ފުވައްމުލައް ސިޓީގެ ސްކޫލްތައް މާދަމާ އަލުން ހުޅުވަން ތައްޔާރުވެއްޖެ

ޏ.އޭއީސީން މާދަމާ ސްކޫލް އަލުން ހުޅުވަން ތައްޔާރުވަނީ. ފޮޓޯ: ޏ.އޭއީސީ
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީގެ ސްކޫލްތައް މާދަމާ، 1 ޖުލައި 2020 ވާ ބުދަ ދުވަހު އަލުން ހުޅުވުމަށް ތައްޔާރުވެއްޖެއެވެ. މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުވައްމުލައް ސިޓީގެ ހުރިހާ ސްކޫލަކުން ވެސް ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

ފުވައްމުލައް ސިޓީގެ ސްކޫލުތަކުގެ ހުރިހާ ގްރޭޑެއްގެ ވެސް ކިޔެވުން މާދަމާ ފެށޭނެއެވެ. ދަރިވަރުން މާދަމާ ސްކޫލަށް ހާޒިރުވި ކަމުގައިވިޔަސް މުދައްރިސުން ވަނީ ސްކޫލް ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން މި ޖޫން މަހު 28 އިން ފެށިގެން ސްކޫލްތަކަށް ނުކުމު ތައްޔާރުކުމުގެ މަސައްކަތްތައް ކުރަން ފަށާފައެވެ.

އެމްޖޭއެސްގެ ޓީޗަރުން އައު އާމުހާލަތަށް ތައްޔާރުވެގެން. ފޮޓޯ: އެމްޖޭއެސް

މިރޭ ފުވައްމުލަކުގެ ގިނަ ސްކޫލްތަކުން ބެލެނިވެރިންނާއެކު އޮންލައިން މީޓިން ބޭއްވުމަށް ރޭވިފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ. އައު-އާއްމު ހާލަތަށް ތައްޔާރުވުމުގެ ޑްރިލްސްތަކެއް ވެސް ބައެއް ސްކޫލްތަކުން ކުރިޔަށް ގެންގޮސްފައި ވެއެވެ. އަލަށް ސްކޫލްތައް ހުޅުވުމުން ބެލެނިވެރިންނަށް ސްކޫލް ތެރެއަށް ވަދެވޭ މިންވަރުވެސް ވަނީ މަދުކުރެވިފައެވެ. އަދި ސްކޫލްތަކުން އަންނަނީ ބެލެނިވެރިން އަމަލުކުރަންވީ ގޮތުގެ އިރުޝާދުތައް އެކި ވަސީލަތްތައް ބޭނުންކޮށްގެން ދެމުންނެވެ.

ހޭޒް އިން ކޮވިޑް-19އަށް ތައްޔާރުވުމުގެ ގޮތުން ކުރިން ދަރިވަރުންނަށް ކުރިޔަށް ގެންދިޔަ ޓްރެއިން ސެޝަނެއްގެ ތެރެއިން

ދަރިވަރުން ސްކޫލަށް އަންނައިރު މާސްކެއް އަޅައިގެން އައުމާއި، އިތުރު މާސްކެއް ގެނައުމަށާއި، ހެނދުނުގެ ނާސްތާ ކޮށްގެން އައުމަށާއި އިންޓަވަލަށް ލުއި ބުއިމެއް ގެނައުމަށް އިރުޝާދު ދީފައި ވެއެވެ. ސެޝަން ފެށުމުގެ ކުރިން ދަރިވަރުން އަތްދޮވުމާއި ޓެމްޕަރޭޗާ ބެލުން އޮންނާނެ ކަމަށެވެ. ބެލެނިވެރިންނަށް ވެސް ސްކޫލް ތެރެއަށް ވަދެވެނީ މާސްކް އަޅައިގެން ކަމަށާއި ސެޝަން ފެށޭ ގަޑިއަށާއި ނިމޭ ގަޑިއަށް ދަރިވަރުން ބަލާ އަލުމަށް ސަމާލުވުމަށް އިރުޝާދު ދީފައި ވެއެވެ.

އެފްއެސްގެ ދަރިވަރުން ގޭގައި ޓެލެކިލާހުގައި ބައިވެރިވަނީ

ހަތަރު މަހެއްހާ ދުވަހަށް ފަހުން ސްކޫލްތައް އަލުން ހުޅުވޭއިރު ކުރިޔާއި ވަރަށް ބޮޑުތަން ތަފާތުވާނެ ކަމަށް ވެއެވެ. އައު އާއްމު ހާލަތުގައި ސްކޫލްތަކުގައި ވެސް އުޅެން ޖެހެނީ ގައިދުރުކޮށެވެ. ކްލާސްތަކުގައި ގޮނޑި، މޭޒުތައް ހުންނާނީ ދުރުދުރުގައި ތިބޭގޮތަށް ފާހަގަ ކޮށް، އަތުރާފައެވެ. ސްކޫލްގެ ކަންތައްތައް ތަރުތީބުވެގެން ދާނީ، ކުރިން ސްކޫލުގައި އުޅުނު ގޮތަށް ކައިރިކައިރީގައި އުޅޭ ގޮތަކަށް ނޫނެވެ. ސްކޫލްތަކަކީ ބައިބޯ ތަންތަނަށް ވާތީ ގައިދުރުކަމަށް ސަމާލުކަން ދޭގެންނެވެ.

މުދައްރިސުންނާއި ދަރިވަރުން ވެސް ސްކޫލަށް އަންނާނީ މާސްކް ވެސް އަޅައިގެންނެވެ. ސްކޫލުގައި ދުރުދުރުގައި ތިބޭގޮތަށް ފާހަގަ ޖަހާފައި ހުރުމާއި، ސްކޫލްތެރޭގައި އަތް ދޮންނަގޮތަށް ހަމަޖެހިފައި ވުމުގެ އިތުރުން ދަރިވަރުންނާއި މުވައްޒަފުންގެ ޓެމްޕަރޭޗާ ބެލުން ކޮންމެ ދުވަހަކު އޮތުމުން، ދަރިވަރުންނަށް ނިއު-ނޯމަލްގެ ސްކޫލް ފެނިގެންދާނީ ވަރަށް ތަފާތުކޮށެވެ.

އެމްޖޭއެސްގެ ޓީޗަރުން އައު އާމުހާލަތަށް ތައްޔާރު ވުމަށް ބޭއްވި ސެޝަން ފޮޓޯ: އެމްޖޭއެސް

ފުވައްމުލައް ސިޓީގެ ސަރުކާރުގެ ސްކޫލްތަކުގެ ދަރިވަރުން ކިޔެވުމަށް ހާޒިރުވާން ޖެހެނީ ދެ ދުވަހުން އެއްދުވަހު ނުވަތަ ހަފުތާއަކު ދެ ދުވަހެވެ. އަނެއް 3 ދުވަހު ދަރިވަރުން ކިޔަވާނީ އޮންލައިންކޮށް ގޭގައި ތިބެގެންނެވެ. މިހެން ހަދަން ޖެހެނީ ކުރީގައި އެއްކްލާހެއްގެ ގޮތުގައި ހުރި ކްލާސްތައް ދެބަޔަށް ނުވަތަ 3 ބަޔަކަށް ބަހާލަން ޖެހުމުން ސްކޫލުގެ ޖާގައި އެވަރަށް ނުހުންނާތީ ކަމަށް ވެއެވެ.

ފާއިތުވި 4 ވަރަކަށް މަހުގެ ތެރެގައި ވެސް އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލްތައް ގުޅިގެން ދަރިަވރުންނަށް ޓެލެކިލާސްތަކާއި އޮންލައިން ކްލާސްތައް ކުރިޔަށް ގެނެގޮސްފައި ވެއެވެ.

ފުވައްމުލަކުއް ސިޓީ އެމްޖޭއެސް ގެ ދަރިވަރަކު ޓެލެކިލާހުގައި. ފޮޓޯ؛އެމްޖޭއެސް

މީގެ އިތުރުން ވެސް ފުވައްމުލަކުގައި ޕްރައިމަރީ ދެ ސްކޫލެއް ހިންގައެވެ. އެއީ އައްމިލަ ދެސްކޫލް ކަމަށްވާ އައިޑިއަލް ސްކޫލާއި ބިލަބޮން ކެންގަރޫ ކިޑްސް އެވެ. ނަމަވެސް މި ދެ ސްކޫލުގެ މައުލޫމާތު އާއްމުކޮށް ލިބޭކަށް ނެތެވެ.

ކވިޑް-19ގެ މޮނިޓަރިން ޙާލަތުގައި ނެތް ރަށްރަށުގެ ހުރިހާ ގްރޭޑެއްގެ ވެސް ކިޔުވުން މާދަމާ ފެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ކޮވިޑް-19ގެ މޮނިޓަރިންގައި ނުވަތަ ކޮމިއުނީޓީ ސްޕްރެޑް އޮތް ރަށްރަށުގައި ކިޔެވުން މަދަމާ ފަށާނީ ހަމައެކަނި ގްރޭޑް 9-12 އަށް ކަމަށް ވެއެވެ.

ހޭޒްގެ ސެޝަންގެ ގަޑިތައް

ހެނދުނު 8:00 އިން 11:45ށް ގްރޭޑް 5، 6، 7، 8، 9 އަދި 10 ގެ ދަރިވަރުން

ހެނދުނު 9:00 އިން ރެއިންބޯ ޔުނިތްގެ ދަރިވަރުން

މެންދުުރު ފަސް 13:00 އިން 16:45ށް ގްރޭޑް 1، 2، 3، އަދި 4 ގެ ދަރިވަރުން

ޏ.އޭއީސީން މާދަމާ ސްކޫލް އަލުން ހުޅުވަން ތައްޔާރުވަނީ. ފޮޓޯ: ޏ.އޭއީސީ

އެފްއެސްގެ ސެޝަންތައް

ގޭޓް 1: މުވައްޒަފުންނާއި ގްރޭޑް 2، 3، 4 އަދި 6 ގެ ދަރިވަރުން

ގޭޓް 2: ކޮކާ ދަރިވަރުންނާއި ގްރޭޑް 8، އަދި 10 ގެ ދަރިވަރުން

ގޭޓް 3: ގްރޭޑް 1، 5، 7، އަދި 9 ގެ ދަރިވަރުން

ހެނދުނު ސެޝަން: 6:55 އިން 10:55 އަށް

މެންދުރު ފަހު ސެޝަން: 13:00 އިން 17:00 އަށް

އެމްޖޭއެސްގެ ޓީޗަރުން އައު އާމުހާލަތަށް ތައްޔާރު ވުމަށް ބޭއްވި ސެޝަންގެ ތެރެއިން ފޮޓޯ: އެމްޖޭއެސް

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments