A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ބޭރުގައި ވަދު މަސްވެރިކަމަށް އޮއިވާލި ކަނދުފައްޗެއް އަޅަނީ

ވަދު މަސްވެރިކަމަށާއި ސްޕޯޓްސް ފިޝިން އަށް އަޅާ އޮއިވާލި ކަނދުފަތި. - ރީނދޫ ކުލަ. 2023

ފުވައްމުލަކު ބޭރުގައި ވަދު މަސްވެރިކަމަށް އޮއިވާލި ކަނދުފައްޗެއް އެޅުމުގެ މަސައްކަތް މަސްވެރިކަމާއި ބެހޭ މިނިސްޓްރިއިން ފަށައިފިއެވެ.

މި މަސައްކަތް ކުރަނީ ދެކުނުގެ 3 އަތޮޅުގައި އަލަށް އަޅާ އޮއިވާލި ކަނދުފަތީގެ މަޝްރޫއުގެ ތެރެއިންނެވެ. މި މަޝްރުއޫގެ ދަށުން 5 ކަނދުފައްޗެއް އަޅާނެއެވެ. ފުވައްމުލަކުހެ އިތުރުން ކަނދުފަތިތައް އަޅަނީ އައްޑޫ އާއި ހުވަދުއަތޮޅު އުތުރުބުރީ (ގއ.) ގައެވެ.

މި މަޝްރުއުގެ ދަށުން އަޅަނީ ސްޕޯޓްސް ފިޝިން އާއި ވަދު މަސްވެރިކަމަށް ޚައްސަ 4 ކަނދުފައްޗެކެވެ. މިކަނދުފަތިތައް ރަށާއި ބޮޑުތަނުން ކައިރިވެ މަސްވރިކަމަށް އަވަހަށް ވާސިލުވެވޭނެއެވެ.

މިއީ ދިވެހިންނަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތަކެއް ހޯދައިދީ ފުޑް ސެކިއުރިޓީ ޔަގީންކަން އިތުރު ކުރުމަށް މަގުފަހި ވެގެން ދާނެ ކަމެއް ކަމަށް ފިޝަރީޒް މިނިސްޓްރިއން ހާމަކުރައްވައެވެ. މީގެ އިތުރުން ގެސްޓް ހައުސް ފަތުރުވެރިކަމާއެކު މަޝްހޫރުވަމުން އަންނަ މުނިފޫހިފިލުވުމުގެ މަސްވެރިކަމަށް ވެސް މި ބޮއިގެ ސަބަބުން ފުރުސަތު ފަހިވެގެންދާނެ ކަމަށް ހާމަކުރައްވައެވެ.

ވަދު މަސްވެރިކަމަށާއި ސްޕޯޓސް ފިޝިން އަށް އަާޅ ވަދު އޮއިވާލި ކަނދުފަތި އެޅުން. – ފިޝަރީޒް މިނިސްޓްރީ.

އެ މިނިސްޓްރީން މިހާރު ފަށާފައިވާ (މި މާރިޗު މަހު 1-12 އަށް) ކަނދުފަތި އެޅުމުގެ ދަތުރުގައި 4 ވަދު ކަނދުފައްޗާއި ދޮށީ މަސްވެރިކަމުގެ 1 ކަނދުފަތި އަޅާނެއެވެ. ކަނދުފަތި އަޅާ ތަންތަން:

ފުވައްމުލައް: އިރުދެކުނުގައި ވަދު މަސްވެރިކަމަށް – މިކަނދުފަތީގެ ރަށާއި ދުރުމިން ކަނޑައަޅަނީ ސާވޭ ކުރުމަށްފަހުގައި.

ސ. މީދޫ: އިރު ދެކުނުން 6 މޭލު ބޭރުގައި – ވަދު މަސްވެރިކަމަށް

ސ. ގަން: ދެކުނުން 5 މޭލު ބޭރުގައި – ވަދު މަސްވެރިކަމަށް

ގއ. މާމެންދޫ: އިރުން 4.5 މޭލު ބޭރުގައި  – ވަދު މަސްވެރިކަމަށް

ސ. ވިލިގިލި: އިރުން 15 މޭލު ބޭރުގައި – ދޮށީ މަސްވެރިކަމަށް

މި ކަނދުފަތިތައް ކައިރީގައި ސްޕޯޓްސް ފިޝިން ގެ މަސްވެރިކަން ވެސް ކުރެވޭނެ ކަމަށް ވެއެވެ.

ދޮށީ މަސްވެރިކަމުގެ ކަންދުފަތިތައް އަޅާފައިވަނީ ރަށާއި 10-15 މޭލު ހިސާބުގައެވެ.

ވަދު މަސްވެރިކަމުގެ ކަނދުފައްޗާއި ދޮށީ މަސްވެރިކަމުގެ ކަނދުފަތި ރަށާއި ދުރުމިނުގެ ގޮތުންވެސް ތަފާތުވާނެއެވެ. ވަދު މަސްވެރިަކމުގެ ކަނދުފަތީގެ ކުލައަކީ ރީނދޫ ކުލަ އެވެ. އަދި ދޮށީ މަސްވެރިކަމުގެ ކަނދުފަތީގެ ކުލައަކީ ރަތް ކުލައެވެ.

 އޮއިވާލި ކަނދުފަތީގެ ތަފުސީލް

ކުރީގެ ތަޖުރިބާއަށް ބަލައި އަލަށްް އަޅާ ކަނދުފަތިތަކަށް ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ. އެގޮތުން ދުރަށް އަލިފެންނާނެ ބައްތި ހުރުމާއި ރާޑާރު ރިފްލެކްޓާ ކަނދުފަތިތަކުގައި ހަރުކުރެވިފައި ވާ ކަމަށް ފިޝަރީޒް މިނިސްޓްރީއިން ހާމަކުރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !