A wide advertisement which will be shown on all devices. (700 x 100)

ކޮރޯނާ ރޯގާ: ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ އަދަދު މައްޗަށް

މާލެ ސަރަހައްދު ގިނަ ދުވަސްތަކަކަށް ލޮކްޑައޮން ކުރުމަށްފަހު އަލުން ހުޅުވާލުމާއިއެކު ރާއްޖެއިން ކޮރޯނާ ރޯގާއަށް ޕޮޒިޓިވުވާ ދިވެހިން އިތުރުވާން ފަށައިފިއެވެ. ފާއިތުވީ ދެތިން ދުވަހަކީ މިހާތަނަށް އެންމެގިނަ ދިވެހިން މިރޯގާ އަށް ޕޮޒިޓިވު ދުވަސްތަކެވެ. އެގޮތުން، އިއްޔެ )ހޮނިހިރު ދުވަހު( ކޮވިޑް-19 އަށް ފައްސިވި 47 މީހުންގެ ތެރެއިން 43 މީހުންނަކީ ދިވެހިންނެވެ. އަދި ހުކުރު ދުވަހު ކޮވިޑް-19 އަށް ފައްސިވި 64 މީހުންގެ ތެރެއިން 44 މީހުންނަކީ ދިވެހިންނެވެ. މީގެ އިތުރުން، ބުރާސްފަތި ދުވަހު ކޮވިޑް-19 އަށް ފައްސިވި 36 މީހުންގެ ތެރެއިން 33 މީހުންނަކީ ދިވެހިންނެވެ.

ދިވެހިން ޕޮޒިޓިވުވާ އަދަދު އިތުރުވަމުންދާއިރު ކަންބޮޑުވާ އަނެއް ސަބަބަކީ މިރޯގާ ޖެހިގެން އެޑްމިޓް ކުރަންޖެހޭ ބަލިމީހުންގެ އަދަދު އިތުރުވުމެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކުރާ މީހުންގެ އަދަދު ވެސް އިތުރު ވާން ފަށައިފިކަމަށާއި މިދިޔަ މަހު %4 މީހުން އެޑްމިޓް ކުރަން ޖެހުނު ނަމަވެސް މިހާރު އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު %15 އަށް އަރައިފިކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް ޓެގު ޓީމުގެ ޑރ އަލީ ލަތީފު ރޭގެ ޕްރެސް ކޮންފަރެންސްގައި ވިދާޅުވިއެވެ. ޑރ.އަލީ ލަތީފް އިތުރަށް ވިދާޅުވީ ގިނައިން މަގުމަތީގައި އުޅޭނަމަ ގެތަކުގައި ބަލި ފެތުރިގެންދާނެކަމަށާއި އެގޮތަށް ދިމާވާނަމަ ނޭނގި ނަމަވެސް ގޭގަތިބޭ އުމުރުން ދުވަސްވީ މީހުންނާއި، ބަލި މީހުންނާއި ކުޑަކުދިންނަށް ބަލި ޖެހުމުގެ ފުރުޞަތު ބޮޑުކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބަލިން ރަނގަޅުނުވެ ތިބީ 378 މީހުންތިބިއިރު 19 މީހަކުވަނީ ހޮސްޕިޓަލުގައި އެނދުމަތިކުރެވިފައެވެ. އަދި މިރޯގާގައި ރާއްޖެއިން ނިޔާވެފައިވަނީ 13 މީހެކެވެ. މުޅި ރާއްޖެއިން މިރޯގާއަށް ޕޮޒިޓިވު ވެފައިވަނީ 2,664 މީހުންނެވެ.

މުޅި ދުނިޔެއަށް ބަލާލާއިރު މިރޯގާ 12.8 މިލިއަން މީހުންނަށް ޖެހިފާވާއިރު މިރޯގާގައި ނިޔާވެފައިވަނީ 567 ހާސް މީހުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !