A wide advertisement which will be shown on all devices. (700 x 100)

ކަނޑައިގެން ދިޔަ ފުވައްމުލަކު އިރުމަތި ފަރާތު ބޮއިއަލުން އަޅައިފި

ކަނޑައިގެން ދިޔަ އިރުމަތީ ބޮއި އަލުން އަލައިފި

ފުވައްމުލަކު އިރުމަތި ފަރާތު އޮއިވާލި ކަނދުފަތި (ބޮއި) ކަނޑައިގެން ދިއުމުން އަލުން އަޅާފައިވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން އިއްޔެ ރޭ ހާމަކޮށްފައި ވެއެވެ. މިކަލް ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި މިކަނދުފަތި އަލުން އަޅާފައިވަނީ މި ފެބްރުއަރީ މަހު 21 ވަނަ ދުވަހުއެވެ.

އަލުން އަޅާފައިވާ ފުވައްމުލައް ސިޓީ، އިރުމަތީ އޮއިވާލި ކަނދުފަތީގެ ނަންބަރަކީ 514 އެވެ. މި އޮއިވާލި ކަދުފަތި އަޅާފައިވަނީ ފުވައްމުލަކުގެ އިރުން 10 މޭލު ބޭރުގައެވެ. ފުވައްމުލައް ސިޓީ ވަސައިގެން 3 އޮއިވާލި ކަނދުފައްޗެއް އޮވެއެވެ. މި އޮއިވާލި ކަނދުފަތިތަކަކީ ފުވައްމުލަކުގެ މަސްވެރިންނަށް ވަރަށް މުހިންމު ކަނދުފަތިތަކެކެވެ. ފުވައްމުލަކުގެ އިރުމަތީ ބޮއި އެނެމް ފަހުން އަޅާފައިވަނީ ފައިތުވި 2020 ސެޕޓެމްބަރު މަހު 2 ގައެވެ.

21 ފެބްރުއަރީ 2021 ގައި އަލުން އިރުމަތީ ބޮއި އަލުން އަޅަނީ

ފާއިތުވި 2020 އޮކްޓޯބަރު މަހު ފަހުކޮޅު ފުވައްމުލަކު ހުޅަނގު ސަރަހައްދުގައި އަޅާފައިވާ ބޮއި (އޮއިވާލި ކަނދުފަތި) ކަނޑައިގެން ދިއުމުން އެބޮއި ވެސް ވަނީ އަލުން އަޅާފައެވެ. އަލުން އެޅި އެބޮއިގެ ނަމްބަރަކީ 533 އެވެ.

ރާއްޖޭގެ އެހެން ރަށްރަށާއި ޚިލާފަށް ފުވައްމުލަކުގެ މަސްވެރިންނަކީ މުޅިން ހެންވެސް ވަދު ދަމައިގެން މަސްވެރިކަން ކުރާ ބައެކެވެ. ފުވައްމުލަކުގައި އެންދަމައިގެން މަސްވެރިަކން ނުކުރާތާ ގިނަ ޒަމާންތަކެއް ވަނީ ވެފައެވެ. ރަށުގެ ކައިރިހިސާބެއްގައި ވެސް ފަރެއް ގިރިއެއް ނެތުމުގެ ސަބަބުން އެންދަމައިގެން މަސްވެރިކަން ކުރުމަކީ ފުވައްމުލަކުގެ ކުދި ދޯނިފަހަރުތަކަށް އެނެމެ އެކަށޭނަ ކަމެއް ނޫނެވެ.

ވުމާއެކު އޮއިވާލި ކަނދުފަތިތަކުގެ ކައިރީގައި މަސްވެރިކަން ކުރުމުގައި ފުވައްމުލަކުގެ މަސްވެރިންނަށް ޚާއްސަ އިނާޔަތްތަކެއް ލިބިދިފައިވާކަމަށް މަސްވެރިން މައުލޫމާތު ދެއެވެ.

21 ފެބްރުއަރީ 2021 ގައި އަލުން އިރުމަތީ ބޮއި، 514 އަލުން އަޅާފައި.

ފުވައްމުލަކު ބޭރުގައި އަޅާފައި 3 ބޮއި 

529 ފުވައްމުލަކުގެ އިރު-ދެކުނުން 11.5 މޭލު ބޭރު، ޖިއޮގްރަފިކަލް ޕޮޒިޝަނަކީ އިރުން 55 27 73 އާއި ދެކުނުން 43 30 00 އެވެ. މި ބޮއެ އެންމެ ފަހުން ހަރުކުރެވިފައި ވަނީ 25~ އޮކްޓޯބަރު 2020 ގައިއެވެ.

514 ފުވައްމުލަކުގެ އިރުން 10 މޭލު ބޭރު، ޖިއޮގްރަފިކަލް ޕޮޒިޝަނަކީ އިރުން، 30 36 73 އާއި ދެކުނުން 50 16 00 އެވެ. މި ބޮއެ އެންމެ ފަހުން ހަރުކުރެވިފައި ވަނީ 21 ފެބްރުއަރީ 2021 ގައިއެވެ.

477 ފުވައްމުލަކުގެ ހުޅަނގުން 15 މޭލު ބޭރު، ޖިއޮގްރަފިކަލް ޕޮޒިޝަނަކީ އިރުން، 400 11 73 ދެކުނުން 161 20 00 އެވެ. މި ބޮއެ އެންމެ ފަހުން ހަރުކުރެވިފައި މިވަނީ 3 ޑިސެމްބަރު 2020 ގައިއެވެ.

މިއީ ހުރިހާ މަސްވެރިންގެ ލާބަ އާއި މަންފާއަށްޓަކައި އަޅާފައިވާ ކަނދުފަތިތަކެކެވެ. އެގޮތުން އޮއިވާލި ކަނދުފަތީގައި ދޯނިތައް ނަގިލިލުމާއި ވާ އައްސައިގެން ތިބުމާއި އަދި އޮއިވާލި ކަނދުފައްޗަށް ގެއްލުންވާ ގޮތަށް އެއްވެސް އަމަލެއް ނުކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އެދިފައިވެއެވެ. ކަނދުފައްޗަށް ދިމާވާ ގެއްލުންތަކާއި މައްސަލަތައް ލަސްނުކޮށް ކައުންސިލާއި ހިއްސާކުރުމަށް ވެސް އެދިފައި ވެއެވެ.

ފުވައްމުލަކު އިރުމަތީ ފަރާތު އޮއިވާލި ކަނދުފަތި 530. އޮއިވާލި ކަނދުފަތީގެ ތަފުސީލް

 

އަލުން ހަރުކުރި ބޮއެ

އޮއިވާލި ކަނދުފައްޗަކީ ރާއްޖޭގެ އަމިއްލަ ކާމިޔާބު އުފެއްދުމެކެވެ. ފުރަތަމަ ކޮޅުގެ އޮއިވާލި ކަނދުފަތީގައި ދާގަނޑެއް ހަރުހަކުރެވިފައި ވިޔަސް މިހާރުގެ ކަނދުފަތިތަކުގައި އޭގެ ބަދަލުގައި ހުންނަނީ ކުދި ބޮއެތަކެއް ހަރުކޮށްފައެވެ. އޮއިވާލި ކަނދުފަތިތައް އާއްމުކޮށް ހަރުކުރަނީ ރަށާއި 12 މޭލު ހިސާބުގައިއެވެ. އެއީ ކަނދުފައްޗާއި ހަމަޔަށް ފަސޭހައިން މަސްވެރިންނަށް ދެވޭގޮތަށް ބަލާފައެވެ.

މިއީ މަސް ތިލަވެ ތިބޭ ހިސާބު ފާހަގަކޮށް ފަަަސޭހައިން މަސްވެރިންނަށް އެހިސާބަށް ދިއުމުގެ މަގު ފަހިކުުރުމުގެ ގޮތުން 1981 ގައި އީޖާދުކުރި އާލާތެކެވެ. އޮއިވާލި ކަނދުފަތީގެ މަގުބޫލުކަން މިހާރު ވަނީ މަސްވެރިންގެ މެދުގައި އިތުރުވެފައެވެ. މުޅި ރާއްޖޭގައި މިހާރު 54 އޮއިވާލި ކަނދުފަތި އެބައޮތެވެ. ކަނދުފަތީގައި ހުންނަނީ ދުރަށް ފެންނަގޮތަށް އަލި އޮރެންޖު ކުލައެކެވެ. ކުރީގެ ކަނދުފަތިތަކުގައި ދިދަ އަކާއެކު ރޭގަނޑަށް ދިއްލޭ ބޮއްކެއް ހުއްޓަސް މިހާރުގެ ކަނދުފަތި ތަކުގައި އެބައެއް ނުހުރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !