ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއު ރޭވިފައިވާ ގޮތް ނާއިބު ރައީސް އޮޅުންފިލުވައިފި

Share on facebook
Share on twitter
Share on google

ފުވައްމުލަކުގެ މަގު ހެދުމުގެ މަޝްރޫއާއި ހަވާލުވެފައިވާ އެމްޓީސީސީއިން އެމަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ނާއިބު ރައީސް ފައިސަލް ނަސީމު އޮޅުންފިލުވައިފިއެވެ. އެމްޓީސީސީގެ ހެޑް އޮފީހުގައި ބޭއްވުނު މިބައްދަލުވުމުގައި ނާއިބު ރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެންބަރުންނާއި ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމާއި ހަނިމާދޫ ދާއިރާގެ މެންބަރުގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެކުންުފުނީގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގަތެވެ.

މިބައްދަލުވުގައި އެމްޓީސީސީއާއި ހަވާލުކުރެވިފައިވާ ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތުގެ އިތުރުން ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ މައުލޫމާތުވެސް ވަނީ ހިއްސާކޮށްފައެވެ. އެމްޓީސީސީގެ މަޝްރޫއުތައް ހިންގަނީ ފެންވަރު ރަނގަޅުކޮށް، ބާރު ސްޕީޑުގައި ކަމުގެ ޔަގީންކަން ވެސް ނައިބު ރައީސަށް  ދެއްވި ކަމަށް އެމްޓީސީސީން ބުނެ އެވެ.

ހަނިމާދޫ މަގުތައް ލެވެލް ކުރުމުގެ މަސައްކަތުގެ 50 ޕަސެންޓަށް ވުރެ ބޮޑު ބައި މިހާރު ނިމިފައިވާއިރު ފުވައްމުލަކު މަގުތަކުގެ އެކަށީގެންވާ މަސައްކަތްތަކެއް އަދިވެސް ކުރެވިފައެއްނުވެއެވެ. ނަމަވެސް، މިޖުލައި މަސް ނިމުމުގެ ކުރިން މަގުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާތަން ފެންނާނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމު މިދިޔަ ޖޫން މަގު ވަނީ ވިދާޅުވެފައެވެ. ފުވައްމުލަކު މަގުތަކުގެ މަސައްކަތާއި ގުޅޭ ގޮތުން އާދަމް އާޒިމް މިދިޔަ ޖޫން މަހު ވިދާޅުވެފައިވަނީ މަގުގެ ޕްލޭނިންގެ ގިނަ މަސައްކަތްތައް އޭރު ނިމެމުންދާ ކަމަށެވެ. އަދި މަގުގެ ބައެއް މަސައްކަތް އެމްޓީސީސީގެ ފުވައްމުލަކު ސައިޓްގައިވެސް ހިގަމުންދާ ކަަމަށެވެ. ޕްލޭން ރަގަޅުކޮށް ފެށުމުން ފުރިހަމަ މަގުތަކެއް ލިބޭނެކަމަށްވެސް އާޒިމު އޭރު ވިދާޅުވިއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments