ކޮވިޑް-19 އާއި ގުޅިގެން މާލެ ސިޓީގައި ބަންދުވެފައި ތިބި ފުވައްމުލައް ސިޓީގެ މީހުންގެތެރެއިން ހޯމް ކަރަންޓީނަށް ދެވަނަަ ގުރޫޕެއް މިއަދު ރަށަށް އަތުވެއްޖެއެވެެ. މި ގްރޫޕުގައި އައީ ކިތައް މީހުން ކަމެއް ސިޓީ ކައުންސިލުން ހާމަކޮށްފއެއް ނުވެއެވެ.
ހޯމް ކަރަންޓީީނުގެ ކުރެވެނީ 24 ދުވަސް ފެށުމުގެ ކުރިން އަދި ނިންމާފައި އެމީހުން ކޮވިޑް-19އަށް އެންޓިބޮޑީ ޓެސްޓެއް ހަދައެވެ. ހޯމްކަރަންޓީނަށް ދެވެނީ ވެސް އަދި ނިންމުމަށްފަހު ދޫކޮށްލެވެނީ ވެސް ޓެސްޓުގެ ނަތީޖާ ނެގަޓިވު ވުމުންނެވެ. ހޯމް ކަރަންޓީނުގެ މުއްދަތުގައި ތިބެންޖެހެނީ ކަރަންޓީނު ކުރި ގެއެއްގައެވެ. އެމީހުން ބޭރަށް ދިއުމަކީ ކުށްވެރިވާ ގާނޫނީ ކުށެކެވެ.
މިފަހަރު އައި މީހުން ކަރަންޓީނު ކުރެވިފައި ވަނީ ޖުމްލަ 23 ގެއެއްގައެވެ. އެއީ ދަޑިމަގު އަވަށު 3 ގެއަކާއި، ދިގުވާނޑު އަވަށު 6 ގެއަކާއި، ހޯދަޑު އަވަށު 5 ގެއަކާއި، މާދަޑު 1 ތަނަކާއި، މިސްކިތްމަގު 2 ގެއަކާއި، ފުނާޑު 3 ގެއަކާއި، ދޫނޑިގަމު 2 ގެއެކެވެ.
12 ޖޫން ގައި ހޯމްކަރަންޓީނަށް އައި މީހުން ތިބޭ ގެތައް:
ދަޑިމަގު: ފްލެޓް: 01-01-04، ސައިކަސް، މަންފާ،
ދިގުވާނޑު: ސޯސަން، ފްލެޓް01-01-21، އައިރީ، ސިންދު، ނީސްވިލާ، ވޭރެގަމިގެ،
ހޯދަޑު: ދޫލަ، ރޯޒާ، ޖޭމްމާގެ، އަލްޓާ، ނަސްފަރު
މާދަޑު: ފެވަރިޓްް ގެސްޓް ހައުސް،
މިސްކިތްމަގު: ނިރުވެލި، ވިޒިޓް
ފުނާޑު: ވިލޮވް، އުފާ، ޝައިނާ
ދޫނޑިގަން: ސޯފިއާ، ހެޕީރެސްޓް
މީގެތެރެއިން ބައެއް ގޭގެއަކީ ކުރިން ވެސް ހޯމް ކަރަންޓީނަށް މީހުން ބައިތިއްބާފައި ހުރި ގެތަކެވެ.
މާލެ ސިޓީއިން ހޯމްކަރަންޓީނަށް ފުވައްމުލަކަށް އަންނަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް އޮންލައިން ލިންކެއް މި ޖޫންމަހު 12 ގައިފުވައްމުލައް ސިޓީ ކައުންސިލުން ޝެއަރ ކޮށްފައި ވެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ ނޯޓިސް – 12 ޖޫން 2020
ހޯމް ކަރަންޓީނަށް ރަޖިސްޓްރީވުމަށް
9 ޖޫން 2020 ގައި ފުވައްމުލަކު ސިޓީގައި ހޯމް ކަރަންޓީނު ކުރެވިފައި ވަނީ:
ދިގުވާނޑު: މާޒީ، ފްލެޓް21-01-01، މަމްޝާޒު
ހޯދަޑު: ދޫލަ، ރޯޒާ، ހާސިލް،
މާދަޑު: ރިހިވިއު، ނުރަހި، ރޯޒްމީޑް
މިސްކިތްމަގު: ނިމާ، ޝަޔަން
ފުނާޑު: ފްރެޝް
މާލެގަން: އެލީޓް
ދޫނޑިގަން: ބްލޫމޫން

ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނު ކުރެވިފައިވާ ގެއެއް.
އެގޮތުން މިހާރު ފުވައްމުލައް ސިޓީއިން 33 ގެއެއްގައި ހޯމް ކަރަންޓީނުގައި މީހުން ބައިތިއްބާފައި ވެއެވެ.
ދަޑިމަގު – 3 ގެއެއް
ދިގުވާޑު – 8 ގެއެއް
ހޯދަޑު – 6 ގެއެއް
މާދަޑު – 4 ގެއެއް
މިސްކިތްމަގު – 4 ގެއެއް
ފުނާޑު – 4 ގެއެއް
މާލެގަން – 1 ގެ
ދޫނޑިގަން – 3 ގެއެއް
ހޯމް ކަރަންޓީނުގައި ތިބޭ މީހުން މޮނިޓާ ކުރުމުގެ ޒިންމާ ހަވާލުވެފައިވަނީ ރަށުގައި ގާއިމުވެފައިވާ ކޮވިޑް ޓާސްކްފޯހާއި ރަށުގެ ބައެއް މުއައްސަސާތަކާއެވެ.
ސިޓީ ކައުންސިލުގެ އެދިފައިވަނީ ހޯމް ކަރަންޓީނު ކުރެވޭ ހުރިހާ އެންމެން ވެސް ކަރަންޓީނުގެ މުއްދަތު ހަމަވަންދެން އެމީހަކު ހުރުމަށް ހަމަޖެހިފައިވާ ގެއެއްގައި، ތިބުމަށެވެ.
ޚިޔާލުތައް