A wide advertisement which will be shown on all devices. (700 x 100)

ހޯމް ކަރަންޓީނު 2 ވަނަ ގްރޫޕު ސާމްޕަލް ނަގައި ޓެސްޓް ކުރި 91 މީހުން ނައްސިވެއްޖެ

ހޯމްކަރަންޓީން ނިންމި މީހުންގެ ސާމްޕަލް ނަގަނީ

ފުވައްމުލައް ސިޓީގެ ހޯމް ކަރަންޓީން 2 ވަނަ ގުރޫޕުގެ މުއްދަތު ހަމަވެގެން ސާމްޕަލް ނަގައި ޓެސްޓް ކުރި 91 މީހުން ކޮވިޑް-19 އަށް ނައްސިވެފަައިވާ ކަމަށް ފުވައްމުލައް ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ.

ޓެސްޓް ނަތީޖާ ނެގަޓިވް ވުމުން މި އެންމެން ކަރަންޓީނުން ދޫކުރެވޭނީ އެކަމުގެ ލިޔުން ހަވާލު ކުރެވުމުންނެވެ. މިމީހުންގެ ސާމްޕަލް ނަގާފައިވަނީ މި ޖުލައި މަހު 3 ވަނަ ދުވަހުއެވެ. ނަމަވެސް ޖުލައި 4 ވަނަ ދުވަހު ސާމްޕަލް ނެގި 41 މީހުންގެ ނަތީޖާ  އަދި ނުލިބެއެވެ. ޖުލައި 4 ގައި ސާމްޕަލް ނެގި ބައެއް މީހުންގެ ސާމްޕަލް އަލުން ނަގަން ޖެހިފައިވާ ކަމަށް ވެއެވެ. މިއެންމެންގެ ސާމްޕަލްތައް ވެސް ޓެސްޓް ކުރަނީ މާލެއިން ކަމަށް މައުލޫމާތު ލިބެއެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް ޚާއްސަ ކުރެވިގެން އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ވަނީ ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ޓެސްޓު ކުރަން ވެސް ވަނީ ފަށާފައެވެ. ނަމަވެސް ފުވައްމުލައް ސިޓީން ނަގާ ސާމްޕަލްތައް އައްޑޫ ސިޓީގައި ޓެސްޓް ކުރެވޭނެ ގޮތެއް ނުވެއެވެ.

މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ ސިޓީގައި ގާއިމުކުރެވިފައިވާ ކޮވިޑް-19 ޓެސްޓިން ފެސިލިޓީތަކުން ޓެސްޓް ކުރެވޭވަރު ވަނީ ހަމައެކަނި އައްޑޫ ސިޓީއިން ނަގާ ސާމްޕަލްތަކެވެ. ފުވައްމުލައް ސިޓީގެ ސާމްޕަލް ތަކަށް އެހޮސްޕިޓަލުގެ ލެބުން ޖާގައެއް ނުލިބުމުގެ ކަންބޮޑުވުން ފުވައްމުލަކު ރައްޔިތުން ހިއްސާކުރެއެވެ.

ހޯމް ކަރަންޓީން ނިންމި މީހުންގެ ސާމްޕަލް ނަގާ ފުވައްމުލަކު ހޮސްޕިޓަލުގެ ޓީމު

ކޮންމެ ފަހަރަކު ސާމްޕަލް ނަގާފައި ކަނޑުމަގުން އައްޑޫ ސިޓީއަށް ފޮނުވައި އަދި އައްޑޫއިން މާލެ ފޮނުވައި ޓެސްޓްގެ ނަތީޖާ ލިބުން ލަސްވެ ކަރަންޓީނުގައި އިތުރު 4-5 ދުވަސް ވެގެން ދާތީ ފުވައްމުލައް ސިޓީގެ މީހުންގެ ކަންބޮޑުވުން ފާޅުކުރެއެވެ.

އަލަށް ޓެސްޓް ހެދުމަށް ކަނޑައެޅި 6 ރަށުގެ ތެރޭގައި ވެސް ފުވައްމުލައް ސިޓީ ނުހިމެނެއެވެ. އެކަމުގެ ޝަކުވާއަކަށް ލިބުނު ޖަވާބަކީ އައްޑު ސިޓީ ކައިރީގައި އޮވެ އެތަނުން ޓެސްޓް ކުރެވޭތީ ކަމަށެވެ.

އައްޑޫ ސިޓީ ކައިރީގައި އޮތުމަކީ މިރީޖަންގެ ހުރިހާ ޚިދުމަތެއް އައްޑޫ ސިޓީއަށް އެކަނި ޖަމާކޮށްގެން ލާމަރުކަޒު ކުރުން ތޯ ފުވައްމުލަކުގެ ޒުވާނަކު މިކަލް ނޫހާއި ސުވާލުކުރިއެވެ.

ހޯމް ކަރަންޓީނުގެ ނޯޓިސް ކޮންމެ ގެއަކުވެސް ހަރުކުރެވިފައި ހުންނަން ޖެހޭ.

ހޯމް ކަރަންޓީނު ފޯމުގައި މުއްދަތަކީ 14 ދުވަސް ކަމަކަށް އޮތަސް ފުވައްމުލަކުގެ ރައްޔިތުން ގަބޫލުކުރަނީ އެމީހުންގެ ކަރަންޓީނުގެ މުއްދަތަކީ 18 ދުވަސް ކަމަށެވެ. ޕީސީއާރު، ސްވޮބް ޓެސްޓު ސާމްޕަލް ނަގަނީ ވެސް 16 ވަނަ ދުވަހުކަމަށެވެ.

މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި އަލަށް މާލެއިން ރަށަރަށަށް ދަތުރުކުރާ މީހުންގެ ޓޭސްޓް ހަދައި ނަތީޖާ ނެގަޓިވް ވުމުން ރަށަށް ފޮނުވާގޮތަށް މިހާރުވަނީ ހަމަޖެހިފައެވެ. އެގޮތުން ފޮނުވާ މީހުން ކަނރަންޓީނު ނުކުރާނެ ކަމަށް ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !