A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ހޯމް ކަރަންޓީނުގައި 170 އެއްހާ މީހުން އެބަތިބި

ހޯމް ކަރަންޓީނަށް އައި މީހުން

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ގެ ހޯމް ކަރަންޓީނުގައި 170 އެއްހާ މީހުން އެބަތިއެބެވެ. އިއްޔެ ފުވައްމުލައް ސިޓީ ކައުންސިލް އާއްމުކުރި، 13 އޮގަސްޓުގައި ހޯމް ކަރަންޓީނަށް އައި 5 މީހުނާއި އެކު މިހާރު ހޯމް ކަރަންޓީނުގައި ތިބި ޖުމްލަ އަދަދު ކަމަށް ހިސާބުތަކުން ދައްކަނީ 169 އެވެ.

ހޯމް ކަރަންޓީނަށް ރަށަށް އަންނަ މީހުންގެ ލިސްޓުތައް ސިޓީ ކައުންސިލުން އަންނަނީ ހާމަކުރަމުންނެވެ. ފާއިތުވި ޖުލައި މަހު 30 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ހޯމް ކަރަންޓީނަށް އައި އެންމެން ނާއި ރަށުގެ ޕޮޒިޓިވްވި ކޭސް އާއި ގުޅިގެ ކަރަންޓީނުގެ މުއްދަތު އިތުރުކުރެވުނު 5 މީހުންނާއެކު މިހާރު 169 މީހުން ހޯމް ކަރަންޓީނުގައި ތިބޭނެކަމަށް ބެލެވެއެވެ.

 

އެކިއަވަށްތަކުގައި މިހާރު ހޯމް ކަރަންޓީނުގައި ތިބޭނެކަމަށް ބެލެވޭ އަދަދުތަކަކީ:

ދަޑިމަގު 4

ދިގުވާޑު 9

ހޯދަޑު 9

މާދަޑު 6

މިސްކިތްމަގު 12

ފުނާޑު 7

މާލެގަން 6

ދޫނޑިގަން 8

ފުވައްމުލަކު ހޯމް ކަރަނަޓީނަށް އައި މީހުންގެ ތެރެއިން މިހާތަނަށް ކޮޑަށް-19އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ނަތީޖާތަކުން އެނެގނީ އެންމެ މީހެކެވެ. އެނާގެ ބަޅިގެ އެއްވެސް ނިޝާނެއް ނެތްކަމަށް ވެއެވެ. އެޗްޕީއޭގެ ފަހުގެ އުސޫލުގައި ވާގޮތުން ބައްޔަށް ޕޮޒިޓިވްވެ ބަލީގެ އަލާމާތެއް ނުފެންނަނަމަ 14 ދުވަހުގެ ކަރަންޓިނަށް ފަހު ޓެސްޓް ހެދުމަކާިއ ނުލައި ދޫކޮށްލައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !