ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތަށް ހެދުމުގެ އަމަލީ މަސައްކަތް މަދަމާ ފެށުމަށް އެމްޓީސީސީއިން ތައްޔާރުވެއްޖެއެވެ.
މިކަލްނޫހަށް އެގިފައިވާ ގޮތުގައި، ކޮވިޑް-19 ގެ ސަބަބުން މަސައްކަތް މެދުކެނޑުމަށްފަހު، މަދަމާ އަމަލީ މަސައްކަތް މާދަމާ ފަށާއިރު، މަސައްކަތުގެ ސްޕީޑް އަވަސް ކުރުމަށް އެމްޓީސީއިން ހާއްސަ އިސްކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއް ގްރޫޕަށްވުރެ ގިނަ ގުރޫޕްތަކުން އެއްފަހަރާ މަގުހެދުމުގެ މަސައްކަތް ކުރަމުންދާނެކަމަށް މައުލޫމާތު ލިބެއެވެ.
އެތެރޭގެ މަގުހެދުމުގެ އެންމެ ފަހުގެ ތައްޔާރީތަށް ވުމަށް ފުވައްމަލައް ސިޓީ ކައުންސިލާއިއެކު، މިއަދު އެމްޓީސީސީގެ ޓީމަކުން ވަނީ ބައްދަލު ކުރައްވާފައެވެ. މީގެ އިތުރުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ޕޮއިންޓްތަކަށް މިހާރު ވަނީ އެކްސްކަވޭޓަރާއި ކޭބަލް ޖަންކްޝަން ގެންގޮސްފައެވެ.
މީގެ އިތުރުން އެމްޓީސީސީގެ ހެޑް އޮފީހުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމެއްގައި ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތަށް ހެދުމުގެ މަސައްކަތާއި ގުޅޭ މައުލޫމާތު ނާއިބު ރައީސަށް ދެއްވަމުން އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ޔަގީންކަން ދެއްވާފައި ވަނީ މަސައްކަތް ކުރިޔަށް ދާނީ ބާރު ސްޕީޑުގައި ފެންވަރު ރަނގަޅުކޮށް ކަމުގައެވެ.
ޚިޔާލުތައް
އަނެއްކާ ތިރަށުގެ ރައިތުން ނުހެދިގެން މިހާރު ނުވާނެ ކަމެއް ގެ ވާހަކަ ދޯ ތިވިދާޅު ތިޔަވަނީ