A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ނޭޗާޕާކް ބަންދު

ކޮވިޑްގެ ހާލަތާއި ގުނޭޗާރ ޕާކް ބަންދުކޮށްފި

މިދުވަސްވަރު ފުވައްމުލައް ސިޓީގެ ކޮވިޑް ހާލަތު އޮތް ގޮތުން ފުވައްމުލައް ނޭޗާޕާކް އާއްމުންނަށް ބަންދު ކުރެވިފައިވާ ކަމަށް އެޕާކް އިން ހާމަކޮށްފިއެވެ.

މިއަދު ފުވައްމުލަކު ނޭޗާޕާކް ފޭސްބުކް ކޮމިއުނީޓީ ޕޭޖްގައި އިއުލާންކުރި ނޯޓިސްގައިވާ ގޮތުން އަލުން އެޕާކް ހުޅުވާނެ ދުވަހެއް ފަހުން އާއްމުކޮށް އިއުލާން ކުރާނެއެވެ.

މިދުވަސްވަރު ފުވައްމުލައް ސިޓީ އޮތީ ކޮވިޑް-19ގެ މޮނިޓަރިންގައެވެ. އެންމެފަހުން ފުވައްމުލައް ސިޓީ މޮނިޓަރިން އަށް ލާފައިވަނީ ފާއިތުވި އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ.

ފުވައްމުލަކު ނޭޗާޕާކް އެސްއޮޕީ -2021

ޚާއްސަ ހާލަތްތަކުގައި ފުވައްމުލަކު ނޭޗާޕާކްގެ ޚިދުމަތް ހޯދުމަށް އަމަލުކުރާނެ ގޮތުގެ އުސޫލެއް އެޕާކްއިން މީގެ ކުރިން ނެރެފައި ވެއެވެ. އެގޮތުން ޕާކަށް ދިއުމުގެ ކުރިން ފޯނުން، 7590059 އަށް ގުޅައި ރިޒަވޭޝަން ހެދުމާއި އަދި ކަނޑައެޅޭ ގަޑިއަށް މާސްކް އަޅައިގެން ގޮސް ޓެމްޕަރޭޗާ ބެލުމާއި އަތްދޮވުން، އިސްފާރާތުން ޕާކް ކައުންޓަރަށް ގޮސް ފައިސާ ދެއްކުން (އޮންލައިންކޮށް) އަދި އަދި އެންމެންގެ ނަން ނޯޓުކުރުމަށްފަހު ޕާކް ބޭނުންކުރަން ފެށުމާއި، ބޭނުން ކުރުމުގައި އަބަދުވެސް 1 މިތަރު ގެ ދުރުމިން އެކަކު އަނެކަކު ބެހެއްޓުން ހިމެނެއެވެ. އަދި ޚިދުމަތް ނިމުމުން އަވަހަށް ޕާކުން ދިއުން ހިމަނާފައި ވެއެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !