A wide advertisement which will be shown on all devices. (700 x 100)

ގުރުއާނާއި ސައިން ފޯރަމްގެ ފުރަތަމަ ޕްރޮގްރާމް ރޭ ކުރިޔަށް ގެންގޮސްފި

ގުރުއާނާއި ސައިންސް ފޯރަމް 2023. ޏ.އޭއީސީ

ގުރުއާނާއި ސައިން ފޯރަމް 1444 ގެ ފުރަތަމަ ޕްރޮގްރާމް ރޭ ކުރިޔަށް ގެންގޮސްފިއެވެ. ޏ.އޭއީސީ ގެ ދަރިވަރުން ހުށަހަޅައިދިން މި ޕްރޮގްރާމް އޮތީ ކުރުނދުމާ މާލަމުގަިއ ޜޭ 9:30 ގައެވެ.

ސްކޫލް ދަރިވަރުންނާއި އާއްމުންގެ ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި ހަފުލާއަށް ފުވައްމުލައް ސިޓީ މޭޔަރު އިސްލާއީލު ރަފީގުއާއި ކައުންސިލްގެ މުވައްޒަފުން އަދި ސްކޫލްތަކުގެ ޕްރިންސިޕަލުން ހާޒިރުވެފައި ވެއެވެ. މި ފޯރަމްގެ ފެށުމުގެ ގޮތުން ރޭ ތައާރެއް ދެއްވީ ސިޓީ ކައުނސިލްގެ ޑިރެކްޓަ އާމިނަތު ޝެހެނާޒު އެވެ.

މި ފޯރަމްގަިއ ޕެނަލިސްޓްގެ ގޮތުގައި ބަިއވެރިވަނީ އައްޝައިޚު ސިނާނު، އައްޝައިޚު އިބްރާހިމް ޝަމީމު އާއި އައްޝައިޚު އަހުމަދު އިރުފާން އެވެ.

ގުރުއާނާއި ސައިންސް ފޯރަމް 2023. ޏ.އޭއީސީ

މީއި މީގެ 4 އަހަރު ކުރިން ސިޓީ ކައުންސިލުން ފަށައިގެން ކުރިޔަށްގެންދާ ޕްރޮގްރރާމެކެވެ. ކުރީގެ އަހަރުތަކުގައި ކޮންމެ ސްކޫލަކުން 5 ދަރިވަރުން ޓީމަކުން ހުށަހަޅާ ދިފައިވަނީ 10-15 މިނިޓުގެ ސެޝަން އެއްކަމުގައި ވިޔަސް މިފަހަރުގެ ޕްރޮގްރާމް ވަނީ 6 ސްކޫލަކުން 7 ދަރިވަރުން ބައިވެރިކޮށްގެން 15-20 މިނިޓަށް ކުރިޔަށްގެންދަން ރާވާފައެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ މިއަދުގެ ކުޑަކުދިންގެ މެދުގައި ކީރިތި ގުރުއާނަށް ލޯބި ޖެއްސުމާއި ﷲގެ ކުޅަދުންވަންތަކަމާއި މެދު ވިސްނާ ފިކުރުކުރުމަށާއި އެދައިރާއި ހޯދުންތައް ހޯދާ ކީރިތި ގުރުއާނުގައިވާ ކަންކަން ހިތުގެ އަޑިން ގާބޫލުކޮށް އެގޮތުގެ މަތީން އަމަލުތައް ބެހެއްޓުމަށް ހިތްވަރދިނުން ކަމަށް ފޯރަމްގެ ތައާރަފުގައި ފާހަގަ ކޮށްފައި ވެއެވެ. މިފޯރަމްގެ ސަބަބުން ސްކޫލް ދަރިވަރުންނަށް ގުރުއާނުގައިވާ ކަންކަމާއި ގުޅޭ ގޮތުން ކަންކްން ހޯދާ ބެލުމަށް ފަހިވެގެންދާ ފުރުސަތެއް ކަމަށް ހާމަކުރެއްވިއެވެ.

ގުރުއާނާއި ސައިންސް ފޯރަމް 2023. ޏ.އޭއީސީ

ރޭގެ ޕްރޮގްރާމު ހުށަހަޅައި ދިނީ ޏ.އޭއީސީގެ ދަރިވަރުންނެވެ. އެދަރިވަރުން ހުށަހަާލއިދިނީ ކީރިތި ގުރުއާނުގައި ވާ އެސްޓްރޮނެމީ އިލްމުގެ ތެރެއިން އިރާއި ހަނދާއި ތަރިތަކާއި ބެހޭ ގޮތުންނެވެ.

ރޭގެ ޕޮރޮގްރާމުް ހުށަހަޅައި ދިން ދަރިވަރުން

އިބްރާމް ސާއީ

ފާތިމަތު މިޝްކާ

އާއިޝަތު މާޝާ

ފާތިމަތު މިޝްކާ

އާއިޝަތު އަޒުހާ

އާމިނަތު މިޝްޔާ

ފާތިމަތު ނަވާރު

އާއިޝަތު ޝާނީ

މައީޝް އަހުމަދު

ގުރުއާނާއި ސައިންސް ފޯރަމްގެ ހުށަހެޅުން ނިމުމުން ޕެނަލިސްޓުންގެ ވާހަކަ ކޮޅަކާއި ހާޒިރުވެ ތިބި އަޑު އެހުންތެރިންނާއި އޮންލައިންކޮށް ބެލުންތެރިންނަށް ސުވާލު ހުށަހެޅުމަށް ވަގުތު ކޮޅެއް ކަނޑައަޅާައި ވެއެވެ.

ގުރުއާނާއި ސައިންސް ފޯރަމް 2023. ޏ.އޭއީސީ

މިފޯރަމްގައި ހުށަހަޅައިދޭ 6 ޕްރޮގްރާމް ވެސް ސިޓީ ކައުންސިލް ފޭސްބުކް ޕޭޖުންނާއި ޔޫޓިއުބުން ލައިވް ކުރާ ގޮތަށް ވަނި ހަމަޖެހިފައެވެ. މިރޭގެ ޕްރޮގްރާމު ހުށަހަޅާދެނީ ބްރައިޓްވޭ ފުވައްމުލައް، ސްކޫލްގެ ދަރިވަރުންނެވެ. އެދަރިވަރުން ހުށަހަޅައިދޭނީ ކީރިތި ގުރުއާނުގައި ވާ ޖިއޮލޮޖީ އިލްމުގެ މައުލޫމާތުގެ ތެރެއިން ވޯޓާ ސައިކަލް، ފަރުބަދަތަކާއި ބެހޭ ގޮތުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !