A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް ހާލަތު: އިއްޔެ 21 މީހަކު ކޮވިޑަށް ޕޮޒިޓިވުވި

ފުވައްމުލަކު ސިޓީގައި އަނެއްކާވެސް ކޮވިޑް ރޯގާ ފެެތުރޭ ރޭޓް އިތުރުވެފައިވާއިރު އެންމެ ފަހުން ނަތީޖާ އާއްމުކޮށްފައިވާ، މިއޮގަސްޓް މަހު 15 ވަނަ ދުވަހު ފުވައްމުލަކު ސިޓީއިން އެރޯގާއަށް 21 މީހަކު ޕޮޒިޓިވުވެފައި ވެއެވެ. އެދުވަހު  ލިބިފައިވަނީ 143 ސާމްޕަލެއްގެ ނަތީޖާއެވެ. އެހެންކަމުން އިއްޔެ ކޮރޯނާ ރޯގާއަށް ޕޮޒިޓިވުވި ނިސްބަތަކީ 14.7 އިންސައްތައެވެ. މިއީ މިމަހު 8 ވަނަ ދުވަހުގެ ފަހުން އެންމެ ގިނަ އަދަދަކަށް މިރޯގާއަށް މިރަށުން މީހުން ޕޮޒިޓިވުވި ދުވަހެވެ.

މިމަހު 15 ވީ އާދިއްތަ ދުވަހުގެ ހަވީރު 5 ގެ ޖެހުމާއި ހަމައަށް ފުވައްމުލަކު ސިޓީގައި ކޮރޯނާ ރޯގާޖެހިފައި ތިބީ 135 މީހަކަށެވެ. އެއީ 133 ދިވެހިންނާއި 2 ބިދޭސީއެކެވެ. މިހާތަނަށް މިރޯގާ އަށް ޕޮޒިޓިވުވި މީހުންގެ އަދަދު މިވަނީ 1023 އަށް އަރާފައެވެ. މިރޯގާގައި މިހާތަނަށް ފުވައްމުލަކު ސިޓީއިން ނިޔާވެފައިވަނީ އެންމެ މީހެކެވެ.

މުޅި ރާއްޖެއަށް ބަލާއިރު އިއްޔެ މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 152 މީހެކެވެ. އެއީ މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ އެހެން ރަށްތަކުން 83 މީހަކާއި މާލެ ސަރަހައްދުން ޕޮޒިޓިވްވި 29 މީހުންންނާއި ރިސޯޓްތަކުން  ޕޮޒިޓިވުވި40 މީހަކެވެ.

ރާއްޖޭގެ ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު އުޅެނީ 1،682 ގައެވެ. މިވަގުތު ހޮސްޕިޓަލްތަކުގައި 17 މީހަކަށް ފަރުވާދެމުންދެއެވެ. މިހާތަކަށް ރާއްޖެއިން 222 މީހަކު މިބަލީގައި ދުނިޔެ ދޫކޮށްފައިވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !