A wide advertisement which will be shown on all devices. (700 x 100)

ސިސްޓަރ އައިލެންޑް ކައުންސިލަރުންނަށް ފުވައްމުލަކު ނޭޗަރ ޕާކާއިބެހޭ މައުލޫމާތު

ފުވައްމުލަކު ނޭޗަރ ޕާކްގެ މައުލޫމާތު ހުވަދޫ ކައުންސިލަރުންނަށް ދިނުން

ޖުމްހޫރީ ދުވަހުހާއި ގުޅުވައިގެން ފުވައްމުލައް ސިޓީއަށް ޒިޔާރަތްކުރި ގއ. އަތޮޅު އަދި ގދ. އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ ކައުންސިލަރުންނަށް ފުވައްމުލަކުގެ ބަޔޯޑައިވާސިޓީއާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ފުވައްމުލަކު ނޭޗަރ ޕާކުން ބާއްވައިފިއެވެ.

މިސެޝަން ބާއްވާފައި ވަނީ މިއަދު ކައުންސިލަރުން ފުވައްމުލައް ނޭޗަރ ޕާކަށް ޒިޔާރަތް ކުރެއްވުމުންނެވެ. މައުލޫމާތު ދިނުމުގެ މި ސެޝަންގައި ފުވައްމުލަކުގެ ޗަސްބިންތައް އުފެދިގެން އައިގޮތާއި ފުވައްމުލަކުގެ ނޭޗަރ ޕާކް އުފެދިގެން އައި ގޮތް ކިޔާދެވިފައި ވެއެވެ. އަދި ފުވައްމުލަކުގެ ނޭޗާޕާކާއި ގުޅޭ ސަރަަހައްދުގެ ދިރުންތަކާއި ގުޅޭ މައުލޫމާތު ވެސް ދީފައި ވެއެވެ. ހުވަދޫ ކައުންސިލަރުންނަށް ފުވައްމުލަކު ނޭޗަރ ޕާކާއި ގުޅޭ މައުލޫމާތު ދެއްވީ ނޭޗަރ ޕާކުގެ މުވައްޒަފުންނެވެ.

ސިސްޓަރ އައިލެންޑް ބޭފުޅުން ފުވައްމުލަކު ނޭޗަރ ޕާކްގައި

ގއ. އަތޮޅު ކައުންސިލާއި ގދ. އަތޮޅު ކައުންސިލަށް ފުވައްމުލަކު ނޭޗަރ ޕާކުން ޝާއިއުކޮށްފައިވާ “ފައިންޑިންގ ފުވައްމުލައް” ފޮތް ހަދިޔާ ކުރުން ވެސް އޮތެވެ.

މީގެ އިތުރުން ފުވައްމުލަކު ނޭޗަރ ޕާކުގެ ދަޑިމަގު ކިޅީގައި ޕެޑަލް ބޯޓް ދުއްވުމުގައި ކައުންސިލަރުންނާއި ޒިޔާރަތްކުރި ޓީމުން ވަނީ ބައިވެރި ވެފައެވެ.

ސިސްޓަރ އައިލެންޑް ބޭފުޅުން ފުވައްމުލަކު ނޭޗަރ ޕާކްގައި

ސިސްޓަރ އައިލެންޑްގެ ޓީމުތަކުން ވަނީ ފުވައްމުލަކުގެ އާސާރީ ތަންތަނަށް ޒިޔާރަތް ކޮށް އެތަންތަނާއި ބެހޭ މައުލޫމާތު ވެސް ހޯއްދަވާފައެވެ.

އެގޮތުން ފުވައްމުލަކު ގެއްމިސްކިތަށް ޒިޔާރަތްކޮށް ގެއްމިސްކިތު ވަޅުގެ 4 ކަނުން ފެން ބޮއި އެފެނުގައި ތަފާތު ރަހައެއް ދޭތޯ ވަނިީ ބައްލަވާފައެވެ. ( އެވޭލާ ޒަމާނުގެ މީހުން ގަބޫލުކުރާ ގޮތުގައި މި ވަޅުގެ ހަތަރުކަނުގެ ފެނުގެ ރަހަ ތަފާތެވެ) އަދި ގެއްމިސްކިތުގެ ވެވާއި ޒިޔާރަތް ވެސް ބައްލަވަައި މައުލޫމާތު ހޯއްދަވާފައި ވެއެވެ.

ގެންމިސްކިތް ބަލައިލުން

ފުވައްމުލަކު ވަށޮވެވާއި ކެޑޭރެ މިސްކިތާއި އެމިސްކިތުގެ ވެވުގެ އިތުރުން ފުވައްމުލަކު ހުކުރު މިސްކިތަށް ވެސް ޓީމުތަކުން ޒިޔާރަތްކޮށް މައުލޫމާތު ހޯއްދެވިއެވެ.

ފުވައްމުލަކު ހުކުރު މިސްކިތް ބިނާކުރެވިފައި ވަނީ، ހުވަދު އަތޮޅު ދެއްވަދޫއަށް ނިސްބަތްވާ، ދެއްވަދޫ ރަސްގެފާނުގެ ރަސްކަމުގައި 1692 އިން 1701 އަށް އެ ރަސްގެފާނުންގެ އަމުރުފުޅަށެވެ. އެއީ ރަށުގައި މީހުން ގިނަވުމުގެ ކުރީގައި ހުކުރު ކުރަމުން އައި ގެއްމިސްކިތް ކުޑަވުމުންނެވެ.

ސިސްޓަރ އައިލެންޑް ބޭފުޅުން ވަށޮވެޔޮ ބައްލަވައި ލެއްވުން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !