A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ސްޓޭޑިއަމުގެ މަސައްކަތް މިއަހަރުތެރޭ ފެށޭނެ – ކުޅިވަރާ ބެހޭ ވަޒީރު

މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ފުވައްމުލަކު ސްޓޭޑިއަމުގެ މަސައްކަތް  މިއަހަރުތެރޭ ފެށޭނެކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ. ރާފިއު މިހެން ވިދާޅުވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ފުވައްމުލަކު ސްޓޭޑިއަމުގެ މަސައްކަތް 2024 ވަނައަހަރުގެ ބަޖެޓުގައި ހިމެނިފައިވީ ނަމަވެސް އެމަސައްކަތް ކުރިއަށް ނުދާތީ އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓާ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު ވިދާޅުވީ އެމަސައްކަތް ލަސްވެގެން ގޮސްފައިވަނީ އެމަސައްކަތަކީ އިތުރު އެހެން ޕްރޮޖެކްޓްތަކަކާއި ގުޅިފައިވާ މަސައްކަތްތަކަކަށްވާތީވެ ހުރިހާ މަސައްކަތެއް އެއްފަހަރާ ނުފެށޭތީވެ އެމަސައްކަތް ކުރިއަށް ގެންދާ އިންޑިއާގެ އެލްއޯސީގެ ފަރާތުން އެމަސައްކަތް މަޑުޖައްސާލާފައިވާކަމަށެވެ. ނަމަވެސް، އެފަރާތާއި ވާހަކަދައްކާ އެމަސައްކަތް މިހާރު ބައިބައި ކުރެވިފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފުވައްމުލަކު ސްޓޭޑިއަމުގެ މަސައްކަތުގެ ތެރޭގައި ސިންތެޓިކް ޓްރެކެއް އެޅުމާއި، ގްރާސް ފީލްޑާއި ދަނޑުގެ މަސައްކަތުގެ އިތުރުން ސްޓޭޑިއަމުގެ ސިޓިން އޭރިއާ އާއި ޗޭންޖިން ރޫމާއި ރޮސްޓްރަމް އެޅުމުގެ މަސައްކަތް ހިމެނެއެވެ. މިމަސައްކަތުގެ ތެރެއިން ސިންތެޓިކް ޓްރެކެއް އެޅުމާއި، ގްރާސް ފީލްޑާއި ދަނޑުގެ މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ އެލްއޯސީގެ ދަށުންނެެވެ. އަދި ސްޓޭޑިއަމުގެ ސިޓިން އޭރިއާ އާއި ޗޭންޖިން ރޫމާއި ރޮސްޓްރަމް އެޅުމުގެ މަސައްކަތްކުރިއަށް ގެންދަނީ ސަރުކާރުގެ ބަޖެޓުންނެވެ.

+1
1
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !