A wide advertisement which will be shown on all devices. (700 x 100)

ފިޝަރީޒް މިނިސްޓަރު ޑރ.ހުސޭން ރަޝީދު ފުވައްމުލައް ސިޓީ ކައުންސިލާއި ބައްދަލުކުރެއްވުން

ފިޝަރީޒް އެންދް އެގްރިކަލްޗާ މިނިސްޓަރު ޑރ.ހުސޭން ރަޝީދު ފވމ ސިޓީ ކައުނސިލާއި ބައްދަލުކުރެއްވު
މިނިސްޓަ އޮފް ފިޝަރީޒް، މެރިން ރިސޯސެސް އެންޑް އެގްރިކަލްޗާ ޑރ. ހުސައިން ރަޝީދު ހަސަން އިއްޔެ ފުވައްމުލައް ސިޓީ ކައުންސިލާއެކު ބައްދަލުކުރައްވައިފިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލްގެ މީޓިން ރޫމުގެ ބޭއްވުނު މިބައްދަލުވުމުގައި ފުވައްމުލަކު ސިޓީގައި ކަނޑައިގެން ގޮސްފައިވާ އޮއިވާލި ކަނދުފަތި ތަކާއި އިތުރަށް ބޭނުންވާ އޮއިވާލި ކަނދުފަތި ތަކާއިގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.
މީގެ އިތުރުން ވެސް މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ފެވައްމުލަކުގެ އޮޅުތަކަށް ދިމާވެފައިވާ އަލަގަހުގެ ފަތްތައް ހަލާކުކޮށްލާ ބައްޔެއް ކަމުގައިވާ ޓާރޯލީފް ބްލައިޓް ބަލި ކޮންޓްރޯލް ކުރަން ފިޝަރީޒް މިނިސްޓްރިއިން ރާވާފައިވާ  އަޖުމަބެލުމުގެ މަޝްރޫއުގެ މައުލުމާތު ހިމެނެއެވެ.

ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީގެ ޓީމު

ފުވައްމުލަކުގެ އަލަދަނޑުތަކަށް މިބަލި ފެތުރި ބޮޑެތި ގެއްލުން ތަކެއް ދަނީ ވަމުންނެވެ. މިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން މިބައްޔަށް ހޭނިފައިވާ (ރެސިސްޓެންޓް) މުޑުވައްތަކެއް ފުވައްމުލަކުގައި ރިސާޗް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައި ވެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ އިސްފަރާތްތައް

ފިޝަރީޒް މިނިސްޓަރުގެ މިދަތުރުފުޅުގައި ފުވައްމުލަކު ނޭޗާ ޕާކަށް ޒިޔާރަތް ކޮށް ދަޑިމަގު ކިޅީގައި ޕެޑަލް ބޯޓް އަދި ކެނޯ ދުއްވާފައި ވެއެވެ. މި ޒިޔާރަތުގައި ފުވައްމުލައް ނޭޗާ ޕާކުގެ ފަރާތުން ވަނީ ފުވައްމުލަކާއި ފުވައްމުލަކުގެ ތާރީޚާއި ފުވައްމުލަކުގެ ޗަސްބިންތަކާއި ޗަސްބިމުގައި ހުންނަ ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ގަސްތަކާއި އަދި އެތަނުގައި އުޅޭ ބައެއް ދިރުންތަކުގެ މައުލޫމާތު ދީފައެވެ.
މީގެ އިތުރުން މިނިސްޓަރީގެ ޓީމުން ވެސް ވަނީ ޕާކުގައި ޕެޑަލް ބޯޓް އަދި ކެނޯ ދުއްވާފައެވެ.
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !