ފުވައްމުލަކު އިރުމަތީ ފަރާތު އޮއިވާލި ކަނދުފަތި އަލުން އަޅައި

ފުވައމްުލަކު އިރުމަތީ ފަރާތު އޮއިވާލި ކަނދުފަތި އަލަުން އަޅާއިފި- 26 ސެޕްޓެމްބަރު 2022
Share on facebook
Share on twitter
Share on google

ކަނޑައިގެން ގޮސްފައިވާ ފުވައްމުލަކު އިރުމަތީ ފަރާތު ކަނދުފަތި އަލުން އަޅައިފިއެވެ. މިއީ ފުވައްމުލަކުގެ އިރުން 10 މޭލު ބޭރުގައި އޮންނަ ކަނދުފައްޗެކެވެ. މިކަނދުފަތި އަލުން އަޅާފައިވަނީ މިމަހު 26 ވަނަ ދުވަހުއެވެ.

މިހާރު އަޅާފައިވާ އޮއިވާލި ކަނދުފަތީގެ ނަންބަރަކީ Q10D01 އެވެ.

ފުވައްމުލަކު ބޭރުގައި މަސްވެރިކަމަށް ޚާއްސަކޮށްގެން އަޅާފައިވާ ތިން އޮއެވާލި ކަނދުފަތި، ދެކުނެ ބޮއި، އިރިމައްތެ ބޮއި، އަދި ހުޅަނގު ބޮއި، އޮވެއެވެ.

މި އޮއިވާލި ކަނދުފަތިތައް ދޭތެރެ ދޭތެރެއިން ކަޑައިގެން ދިޔުމުގެ ސަބަބުން މަސްވަރިންނަށް ވަރަށް ބޮޑެތި ދަތިތަކަކާިއ ދިމާވެއެވެ. އެއީ ކަނދުފަތި ނެތުމުން މަސް ހޯދަން މާދުރަށް ދުއްވަން ޖެހި މަސް ބޭނޭގޮތް ނުވެ އަނބުރާ ރަށަށް އަންނަން ޖެހުމުންނެވެ.

މިއީ މަސް ތިލަވެ ތިބޭ ހިސާބު ފާހަގަކޮށް ފަަަސޭހައިން މަސްވެރިންނަށް އެހިސާބަށް ދިއުމުގެ މަގު ފަހިކުުރުމުގެ ގޮތުން 1981 ގައި އީޖާދުކުރި އާލާތެކެވެ. އޮއިވާލި ކަނދުފަތީގެ މަގުބޫލުކަން މިހާރު ވަނީ މަސްވެރިންގެ މެދުގައި އިތުރުވެފައެވެ. މުޅި ރާއްޖޭގައި މިހާރު 56 އޮއިވާލި ކަނދުފަތި އެބައޮތެވެ. ކަނދުފަތީގައި ހުންނަނީ ދުރަށް ފެންނަގޮތަށް އަލި އޮރެންޖު ކުލައެކެވެ. ކުރީގެ ކަނދުފަތިތަކުގައި ދިދަ އަކާއެކު ރޭގަނޑަށް ދިއްލޭ ބޮއްކެއް ހުއްޓަސް މިހާރުގެ ކަނދުފަތި ތަކުގައި އެބައެއް ނުހުރެއެވެ.

ފުވައްމުލަކު އިރުމަތީ ފަރާތު އޮއިވާލި ކަނދުފަތި އޮއިވާލި ކަނދުފަތި Q10D01 އިރުން 10 މޭލު ބޭރުގައި.

އޮއިވާލި ކަނަދުފަތިތަކަކީ ހުރިހާ މަސްވެރިންގެ ލާބަ އާއި މަންފާއަށްޓަކައި އަޅާފައިވާ ކަނދުފަތިތަކެކެވެ. އެގޮތުން އޮއިވާލި ކަނދުފަތީގައި ދޯނިތައް ނަގިލިލުމާއި ވާ އައްސައިގެން ތިބުމާއި އަދި އޮއިވާލި ކަނދުފައްޗަށް ގެއްލުންވާ ގޮތަށް އެއްވެސް އަމަލެއް ނުކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލާއި ކަމާިއ ބެހޭ އިދާރާއިން އަންގާފައިވެއެވެ. ކަނދުފައްޗަށް ދިމާވާ ގެއްލުންތަކާއި މައްސަލަތައް ލަސްނުކޮށް ކައުންސިލާއި ހިއްސާކުރުމަށް ވެސް އެދިފައި ވެއެވެ.

ކަނދުފަތިތައް ކައިރީގައި ޤަވައިދާ ހިލާފަށް މަސްވެރިކަން ކުރުމަކީ މަނާކަމެއް ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ އަންގާފައި ވެއެވެ. އެގޮތުން އޮއިވާލި ކަނދުފަތިތަކާއި ތިން މޭލު ކައިރިން މިޔަރު ހިފުމާއި، އެމުގެ ގޮތުގައި ތާވަޅަ ބޭނުންކުރުމާއި، ދިރޭ އެން ޖަހައިގެން އަޑިއަށް ފެއްތުމާއި މަސްވެރިކަން ކުރުން މަނާ ކޮށްފައިވެއެވެ.

ފުަވއްމުލަކު ބޭރުގައި އެންމެ ފުރަތަމަ އެޅި އޮއިވާލި ކަނދުފަތި (ބޮއެގަނޑު) 2011 ގައި ފުވައްމުލަކު ގޮޑުދޮށަށް ލައްގާފައި ވެ. ފޮޓޯ ނަސްރު އަލީ

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments