ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫއަށް ބޭނުންވާ ޕީވީސީ ހޮޅިތަކުގެ ފުރަތަމަ ޝިޕްމަންޓް މާލެ ގެނެސްފިއެވެ. މިޝިޕްމެންޓްގެ ކަސްޓަމްސް ކްލިއަރެންސް ހޯދުމުގެ މަސައްކަތް މާލޭ ބަނދަރުގައި މިހާރު ކުރިއަށް ދާކަމަށް މަގު ހެދުމުގެ މަސައްކަތް ކުރާ އެމްޓީސީސިއިން ހާމަކުރެއެވެ.
ފުވައްމުލަކުގެ އެތެރޭގެ ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން 31 މަގުގެއްގެ 15.932 ކިލޯމީޓަރުގެ މަގުގެ ސަރަހައްދު ތަރައްޤީ ކުރުމަށް ހަމަޖެހިފަައ ިވެއެވެ. މިމަޝްރޫޢުގެ ދަށުން ރަށުގެ އެތެރޭގެ 122،659 ސްކުއާ މީޓަރުގެ ސަރަހައްދުގެ ސަބް ބޭސް ލޭޔާ ހެދުމާއި، 95،239 ސްކުއާ މީޓަރުގެ ތާރު އެޅުމާއި، ފައިމަގުގައި ހިނގާ ސަރަހައްދެއް ހެދުމާއި، މަގުތަކުގައި ބައްތި ހަރުކުރުމާއި އަދި ފެން ހިންދާ ނިޒާމު މަސައްކަތް ކުރުން ހިމެނެއެވެ.

ފުވައްމުލައް ސިޓީ ގެ އެތެރޭގެ މަގުތަކަށް ހެދުން. ފޮޓޯ: މުހައްމަދު ޝަހީދު
މި މަޝްރޫޢަކީ 279.4 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 04 ޖުލައި 2019 ގައެވެ.
އެމްޓީސީސީން ގެނައި ހޮޅި މަދުކަމަށް ބުނެ ސޯޝަލް މީޑީއާގައި ބައެއް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް އެކުންފުނިން ހާމަކުރީ މި މަސައްކަތައް ބޭނުންވާ އިތުރު ހަތަރު ޝިޕްމަންޓްގެ ހޮޅި ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި އެމްޓީސީސީން ގެނައީ “ފަންސާހެއްހާ ހޮޅި ކަމަށާއި، އެމްޓީސީސީން ހީކުރީ ފުވައްމުލަކަކީ ވެސް ރާއްޖޭގެ ގިނަ ރަށްރަށް ހެން ކުޑަކުޑަ ރަށެއް ކަމަށް ހެއްޔެވެ؟ ނަމަވެސް އެމްޓީސީއިން މި ޕްރޮޖެކްޓްގެ މަސައްކަތް ކުރަން ހަވާލުވެ މަސައްކަތް ފަށާފައިވާއިރު ޕްރޮޖެކްޓަށް ބޭނުންވާ ސާމާނު ވަރަށް ސާފުކޮށް އެކުންފުންޏަށް އެނގޭނެ ކަމަށް ގަބޫލުކުރަން ޖެހެއެވެ. ވަކިކަމަކަށް ބޭނުންވާ ހުރިހާ ސާމާނު ކޮންމެހެން އެއްފާހަރާ ގެންނާކަށް ވެސް ނުޖެހެއެވެ.

ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތަކަށް ބޭނުންވާ ބައެއް ހޮޅިތައް ރާއްޖެ ގެނެސްފި
5
4
3
2
1
- ފުވައްމުލައް ސިޓީ ރިންގް ރޯޑުގެ މަސައްކަތުގެ %83 ނިމިއްޖެ
- ފުވައްމުލަކު ސިޓީގެ މަގުތަކުގައި ތާރު އެޅުމަށް ތައްޔާރުވަނީ
- ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި
- އޯކިޑުމަގުގައި ތާރު އަޅާ މިއަދު ނިންމާލައިފި
- އަންނަ ނޮވެންބަރުގެ ކުރިން ފުވައްމުލަކު މަގުތައް ރައްޔިތުންނަށް ލިބޭނެ – އާޒިމް