ރާއްޖޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ރޯގާ އިއްޔެގެ އިރު އޮއްސުމާއި ހަމައަށް މާލެ ފިޔަވައި ރާއްޖޭގެ 12 ރަށަކާއި 8 ރިސޯޓަކުން ފެނިފައިވާ ކަަމަށް އެޗްޕީއިން ހާމަކޮށްފިއެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުން ކޮރޯނާ ރޯގާ ފެނިފައިވަނީ ރާއްޖޭގެ 8 ރިސޯޓަކުން ހަ ފަތުރުވެރިންނާއި ނުވަ މުވައްޒަފުންނަށެވެ. ނަމަވެސް އެއީ ކޮންކޮން ރިސޯޓްތަކެއްކަން އެޗްޕީއޭއިން ހާމައެއް ނުކުރެއެވެ.
ކޮރޯނާ ރޯގާ ޖެހިފައި ތިބި މީހުން ތިބި ރިސޯޓްތައް ހާމަނުކުރިނަމަވެސް ކޮރޯނާ ރޯގާ ޖެހިފައި ތިބި މީހުން ތިބި ރަށްތަކުގެ މައުލޫމާތު ވަނީ ހާމަކޮށްފައެވެ. އެރަށްތަކަކީ ފުވައްމުލަކު ސިޓީ ގެ އިތުރުން ހއ.ކެލާ އާއި ހއ. އިހަވަންދޫ އާއި ހއ. ފިއްލަދޫ އާއި ހދ.ނާވައިދިޫ އާއި ބ.ކުޑަރިކިލާއި ބ.ކަމަދޫ އާއި ރ.އިނގުރައިދޫ އާއި ރ. ހުޅުދުއްފާރާއި ޅ.ހިންނަވަރާއި ކ.މާފުއްޓާއި ވ.ފުލިދޫ އެވެ.
ރާއްޖެއިން މިހާތަނަށް ކޮރޯނާ ރޯގާ ޖެހިފައިވަނީ 4898 މީހަކަށެވެ. އޭގެތެރެއިން 2791 މީހުން މިރޯގާއިން ސަލާމަތްވެފައިވާ އިރު 19 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ. މިވަގުތު ކޮރޯނާ ރޯގާ ޖެހިފައިތިބި މީހުންގެ އަދަދަކީ 2088 މީހަކަށެވެ. ފުވައްމުލަކު ސިޓީއިން މިހާތަނަށް ފެނިފައިވަނީ ކޮރޯނާ ރޯގާގެ އެންމެ ކޭސް އެކެވެ.
ޚިޔާލުތައް