A wide advertisement which will be shown on all devices. (700 x 100)

ކަށީގެ ޑޮކްޓަރަކާއި ކިޑްނީގެ ޚާއްސަ ޑޮކްޓަރެއްގެ ޚިދުމަތް ފުވައްމުލަކު ހޮސްޕިޓަލުން

ކަށީގެ ޚާއްސަ ޑޮކްޓާ މުންޝިދު އަދި ކިޑްނީގެ ޚާއްސަ ޑޮކްޓާ ތާރިގު

މި ޖުލައި މަހު 12-14 އަށް ފުވައްމުލަކު ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާ ސްޕެޝަލިސްޓް ދެ ޑޮކްޓަރުންގެ ޚިދުމަތް ދިނުމުގެ އިންތިޒާމު ފުަވއްމުލަކު ހޮސްޕިޓަލުން ހަމަޖައްސައިފިއެވެ. އެގޮތުން މިފަހަރު ޚިދުމަތް ދިނުމަށް ޒިޔާރަތް ކުރައްވަނީ ކަށީގެ ޚާއްސަ ޑޮކްޓަރަަކާއި ކިޑްނީ ބަލީގެ ޚާއްސަ ޑޮކްޓަރެއް ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވައެވެ.

މިފަހަރު ފުވައްމުލަކު ހޮސްޕިޓަލަށް ޒަިޔާރަތް ކުރައްވަނީ އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކަށީގެ ޚާއްޞަ ޑޮކްޓަރު، ޑރ. މުޙައްމަދު މުންޝިދު އާއި ކިޑްނީގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރެއް ކަމުގައިވާ ޑރ. ތާރިޤް އަބްދުއް ރަހުމާނު އެވެ. ވުމާއެކު ކަށީގެ ބަލިތަކާއި ޑައެލިސިސްގެ ފަރުވާ ހޯއްދަވާ ބޭފުޅުންނާއި ކިޑްނީގެ އެކިއެކި މައްސަލަތައް ހުރި ބޭފުޅުންނަށް މިއީ ރަނގަޅު ފުރުސަތެއް ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖައު އަހުމަދު ސައީދު ވިދާޅުވެއެވެ. އަދި މިފުސަތުގެ ބޭނުން ހިފުމަށް އެދިވަޑައިގަތެވެ.

މި ދެ ޑޮކްޓަރުންނަށް ދެއްކެވުމަށް ބޭނުންފުޅުވާ ފަރަތްތަކުން ފުވައްމުލަކު ހޮސްޕިޓަލުގައި ނަން ނޯޓް ކުރެއްވުމުގެ ފުރުސަތު އިއްޔެ، 2 ޖުލައި 2020ވަނަ ދުވަހުގެ މެންދުރުފަހު 2:00 އިން ފެށިގެން ވަނީ ހުޅުވާލާފައެވެ. ކޮންމެ ޑޮކޓަރަކަށް ވެސް ދުވާލަކަށް ދޫކުރާނީ 20 އެޕޮއިންޓްމެންޓު ކަމަށްވުމުން، 3 ދުވަހަށް 60 ފަރާތަށް އެޕޮއިންޓްމެންޓް ދެވޭގޮތަށް ނަން ނޯޓްކުރުން ކުރިޔަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. ވުމާއެކު ފުރުސަތު ލިބޭނީ އެންމެ ކުރިން ނަންނޯޓްކުރާއްވާ 60 މީހުންނަށް ކަމަށް ވެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގައި ޑޮކްޓަރުން ބަލިމީހުން ބައްލަވަނީ

ފައިތުވި 2019 ވަނަ އަހަރުން ފެށިގެން ފުވައްމުލަކު ހޮސްޕިޓަލުން އަންނަނީ އެހޮސްޕިޓަލުން ޚިދުމަތް ލިބެން ނެތް ދާއިރާތަކުގެ ސްޕެޝަލިސްޓް ޑޮކްޓަރުން ދޭތެރެދޭތެރެއިން ގެނެސް، ބަލިމީހުން ބެލުމާއި ފަރުވާ ދިނުމުގެ ޚިދުމަތް ދެމުންނެވެ.

މިގޮތަށް ޑޮކްޓަރުން ގެނެސްގެން ޚިދުމަތް ދިނުމުގައި ގިނަ ގޮންޖެހުންތަކެއް ތަޖުރިބާ ކުރަންޖެހިފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖރުު އަހުމަދު ސައީދު ހާމަކުރައްވައެވެ. އެގޮތުން ރަށުގެ ރައްޔިތުން ބޮޑަށް ބޭނުންވާ ޑޮކްޓަރުން ލިބުމުގެ ހުރި ދަތިކަމާއި، ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ހުރިގޮތުން ޒިޔާރަތްކުރައްވާ ޑޮކްޓަރުންނަށް އޯޕީޑީ ނެތުމަކީ އެއްމެ ބޮޑަށް ދަތިވެފައިވާ ކަންކަކން ކަމަށް މެނޭޖަރު ހާމަކުރެއްވިއެވެ.

ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ރަނގަޅުވާ ކަމަށް ލަފާކުރެވޭތީ ސަރުކާރުން ދެއްވަން ފެއްޓެވި ލުއިތަކާއެކު އައު ހިތްވަރާކާއެކު މި މަސައްކަތް ފަށާގަތުމަށް ހޮސްޕިޓަލުގެ މެނޭޖްމެންޓުން ނިންމާފައި ވާކަމަށެވެ. އެގޮތުްނ މިފަހަރު އަލުން ފަށައިމިގަންނަނީ ވެސް ވަރަށް ޚާއްސަ ފަރާތަކާއެކުގައި ކަމަށް ވިދާޅުވެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖާ އަހުމަދު ސައީދު – ކޮވިދް-19 އިމަޖެންސީ އޮޕްރޭޗަން ސެންޓަރުގައި

އެގޮތުން ފުރަތަމަ ވަޑައިގަންނަވާ ސްޕެޝަލިސްޓް ޑޮކްޓަރަކީ ފުވައްމުލަކަށް ނިސްބަތްވާ ކަށީގެ ޚާއްސަ ޑޮކްޓަރު، ޑރ. މުޙައްމަދު މުންޝިދު އެވެ. މުންޝިދުއަކީ އަދި މާލެއިން ބޭރުގައި ހެދުނު ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް، ‘އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް’ގެ  މެޑިކަލް ޑިރެކްޓަރެވެ. ‘އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އަކީ ގިނަގޮތް ގޮތުން ފުވައްމުލަކާއި އައްޑުއަށް ޚައްޞަ ތަނަކަށް ވުމުން، އެ ހޮސްޕިޓަލާއެކު މަސައްކަތް ފަށައިގަނެވޭ ފުރަތަމަ ފަހަރަކީ މިއީ ކަމަށް އަހުމަދު ސައީދު ވިދާޅުވިއެވެ. ވުމާއެކު މިއީ އަޅުގަނޑުމެންނަށް ވެސް ލިބޭ ޚާއްޞަ އުފަލެއް ކަމަށެވެ.

މީގެ ކުރިން މުޅިން ހެން އައްޑު ސިޓީން ވިޒިޓިން ޑޮކްޓަރުންގެ ގޮތުގައި ގެނެސްފައިވަނީ ނަފްސާނީ ކަންކަމުގެ ޑޮކްޓަރުންނަށް ވެފައިވާތީ ބައެއް އާއްމުންގެ ފާޑުކިޔުން އަމާޒުވެފައި ވަނީ ރައްޔިތުން ބޭނުންވާ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުން ނުގެނެވޭތީއެވެ. ހޮސްޕިޓަލުގެ މެނޭޖަރު ވަނީ އެކަމަށް މަސައްކަތް ކުރައްވާ ކަމާއި އެކަމުގައި ހުރި ގޮންޖެހުންތައް ހާމަކޮށްދެއްވާފައެވެ. އަދި މިފަހަރު މިގެނެވޭ ދެ ޑޮކްޓަރުންނަކީ ގިނަބަޔަކު އެދިއެދި ތިބި ޑޮކްޓަރުންކަމުގައި ވާނެއެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ވެއިޓިން އޭރިއާ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !