުން 3 މަސް ދުވަސް ވާން ކައިރިމިވަނީ ވެފައެވެ.
އެގޮތުން ފުވައްމުލުކު ނޭޗަ ޕާކް ފޭސްބުކް ޕޭޖްގައި އިއްޔެ ނޫން އިހައްދުވަހު ހާމަކޮށްފައިވާ ގޮތުގައި، އެތަން އާއްމުންނަށް ހުޅުވާލުމުގެ ކުރިން ތައްޔާރު ކުރަން ޖެހޭ ސްޓޭންޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) އެއް އެކުލަވާލަމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ކޮވިޑް-19 އަށް ފަހު އަލުން ހުޅުވާއިރު، އެތަން ބޭނުންކުރާ ފަރާތްތަކުން އަމަލުކުރަން ޖެހޭނެ ވަކި އުސޫލުތަކެއް މިއެސްއޯޕީގައި ހިމެނި އާއްމުކުރެވިގެން ދާނެއެވެ.

ފުވައްމުލަކު ނޭޗަރ ޕާކްގެ އެކިއެކި ހަރަކާތްތައް
ދުިޔޭގެ ތިމާވެށި ދުވަސް ކަމަށްވާ، ޖޫން 5 އާއި ދިމާކޮށް ނެރުނު އެމެސެޖުގައި ވާގޮތުން ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނައިރު ދިރިއުޅުމުގެ ކަންކަމުގައި އައު ގޮތްތަކެއް މިވަނީ ދަސްކުރެވިފައެވެ. އެގޮތުގައި އެންމެނެގެ އަމަލުތައް ބެހެއްޓުމަށް ވެސް ސަމާލުވާންޖެހެއެވެ.
ކޮވިޑް-19 ގެ ވަބާއާއެކު ނޭޗަ ޕާކް ފަދަ ގުދުރަތީ ވަސީލަތްތަކާއި ދިރުންތަކަށް ވަނީ ފުރިހަމަ ނޭވާއެއް ލުމަށް ވަގުތުކޮޅެއް ލިބިފައެވެ. ޕާކްތަކާއި ކުޅިތައް އާއްމުންނަށް ބަންދުވެގެން ދިއުން ވެގެން ދިޔައީ އެތަންތަނުގެ ދިރުންތަކަށް ލިބިފައިވާ ގެއްލުންތައް އިޔާދަކުރުމަށް ލިބުނު ފުރުސަތަކަށެވެ. އެއާއެކު އަލުން މިތަންތަން ހުޅުވިގެންދާއިރު، އިންސާނުންނައި މިފަދަތަންތަނާއި އެތަންތަނުގައި ދިރިއުޅޭ ތަކެއްޗާއި ދެމެދު އޮންނަ ގުޅުން (ބައޯޑައިވާސިޓީ) އާއި މެދު އަލުން ވިސްނުން މުހިިންމެވެ. އަދި އެފަދަ ތަންތަން ހަލާކުވިޔަނުދީ އެތަންތަނާއެކު އާއްމުންގެ ދިރިއުޅުން ކުރިޔަށް ގެންދަން ދަސްކުރަން ޖެހެއެވެ.
ފުވައްމުލައް ސިޓީ ނޭޗަރ ޕާކް އާއްމުންނަށް ބަންދުކޮށްފި
ޚިޔާލުތައް