A wide advertisement which will be shown on all devices. (700 x 100)

އައްޑޫ ސިޓީގައި ރަށަށް ނާދެވި ތާށިވެފައިވާ މީހުން މިއަދު ރަށަށް ގެންނަނީ

ފުވައްމުލައް ސިޓީ އީއޯސީގެ މަރުކަޒު - ކުރުންދުމާ މާލަން

ކޮވިޑް-19 ފެތުރޭތީ އައްޑޫ ސިޓީ މޮނިޓަރިން އަށް ލުމާއި ގުޅިގެން ރަށަށް ނާދެވި ތާށިވެފައިވާ ފުވައްމުލަކުގެ މީހުން 2 ލޯންޗެއްގައި މިއަދު ހަވީރު ރަށަށް ގެނައުމަށް ތައްޔާރުވެއްޖެއެވެ.

އަޑޫ ސިޓީގައި ތާށިވެފައިވާ 70 އަށް ވުރެ ގިނަ މީހުން ގެންނަ ދެ ލޯންޗު ހިތަދޫއިން ހަވީރު 4:00ގައި އަދި ފޭދޫ ބަނދަރުން 4:30ގައި ފުރުމަށް ހަމަޖެހިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. އެމީހުން ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ ސަދަން ޓްރާންސްޕޯޓް ލިންކް އާއި ރިލެކްސް ފެރީގެ ލޯންޗުގައި ކަމަށް ވެއެވެ.

ރޭ ފުވައްމުލައް ސިޓީ އީއޯސީގެ ހޯމް ކަރަންޓީން ޑެސްކް

ފުވައްމުލައް ސިޓީ އަށް އަންނަ މީހުން ހޯމް ކަރަންޓީން ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެމީހުން ތިބުމަށް ހަމަޖެހިފައިވާ ތަންތަން އެޗްޕީއޭގެ މިންގަނޑަށް ފެތޭތޯ ބެލުމުގެ މަސައްކަތް ސިޓީ ކައުންސިލް މުވައްޒަފުން މިއދު ވަނީ ކޮށް ނިންމާލާފައެވެ.

ހޯމް ކަރަންޓީންކުރެވޭ ގެތައް ޗެކްކުރަން މުވައްޒަފުން ގެގެއަށް ދިއުން

ފުވައްމުލައް ސިޓީ ކައުނސިލުން ރޭ ހާމަކޮށްފައިވާ ގޮތުން ރެއާއި ހަމަޔަށް 71 ފަރާތެެއް އައްޑޫ ސިޓީގައި ރަށަށް އައުމަށް އެދި ރަޖިސްޓްރީ ކޮށްފައިވާކަމަށް ހާމަކުރެއްވިއެވެ.

މިއީ ބޭސްފަރުވާއަށާއި އެކިބޭނުންތަކަށް އައްޑޫއަށް ގޮސްފައި ތިބި ފުވައްމުލައް ސިޓީގެ މީހުން ރަށަށް ގެނައުމަށް ގެނައުމުގެގޮތުން ކުރެވެ ފުރަތމަ ދަތުރެވެ. ކަމަށެވެ. އައްޑޫ ސިޓީ މޮނިޓަރިން އަށް ލުމާއެކު އައްޑުއާއި ފުވައްމުލައް ސިޓީ އާއި ދެމެދުގެ އާއް ދަތުރުތައް ވަނީ މެދުކަނޑާލެވިފައެވެ. މިހާރު އައްޑޫ ސިޓީއިން ފުރެނީ އަދި ފުވައްމުލައް ސިޓީއަށް އެރޭނީ ވެސް އެޗްޕީއޭގެ ޚާއްސަ ހުއްދައެއްގެ ދަށުންނެވެ.

ރޭ ފުވައްމުލައް ސިޓީ އީއޯސީގެ ޓްރާންސްޕޯރޓް ޑެސްކް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !