A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ނޭޗާ ޕާކަށް ޝަރަފުއްދީން ސްކޫލުގެ ދަރިވަރުން ޒިޔާރަތްކޮށްފި

ޝަރަފުއްދީން ސްކޫލްގެ ދަރިވަރުން ފުވައމްުލަކު ނޭޗާ ޕާކްގެ ދަޑިމަގި ކިޅީގައި ޕެޑެލް ބޯޓު ދުއްވަނީ

އައްޑޫ ޝަރަފުއްދީން ސްކޫލުގެ ގްރޭޑް 10ގެ ދަރިވަރުން ފުވައްމުލަކު ނޭޗާ ޕާކަށް ޒިޔާރަތްކޮށް އެތަން ބަލައިފިއެވެ. ނޭޗާ ޕާކްގެ އިތުރުން ފުވައްމުލަކު ކޮޑަކިޅީގެ އަޖުމަ ބަލާލުމަށް ވެސް އެ ދަރިވަރުން ޒިޔާރަތްކޮށްފައި ވެއެވެ. މީގެ އިތުރުން މި ދަރިވަރުން ވަނީ ނޭޗާ ޕާކުގެ ދަޑިމަގު ކިޅީގައި ޕެޑަލް ބޯޓް ވެސް ދުއްވާފައެވެ.

އައްޑޫ ޝަރަފުއްދީން ސްކޫލްގެ ދަރިވަރުން ފުވައްމުލަކު ނޭޗާ ޕާކްގައި.

ޝަރަފުއްދީން ސްކޫލު ދަރިވަރުންގެ މި ޒިޔާރަތުގައި ފުވައްމުލަކުގެ ތާރީޚާއި, ފުވައްމުލަކުގައި ޒިޔާރަތްކުރުމަށް ހުރި ޚާއްސަ ތަންތަނާއި, ފުވައްމުލަކުގެ ޗަސްބިންތަކާއި, ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ގަސްތަކުގެ ނާސަރީ އަދި އެތަނުގައި އުޅޭ ބައެއް ދިރުންތަކުގެ މައުލޫމާތު ދަރިވަރުންނަށް ފުވައްމުލައް ނޭޗާ ޕާކުގެ ފަރާތުން ދީފައިވެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޤާއިމްކުރެވުނު ނޭޗާ ޕާކަކީ ފުވައްމުލަކުގައި ގާއިމުކުރެވުނު ޕާކެވެ. އެ ޕާކު ހުޅުވާފައި ވަނީ 14 ސެޕްޓެމްބަރ 2018 އެވެ. ފުވައްމުލަކު ނެޗާޕާކްގައި އެކުލެވިގެން ވަނީ ދަޑިމަގު ކިޅި އާއި އެކުޅި އާއި ގުޅިގައިވާ ޗަސްބިން ސަރަހައްދާއި، ދިގުވާޑު ހޯދަޑު ހިމެނޭ ސަރަހައްދުގެ ޗަސްބިމުގައިވާ ބޯޑްވޯކާއި ބަންޑަރް ކިޅިއާއި އެކިޅި ހިމެނޭ ސަރައްހަދުގެ ޗަސްބިންތަކާއި ކޮޑަކިޅި އާއި މާލެގަމާއި ފުނާޑު ހިމެނެ ސަރައްދުގައިވާ ބޯޑުވޯކެވެ.

އައްޑޫ ޝަރަފުއްދީން ސްކޫލްގެ ދަރިވަރުން ނަށް ފުވައްމުލަކު ނޭޗާ ޕާކްގެ މައުލުމާތު ދެއްވަނީ

ފުވައްމުލަކު ނޭޗާ ޕާކުގެ އަމާޒަކީ ފުވައްމުލަކުގައި ހިމާޔަތްކޮށްފައިވާ ދެ ކުޅި ރައްކާތެރިކޮށް ބަލަހައްޓައި ދެމެހެއްޓެނިވި ގޮތެއްގައި މަންފާ ހޯދުމަށް ރައްޔިތުންނަށް މަގުފަހިކޮށްދީ، މުސްތަޤުބަލުގެ ޖީލުތަކަށް މި ތަންތަން ފޯރުކޮށްދިނުމެވެ.

ފުވައްމުލަކު ނޭޗާ ޕާކުން ބަލަހައްޓާ ސަރަހައްދުތަކުގެ ތެރެގައި ހިމެނޭ ޚާއްސަ ދިރުންތައް ހިމާޔަތްކުރުމަށް މަސައްކަތް ކުރުމަކީ ވެސް މިޕާކްގެ އެއް ބޭނުމެވެ. އެގޮތުން ވަލިކުކުޅު އަދި ކޯވެން، ގަސްގަހާގެހީގެ ތެރެއިން މާވަށޮ، ލޮންސި ފަދަ ނެތިގެންދާނެ ކަމުގެ ބިރުހީވެފައިވާ ގަސްހަގާއި ފަތްޕިލާވެލީގެ ގިނަ ބާއްތަކެއް ދިރުވައި އާލާކުރުންމަށް ފުވައްމުލައް ނޭޗާޕާކުން މަސައްކަތް ކުރެއެވެ. މީގެ ގިނަ ބާވަތްތަކަކީ ފަތްޕިލާވެލީގެ ބޭސްވެރިކަމާ، ދިރިއުޅުމާ، ތާރީޚާއި ސަޤާފަތާ ގުޅިލާމެހިފައިވާ ތަކެއްޗާއި ތަންތަން ވެސް މެއެވެ.

އައްޑޫ ޝަރަފުއްދީން ސްކޫލްގެ ދަރިވަރުން ފުވައްމުލަކު ނޭޗާ ޕާކްގެ ކޮޑަކިޅީގައި

ފުވައްމުލަކުގެ ދެކުޅިއާއި ގުޅިފައިވާ ޗަސްބިން ސަރަހައްދުތަކުން ރަށުގެ ފެންފަށަލައިގެ ހިމާޔަތްކޮށްދިނުމާއި، ފެން ދައުރުކުރުމަށް މުހިއްމު ރޯލެއް އަދާކުރާހިނދު ދެ ކުޅިއަކީ ސާފު ފެނުގެ ބޮޑު ދެ ރިޒާވެވެ. ޗަސްބިމާއި ކުޅީގެ ސަބަބުން ފުވައްމުލަކުގެ ވައި ސާފުކޮށްދޭން އެހީތެރިވެއެވެ.

ފުވައްމުލަކު ދެ ކުޅީގައި އުޅޭ ދިރުންތަކުގެތެރޭގައި ބޭނގު، ކޯވެން، ފެންމީރުމަސް (ފެނަމަހަ)، ރާބޮނދި، މާކަނާ އިރުވާހުދު، ކަނބިލި، މައިނާ، ލަގަނާ، ކާޅު ހިމެނެއެވެ.

އައްޑޫ ޝަރަފުއްދީން ސްކޫލްގެ ދަރިވަރުން ފުވައްމުލަކު ނޭޗާ ޕާކްގެ ހައު އެޅެތެރޭގައި.

ފުވައްމުލަކު ނޭޗާ ޕާކަކީ ކޮންޓްރޯލް ކުރެވިގެން އާއްމުންނަށް ހުޅުވާލަފައިވާ ޕާކެކެވެ. ޕާކުގައި ހިމެނޭ ދަޑިމަގުކިޅި ސަރަހައްދުން ދެމުން އަންނަ ޚިދުމަތްތަކުގެ ތެރޭގައި ބައިސްކަލު ދުއްވުމާއި، ކެނޯއާ ޕެޑަލް ބޯޑު ދުއްވުން ފަދަ ކަންކަން ހިމެނެއެވެ.

ފުވައްމުލަކަކީ ޔުނެސްކޯ ބަޔޮސްފިއާ ގޮތުގައި “ފުވައްމުލަކަށް ޔުނެސްކޯ ބަޔޮސްފިއާ ރިޒާވް” ކަމަށް ކަނޑައަޅާފައި ވަނީ 28 އޮކްޓޫބަރު 2020 ގައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !