A wide advertisement which will be shown on all devices. (700 x 100)

އައްޑޫ އިކުއޭޓަރ ވިލެޖް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ އީކުއޭޓަރ ވިލެޖް

އައްޑޫ އީކުއޭޓަރ ވިލެޖްގެ ކަރަންޓީނުގައި ހުރި ދިވެހި އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެކަމަށް އައްޑޫ ލައިވް އިން ހާމަކުރައްވައެވެ.

އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް އާއި ހަވާލާދެއްވާ “އައްޑޫ ލައިވް”އިން ހާމަކަށްފައި ވަނީ އެބައްޔަށް ޕޮޒިޓިވް ވެފައިވަނީ އުމުރުން 65 އަހަރުގެ މީހެއް ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އެއަންހެން މީހާއާއި އެކު އެއްކޮށްރިއެއްގައި އޭނާގެ މާމަ ދަރިފުޅު ވެސް ކަރަންޓު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެދަރިފުޅު ބައްޔަށް ނެގަޓިވް ވެފައިވާ ކަމަށެވެ.

މިއީ އައްޑޫ ސިޓީ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ފުރަތަމަ މީހާއެވެ.

ބެލެވޭ ގޮތުގައި އެއަންހެން މީިހާ ޕޮޒިޓިވް ވެފައިވަނީ އިކުއޭޓަރ ވިލެޖުގެ ކަރަންޓީނުގައި ތިބި މީހުން މުއްދަތު ހަމަވެގެން ދޫކުރުމަށް ކުރެވުނު ޓެސްޓުގެ ތެރެއިން ކަމަށް ބެލެވެއެވެ.

އައްޑު ސިޓީ ގައުމުގެ އީކުއޭޓަރ ވިލެޖް

އައްޑޫ ސިޓީ އިކުއޭޓަރ ވިލެޖުގައި ފުވައްމުލަކުގެ މީހުންވެސް ކަރަންޓީނު ކުރެވިފައި ވެއެވެ. އެގޮތުން ފުވައްމުލަކުގެ 46 މީހުން އިކުއޭޓަރ ވިލެޖުގައި ކަރަންޓީނު ކުރެވިފައިވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބިފައި ވެއެވެ. އެމީހުންގެ ކަރަންޓީނުގެ 14 ދުވަސް މިވަނީ މިދިޔަ ބުދަ (10 މެއި 2020) ދުވަހަށް ހަމަވެފައެވެ.

އައްޑޫ ސިޓީގައި ހެރެތެރެ ރިޒޯޓުގައި ކަރަންޓީނު ކުރި ފުވައްމުލަކު މީހުން މަިއދު ވަނީ ރަށަށް އައިސްފައެވެ.

އަދި ވަރަށް އަވަހަށް އިކުއޭޓަރ ވިލެޖުގެ ކަރަންޓީނުގައި ތިބި މީހުނެވެސް ރަށަށް އަންނާނެ ކަމަށް ބެލެވެއެވެ. އެއީ އެމީހުންގެ ކަރަންޓީނުގެ މުއްދަތު ހަމަވެސް ޓެސްޓްގެ ކަންތައްތައް ކުރިޔަށް ދާތިއެވެ.

ހެރެތެރެ ކަރަންޓީނު ނިންމައި މިއަދު ރަށަށް އައި ބައެއް މީހުން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !