A wide advertisement which will be shown on all devices. (700 x 100)

އަރުއްފަންނު މަގާއި ނީލޯފަރުމަގުގައި ތާރު އަޅައި ރަގަޅު ފެންވަރަކަށް ހަދަނީ

ފުވައްމުލަކު ގިނަ ރައްޔިތުންގެ ކަންބޮޑުންތަކާއި ގުޅިގެން ކުރިން ޕްލޭން ކުރެވިފައިނުވާ ދެމަގު ކަމުގައިވާ އަރުއްފަންނު މަގާއި ނީލޯފަރުމަގުގައި ތާރުއެޅުމަށް ނިންމައިފިއެވެ. މިދެ މަގުގައި ތާރު އެޅުމަށް ނިންމާ އެމަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރެވިފައިވާކަން ފުވައްމުލަކު ސިޓީ ކައުންސިލް މެންަބަރު އަބްދުﷲ ނާސިރު ވަނީ ހާމަކުރައްވާފައެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ ގިނަ ބަޔަކު ބޭނުންކަމުންދާ މިދެމަގަކީ ތާރު އެޅުމަށް ކުރިން ކަނޑައަޅާފައިވާ ދެމަގެއް ނޫނެވެ. މީގެތެރެއިން ނީލޯފަރުގެ ދިގުމަގުގައި ގާތްގަނޑަކަށް 300 މީޓަރު ހުންނައިރު އަރުއްފަންނު މަގުގައި ގާތްގަނޑަކަށް 200 ވަރަކަށް މީޓަރު ހުންނާނެއެވެ.

ފުވައްމުލަކު އެތެރޭ މަގުތައް ހެދުމުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައެއް ނިމިފައިވާ ކަމަށް މިދިޔަ ޖުލައި މަހު 11 ވަނަ ދުވަހު އެމަސައްކަތް ކުރިއަށް ގެންދާ އެމްޓީސީސީ އިން ވަނީ ބުނެފައެވެ. ފުވައްމުލަކު އެތެރޭ މަގުހެދުމުގެ 50 އިންސައްތަ ނިމިފައިވާ ކަމަށާއި އަދި ސެޓްލެމެންޓް ޓޭންކު ހަރުކުރުމުގެ މަސައްކަތުގެ 71 ޕަސެންޓާއި އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމުގެ މަސައްކަތުގެ 70 ޕަސެންޓްވެސް ނިމިފައިވާ ކަމަށް އެދުވަހު އެކުންފުނިން ހާމަކުރިއެވެ.

ފުވައްމުލަކު އެތެރޭގެ 31 މަގެއް ހެދުމުގެ މަސައްކަތް 730 ( ގާތްގަޑަކަށް 2 އަހަރު) ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ ޖުލައި 2019 ގައެެވެ. ގިނަ ދުވަސްތަކަކަށްފަހު މިދިޔަ ނޮވެމްބަރު މަހުތެރޭ އެމަސައްކަތް ބާރަށް ހިގައިގަތެވެ. މިދިޔަ ނޮވެމްބަރު މަސްތެރޭ އެމްޓީސީސީއިން ހާމަކޮށްފައިވަނީ އެމަސައްކަތް މިއަހަރު ނޮވެމްބަރު މަސްތެރޭ ނިމޭނެކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !