ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީ ގަމު އިކުއެޓާ ވިލެޖްގައި ކަރަންޓީނު ކުރި ފުވައްމުލަކު މީހުން ކަރަންޓީނު މުއްދަތު ހަމަކޮށް މިއަދު ރަށަށް ދިއުމަށް ފުރައިފިކަމުގެ މައުލޫމާތު މިކަލް ނޫހަށް ލިބިއްޖެއެވެ.
އެގޮތުން އިކުއެޓާ ވިލެޖްގައި ކަރަންޓީނު ކުރި ފުވައްމުލަކުގެ 46 މީހުން މިއަދު އަންނަ ކަމަށް ވެއެވެ. މިމީހުން ގަމުން ފެދޫއަށް ބަހުގައި ގެންދިއުމަށްފަހު ފޭދޫއިން ފުވައްމުލަކަށް ފޮނުވަނީ ސްޕީޑް ލޯންޗުގައެވެ.
އީކުއޭޓާ ވިލެޖްގެ ކަރަންޓީނު ފެސިލިޓީގައި ތިބި ބައެއް މީހުނނާއި (ފުވައްމުލައް ސިޓީގެ ބައެއް މީހުން ވެސް ހިމެނޭ ގޮތުން) ކަރަންޓީނު ފެސިލިޓީ ބަލަހައްޓަމުން ދިޔަ ފަރާތްތަކާ ދެމެދު ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް އިއްޔެ ހިގާފައި ވެއެވެ. އެއީ އެ ފެސިޓީޓީގައި ކަރަންޓީނު ކުރި މީހުން ކަރަންޓީނު ނިންމައި ކޮވިޑް-19 އަށް ކުރި ޓެސްޓުގެ ނަތީޖާ ނުލިބި ލަސްވެގެން ދިއުމާއި އެ ފެސިލިޓީއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ޚަބަރާއި ގުޅިގެން ކަމަށް ވެއެވެ. އެ ކަރަންޓީން ފެސިލިޓީގައި ހުރި ފުވައްމުލަކު މީހަކު މައުލޫމާތު ދިންގޮތުގައި އެމީހުން ޓެސްޓުގެ ނަތީޖާ ނުލިބި އިތުރަށް 4 ދުވަސް ވެގެން ދިޔުމުން އެކަމާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ކަރަންޓީން ފެސިލިޓީން ޖަވާބު ދީފައިވަނީ އެމީހުން ޕޮލިހާއި ހަވާލުކުރަން ޖެހިދާނެ ކަމަށް ބުނެ ކަމަށެވެ. އެކަމާއި ގުޅިގެން އުފެދުން ދެ ބަސްވުންތަކެއް ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން އިކުއޭޓަރ ވިލެޖްގައި ކަރަންޓީނުން ކުރި އެންމެން މިއަދު ރަށަށް 14 ޖޫން 2020
އިކުއޭޓާ ވިލެޖްގެ ކަރަންޓީނުގައި ތިބި ފުވައްމުލަކުގެ އެންމެން ވެސް މިއަދު ރަށަށް އަންނާނެކަމަށް ވެއެވެ. ހެރެތެރެ ރިޒޯޓުގައި ކަރަންޓީނުގައި ތިބި ފުވައްމުލައްކުގެ އެންމެން މި ޖޫން މަހު 12 ގައި ވަނީ ރަށަށް އައިސްފައެވެ. އެއާއެކު އައްޑު ސިޓީގައި ކަރަންޓީނުގައި ތިބި ފުވައްމުލަކުގެ އެންމެން ވެސް ކަރަންޓީނު ނިންމައި ރަށަށް އައީއެވެ. ނަމަވެސް ރަށުގައި ހޯމްކަރަޓީނުގައި މީހުން ތިބޭނެއެވެ. ހެރެތެރެ ރިޒޯޓުގައި ފުވައްމުލައް ސިޓީ މީހުން އެންމެ ފުރަތަމަ ކަރންޓީނު ކޮށްފައި ވަނީ 5 މެއި 2020 ގައެވެ. ސަރުކާރުގެ ކަރަންޓީނު ފެސިލިޓީ ތަކުގައި ކަރަންޓީނު ކުރީ 14 ދުވަހަށެވެ. ހޯމްކަރަންޓީނު ކުރަނީ 24 ދުވަހަށެވެ.
ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މާލޭގައި ތާށިވެ ރަށަށް ނާދެވިފައިވާ ފަރާތްތަކުގެ ތެރެއިން މާލެ ސިޓީއިން ފުވައްމުލަކަށް އަންނަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް އޮންލައިން ލިންކެއް މި ޖޫން މަހު 12 ގައި ފުވައްމުލައް ސިޓީ ކައުންސިލުން ޝެއަރ ކޮށްފައި ވެއެވެ.
ހޯމް ކަރަންޓީނަށް ރަޖިސްޓްރީވުމަށް

އިކުއެޓާ ވިލެޖުގެ ކަރަންތީނުގައި ތިބި މީހުން މިއަދު ރަށަށް އަންނާނެ. 14 ޖޫން 2020
ޚިޔާލުތައް