A wide advertisement which will be shown on all devices. (700 x 100)

ރާއްޖޭގެ ހަތް ރިސޯޓަކުވެސް ކޮރޯނާ ރޯގާ ފެނިއްޖެ

ރާއްޖޭގެ ހަތް ރިސޯޓެއްގައި ކޮރޯނާ ރޯގާ ޖެހިފައިތބި މީހުން ތިބިކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ. އެޗްޕީއޭ އިން ބުނެފައިވަނީ، ރާއްޖޭގެ ހަތް ރިސޯޓަކުން ހަ ފަތުރުވެރިންނާއި ނުވަ މުވައްޒަފުންނަށް ކޮރޯނާ ރޯގާ ޖެހިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮންކޮން ރިސޯޓްތަކެއްކަން އެޗްޕީއޭއިން ހާމައެއް ނުކުރެއެވެ.

ކޮރޯނާ ރޯގާ ޖެހިފައި ތިބި މީހުން ތިބި ރިސޯޓްތައް ހާމަނުކުރިނަމަވެސް ކޮރޯނާ ރޯގާ ޖެހިފައި ތިބި މީހުން ތިބި ރަށްތަކުގެ މައުލޫމާތު ވަނީ ހާމަކޮށްފައެވެ. އެރަށްތަކަކީ ފުވައްމުލަކު ސިޓީ ގެ އިތުރުން ހއ.ކެލާ އާއި ހދ.ނެއްލައިދޫ އާއި ބ.ކުޑަރިކިލާއި ރ.އިނގުރައިދޫ އާއި ޅ.ހިންނަވަރާއި ކ.މާފުއްޓާއި ވ.ފުލިދޫ އާއި  ހއ.އިހަވަންދޫ އާއި ބ.ކަމަދޫ އާއި ހއ.ފިއްލަދޫއެވެ.

ކޮރޯނާ ރޯގާ ޖެހިފައި ތިބި  1996 މީހުން މިވަގުތު ރާއްޖޭގައި ތިބި އިރު 129 މީހަކަށް ދަނީ  ހޮސްޕިޓަލުގައި އެދުމަތިކޮށްގެން ފަރުވާ ދެމުންނެވެ. މިހާތަނަށް ރާއްޖެއިން 4769 މީހަކަށް ކޮރޯނާ ރޯގާ ޖެހުނުއިރު އެބަލިން 2754 މީހުން ސަލާމަތްވެފައެވެ. އަދި 19 މީހަކުވަނީ މިބަލީގައި މަރުވެފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !