A wide advertisement which will be shown on all devices. (700 x 100)

ރޭ ބައްޔަށް ޕޮޒިޓިވްވި ދެ ކޭސްއަކީ ކުރީގެ ރެންޑަމް ސާޕަލިން އިން ޕޮޒިޓިވްވި ކޭސްތަކާއި ގުޅުން ނެތް

ރޭ ބޭއްވި ދެވަނަ ޕްރެސް ބްރީފިން

ފުވައްމުލައް ސިޓީއިން ރޭ އިރުއޮއްސި 6 ގެ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ ކޭސް އަކީ މިހާރު ރަށުގައި އޮތްކަމަށް ބެލެވޭ ދުބާއި ކްލަސްޓާއާއި ގުޅުން ނެތް ދެ ކޭސް ކަމަށް ފުވައްމުލަކު އެޗްއީއޯސީން ހާމަކުރައްވައިފި އެވެ.

އިއްޔެ ފްލޫ ކްލިނިކަށް ދައްކައިގެން ޓެސްޓް ކުރުމުން ޕޮޒިޓިވް ވި މި ދެ ކޭސް އަކީ ކޮންމެވެސް ވަރަކަށް ގުޅުން އޮތް ދެ ކޭސް ކަމަށް ބެލެވިފައިވާ ކަމަށް ވެއެވެ. އެގޮތުން މިކަލް ނޫހަށް ރަސްމީނޫން ފަރާތަކުން މައުލޫމާތު ލިބުނު ގޮތުގައި މިދެ ކޭސް ގުޅެނީ އައްޑޫ ސިޓީގައި އޮތް އޭވިއޭޝަން ކޮމާންޑް ކްލަސްޓާ އާއެވެ. ވުމާއެކު ފުވައްމުލަކުގައި އިތުރަށް ބަލި ފެތުރިފައިވުމަކީ އެކަށީގެންވާ ކަމެއްކަމަށް ބެލެވެއެވެ.

ނަމަވެސް މިދެކޭސް ސީދފާ ގުޅެނީ ކޮން ކްލަސްޓަރއަކާއި ކަމެއް ފުވައްމުލައް އެޗްއީއޯސީ ހާމައެއް ނުކުރެއެވެ.

މިހާރު ފުވައްމުލައް ސިޓީގައި ބައްޔަށް ޕޮޒިޓިވް ވެފައިވާ ޖުމްލަ އަދަދަކީ 16 ފަރާތެކެވެ. އެއީ:

އިއްޔެ ފްލޫކްލިނިކުން ޕޮޒިޓިވްވި 2 ކޭސް (18:00 އެއިގެ ފަހުން 2)

ދުބާއީ ކްލަސްޓާ 12 (ކުރިން 11+އިއްޔެ 1)

ހޯމްކަރަންޓީނުން ކުރިން ފައްސިވެފައިވާ 2 އެވެ.

ފޫލޫ ކްލިނުން ނެގުނު ސާމްޕަލް 9 ސާމަޕަލް (18:00 18:00އިއްޔެ އަށް)

ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 38 ސާމަޕަލް

މާލެއިން އައި ހޯމް ކަރަންޓީނު ފުރިހަމަކުރި 19

އިއްޔެ އިރުއޮސި 6:00 އާއި ހަމޔަށް 435 ކޮންޓެކްޓުން ފާހަގަ ކުރެވިފައިވެއެވެ. އޭގެ ތެރޭގައި:

ހައިރިސްކް 8 މީހުންނާއި

އަރިދަފުސް ރޯގާގެ 13 މީހުން ހިމެނޭ ކަމަށްރޭގެ ނޫސް ކޮންފަރެންސްގައި ފުވައްމުލަކު އެޗްއީއޯސީއަށް ހޮސްޕިޓަލުން ކަނޑައަޅާފައިވާ އާމިނަތު އަހުމަދު ވިދާޅުވިއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !