A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ސްޓޭޑިމަށް އައުޓްޑޯ ޖިމްއެއް ލިބޭތޯ މަސައްކަތް ކޮށްދޭނަން – ޔޫތު މިނިސްޓާ މަހުލޫފު

ފުވައްމުލަކު ސްޓެޑިއަމްގައި ކަސްރަތަށް ގޮސްތިބި މީހުން. ފޮޓޯ އިސިސް

ފުވައްމުލަކު ސްޓޭޑިއަމް (މައިލޯ ސްޓޭޑިއަމް) އަށް އައުޓުޑޯ ޖިމްއެއް ހޯއްދަވައިދެއްވުމަށްމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަ އޮފް ޔޫތު އެންޑް އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ. މިނިސްޓާ މަހުލޫފު މިހެން ވިދާޅުވީ ފެސްބުކް މެދުވެރިކޮށް އިސިސް-ފުވައްމުލައް މަހުލޫފުގެ އަރިއަހުން އެދިފައިވާ ބައެއް ކަންކަމަށް ޖަވާބު ދެއްވަމުން އިއްޔެ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.

އިސިސް ގެ ރިކުއެސްޓްގައި އެދިފައި ވަނީ ކޮންމެ ދުވަހަކުވެސް އެތައްބަޔަކު ފުވައްމުލަކު ސްޓޭޑިއަމްގެ ޓްރެކް ދަނޑަށް (މައިލޯ ސްޓޭޑިއަމް) ދުވަން ދާނކަަމށާއި ނަމަވެސް ޓްރެކް ހަލާކުވެފައި އޮތުމުގެ ސަބަބުން ގިނަ ދަތިތަކަކާއި ކުރިމަތިވާ ކަމަށެވެ. އަދި ވަސީލަތްތައް ގާއިމުކުރެވިފައި ނެތުމުގެ ސަބަބުން ކަސްރަތު ކުރުމަށް ވެސް ދަތިތަކާއި ކުރިމަތިވާ ކަމަށެވެ. އެގޮތުން ފުވައްމުލަކު ސްޓޭޑިއަމް އަށް އައުޓުޑޯ ޖިމްއެއް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށެވެ. އަދި މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ސިންތެޓިކް ޓްރެކްގެ މަސައްކަތް އަވަސްކޮށް ދެއްވުމަށެވެ.

މި ސުވާލުތަކަށް ޖަވާބު ދެއްވަމުން މަހުލޫފު ވިދާޅުވެފައިވަނީ އައުޓްޑޯ ޖިމްއެއް ލިބޭތޯ މަސްކަތް ކޮށްދެއްވާނެކަމަށެވެ. “އައުޓްޑޯ ޖިމް ކަންތައްވޭތޯ މަސައްކަތް ކޮށްދޭނަން” ޔޫތު މިނިސްޓަ މަހުލޫފު ލިޔުއްވާފައި ވެއެވެ.

އިސިސްގެ ރިކުއެސްޓްގައި އިތުރަށް އެދިފައިވަނީ މިހާރު ކުރިޔަށްދާ ހޯދަޑު އަވަށުގެ ޓާފު ދަނޑުގެ މަސައްކަތް އަވަސްކޮށްދެވުމަށާއި މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ދޫނޑިގަމު އަވަށު ޓާފު ދަނޑާއި މިހާރު ޕްރި-ޓެނޑަރިންގައި އޮތް ފުވައްމުލަކު ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ވެސް ގާތުން ބައްލަވައިދެއްވުމަށެވެ.

ފުވައްމުލަކު ސްޓެޑިއަމްގެ ދުވާ ޓްރެކް. ފޮޓޯ އިސިސް

މިކަމތަކާއި ބެހޭގޮތުން މިނިސްޓަ މަހުލޫފު އިތުރަށް ވިދާޅުވެފައި ވަނީ މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ސިންތެޓިކް ޓްރެކްގެ މަސައްކަތާއި ކުރިޔަށް ގެންދިއުމާއި މެދުމެދު ޓެންޑާ ބޯޑުން އަދި ވަކިގޮތެއް ނިންމާފައި ނުވާކަމަށާއި މިއަހަރު އަލަށް ޕްރޮޖެކްޓެއް ފެށުން ވަރަށް ދުރުކަމަށެވެ. އަދި މިއަހަރު ފުޓުުބޯލަ ދަނޑުގެ މަސައްކަތް ކުރިޔަށް ދާނެ ކަަމަށެވެ.

މަހުލޫފުގެ ޖަވާބުގައި މާނަ ކުރައްވަނީ މިހާރު ކުރިޔަށްދާ ހޯދަޑު ޓާފު ދަނޑާއި ދޫނޑިގަމު ޓާފު ދަނޑު ކަމަށް ބެލެވެއެވެ. މިއާއެކު ބެލެވެނީ މިއހަރު ތެރޭގައި ފުވައްމުލަކު ސްޓޭޑިއަމްގައި ސިންތެޓިކް ޓްރެކް އެލުމުގެ ފުރުސަތު ކުޑަކަމަށާއި ފުވައްމުލަކު އިންޑޯ ސްޕޯޓްސް ކޮންޕްލެކްސްގެ މަސައްކަތް ވެސް މއިަހަރު ފެށުން ދުރު ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ދައުލަތުގެ އާމްދަނީ ވަރަށް ބޮޑުތަން މިއަހަރު ދަށް ވުމުގެ ސަބަބުން މިހާރު ނުފަށާހުރި ޕްރޮޖެޓްތައް ފެށުމުގެ ފުރުސަތު ވަރަށް ކުޑައެވެ.

ފުވައްމުލަކުގެ ތަރައްގީއަށް މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ބައެއް ކަންތައްތައް:

ފުވައްމުލަކުގެ ހޮސްޕިޓަލް ރައީސުލް ޖުމްހޫރިއްޔާގެ ވައުދާއި އެއްގޮތަށް ތަރައްގީ ކުރުން.

ހޯދަޑު އާއި ދޫޑިގަން އަވަށުގެ ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުން.

ފުވައްމުލަކު މައިލޯ ސްޓޭޑިއަމްގައި ސިންތެޓިކް ދުވާ ޓުރެކެއް އެޅުން.

ފުވައްމުލަކުގައި އިންޑޯ ސްޕޯޓްސް ކޮންޕްލެކުސް އެއް ގާއިމުކުރަން ފެށުން.

ފުވައްމުލަކުގައި އައި.ސީ.ޓީ ކެމްޕަސްއެއް ގާއިމުކުރުން.

ފުވައްމުލަކު ސެންޓްރަލް ފެރީ ޓާމިނަލް އެޅުން.

ފުވައްމުލަކު ބަނދަރު އަޕްގްރޭޑް ކުރުން.

ފުވައްމުލަކު ބަނދަރުގައި މިސްކިތެއް އެޅުން.

ފުވައްމުލަކު މަސްޖިދުލް ހުދާ އިމާރާތް ކުރުން.

ފުވައްމުލަކު ގުރުއާނާ ބެހޭ މަރުކަޒު ތަރައްގީ ކުރުން.

ފުވައްމުލަކު ފްލެޓް ސަރަހައްދު ލޭންޑް ސްކޭޕުކުރުން.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !