A wide advertisement which will be shown on all devices. (700 x 100)

މިއަހަރުގެ ގުރުއާނާއި ސައިންސް ފޯރަމް ނިންމާލައިފި

ގުރުއާނައި ސައިންސް ފޯރަމް 2023ގެ ނިންމުން

މި އަހަރު ބޭއްވި ގުރުއާނާއި ސައިންސް ފޯރަމް 1444 ގެ ނިންމުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.

މިއީ ފާއިތުވި 4 އަހަރު ވެސް ރަމަޟާން މަހު ފުވައްމުލައް ސިޓި ކައުންސިލާއި ރަށުގެ ސްކޫލުތައް ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މިއަހަރުގެ ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައި  ވަނީ މި މާރިޗު މަހު 26-31 އަށް ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ ކުރުނދުމާ މާލަމުގައެވެ.

ގުރުއާނައި ސައިންސް ފޯރަމް 2023ގެ ނިންމުމުގެ ރަސްމިއްޔާތުަގއި ސްކޫލްތަކަށް ހަނދާނީ ޝީލްޑް ހަވާލުކުރުން

ރޭ ބޭއްވި ރަސްމިއްޔާތުގައި ފޯރަމްގެ ބައިވެރިންނާއި ޕެނެލް މެމްބަރުންނަށް އަދި ބައިވެރިވި ސްކޫލްތަކަށް ސެޓާފިކެޓާއި ހަނދާނީ ޝީލްޑް ދީފައި ވެއެވެ.

ރޭގެ ރަސްމިއްޔަތުގައި ސްކޫލްތަކަށް ހަނދާނީ ޝިލްޑް ހަވާލުކޮށްދެއްވި މޭޔަރު އިސްމާއީލް ރަފީގެވެ. އަދި ސްކޫލުތަކުގެ ފަރާތުން ޝިލްޑާއި ހަވާލުވެ ވަޑައިގަތީ ސްކޫލްތަކުގެ ޕްރިންސިޕްލުންނެވެ. ދަރިވަރުންނަށް ސެޓްފިކެޓްތައް ބައްސަވައި ދެއްވީ ސިޓީ ކައުންސިލް މެމްބަރު އަބްދުﷲ ނާސިރާއި، ސިޓީ ކައުންސިލްގެ އިސް މުވައްޒަފުންނެވެ.

ގުރުއާނައި ސައިންސް ފޯރަމް 2023ގެ ނިންމުން- ދަރިވަރުންނާއި ޕެނެލް މެމްބަރުންނަށް ހަނދާނީ ލިޔުން ބައްސަވައި ދެއްވުން

ފުވައްމުލައް ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވް ކުރި މިވެންޓު އޮންލައިންކޮށާއި ހޯލަށް ހާޒިރުވެގެން ގިނަބަޔަކު ބަލާފައި ވެއެވެ. އެގޮތުން މިއީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމަށް ބެލުންތެރިންގެ ފަރާތުން މައުލޫމާތު ލިބެއެވެ.

އެހެން އަހަރުތަކުގައި މި ޕްރޮގްރާމު ހުށަހަޅާދީފައި ވަނީ ފުވައްމުލައް ސިޓީގައި ހިމެނޭ ސަރުކާރުގެ 4 ސްކޫލުގެ ދަރިވަރުންނެވެ. ނަމަވެސް މިއަހަރުގެ ޕްރޮގްރާމުގައި އަމިއްލަ 2 ސްކޫލް ކަމަށްވާ، އައިޑިއަލް ސްކޫލާއި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް، ފުވައްމުލައް ވެސް ބައިވެރިވެފައި ވެއެވެ.

ގުރުއާނައި ސައިންސް ފޯރަމް 2023ގެ ނިންމުން- ދަރިވަރުންނަށް ހަނދާނީ ލިޔުން ބައްސަވައި ދެއްވުން

ފޯރަމްގައި ބައިވެރިވި ސަރުކާރުގެ 4 ސްކޫލަކީ:

ޏ.އަތޮޅު ތައުލީމީ މަރުކަޒު

މުހައްމަދު ޖަމާލުއްދީން ސްކޫލް

ހާފިޒު އަހުމަދު ސްކޫލް

ފުވައްމުލަކު ސްކޫލް އެވެ.

ގުރުއާނައި ސައިންސް ފޯރަމް 2023ގެ ނިންމުން

މި ޕްރޮގްރާމަކީ ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބި ޖެއްސުމާއި ދީނަށް އަހުލުވެރިކުރުމުގެ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލާއި ފުވައްމުލައް ސިޓީގެ ސްކޫލްތަކާއި ގުޅިގެން ކުރިޔަށްގެންދާ ޕްރޮގްރާމެއް ކަމަށް ސިޓީ ކައުނސިލުން ހާމަކުރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !