A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ޕަބްލިކް ލައިބްރަރީ އަލުން ހުޅުވަން ތައްޔާރުވަނީ

ފުވައްމުލައް ސިޓީ ލައިބްރަރީ އަލުން ހުޅުވަން ތައްޔާރުވަނީ.

ފުވައްމުލައް ސިޓީ ޕަބްލިކް ލައިބްރަރީ ހިންގާ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ނިންމައި އަލުން ހުޅުވަން ތައްޔާރުވަމުން އަންނަކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

މިއީ ކުރީގެ ދިގުވާނޑު ކައުންސިލުން އިމާރާތްކުރި ލައިބްރަރީއެކެވެ. މި ލައިބްރަރީ އެންމެ ފުރަތަމަ ހުޅުވާފައި ވަނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު 13 ވަނަ ދުވަހު އެވެ. މި ލައިބްރަރީއަށް 2015 ވަނަ އަހަރު ޕާކިސްތާނު ސަރުކާރުން ފޮތް ހަދިޔާކޮށްފައި ވެއެވެ.

ފުވައްމުލައް ސިޓީ ލައިބްރަރީ އަލުން ހުޅުވަން ތައްޔާރުވަނީ. މިއީ ކުދިން ދިގުވާޑު ކައުންސިލުން ހިންގި ލައިބްރަރީއެއް.

ފުވައްމުލައް ސިޓީ ލައިބްރަރީ އަކީ އާއްމުންނަށާއި ސްކޫލުކުދިންނަށް ވެސް ހުޅުވާލެވިފައިވާ ލައިބްރަރީއެކެވެ. މިއީ މިހާރު ފުވައްމުލަކުގައި އާއްމުނަނަށް ހުޅުވާލެވިފައިވާ ހަމައެކަނި ލައިބްރަރީއެވެ. ފުވައްމުލައް ސިޓީގެ ކޮންމެ ސްކުލެއްގައި ވެސް ވަކި ލައިބްރަރީއެއް ހުރެއެވެ. ނަމަވެސް އެލައިބްރަރިތައް ބޭނުންކުރެވެނީ ހަމައެކަނި އެސްކޫލެއްގެ ދަރިވަރުންނަށް އެކަނިކަމަށް ވެއެވެ.

ފުވައްމުލަކު ލައިބުރަރީ ހުންނަނީ ދިގުވާނޑާއި ދަޑިމަގު ގުޅޭ ހިސާބުން އެމްޖޭއެމް ސްކޫލް ކައިރީގައެވެ.

ނަމަވެސް ރާއްޖޭގެ މާހައުލުގައި އާމުންނާއި ކިޔަވާކުދިންވެސް ފޮތްކިޔުން މަދުކަމަށް ގިނަބަޔަކު ފާހަގަ ކުރެއެވެ. އަދި ލައިބްރަރީ އަށް ޒިޔާރަތްކޮށް ކިޔެވުމުގެ މަސައްކަތުގަިއ އުޅޭ ކުދިން އެއްވެސް ވަރަކަށް ނުފެންނަ ކަމަށް އާއްމުން ބުނެއެވެ.

ފުވައްމުލައް ސިޓީ ލައިބްރަރީ އަލުން ހުޅުވަން ތައްޔާރުވަނީ.

މިޒަމާނުގެ ކާމިޔާބު ލައިބްރަރީ ތަކަކީ އެތަންތަނުގައި ފޮތްކިޔުމުގެ އިތުރުކުރުމަށް ހިންވަރުދިނުމުގެ ގޮތުން، ވަކި ސްޓަޑީ އޭރިއާތަކާއި، ޑިސްކަޝަން ރޫމުތަކާއި، ސޯފާ ތަކާއި ކުޝަން ބެންޗުތަކާއެކު އެއާކޮންޑިޝަން ކުރެވިފައިވާ އާއްމު އޭރިއާތައް ހިމެނޭގޮތުން ކުދިންގެ ހިތްޖެހޭގޮތަށް ޑިޒައިންކުރެވިފައިވާ ތަންތަނެވެ. އިންޓަނެޓް އަދި ވައިފައި އާއިއެކު ކެފޭކެ ޚިދުމަތްވެސް ލިބޭ ގޮތަށް ތައްޔާރުކުރެވިފައިވާ ލައިބްރަރީތަކެވެ. މިފަދަ ލައިބްރަރީތަކަށް ހިނގާ ޚަރަދުގެ ބަދަލުގައި އެތަން ރައްޔިތުން ބޭނުންކުރުމަކި ނުސީދާގޮތުން އެތައް ފައިދާތަކެއް ރަށަށް ލިބިގެންދާނެ ކަންކަމެވެ. ޚަަރަދު ނުކޮށް ލައިބްރަރީއެއް ނުހިންގެނެއެވެ.

ކުރީގެ ދިގުވާޑު ކައުންސިލްގެ ގާއިމުކުރި ކުދަކުދިންގެ ޕާކާއި ހިނަވާގެ އަދި މޮޗަރީ – މިޙާރު ސިޓި ކައުންސިލްގެ ބެލުމުގެ ދަށުގައި

އާއްމު ފަރާތްތަކުން ބުނާ ގޮތުގައި މިގޮތަށް ބިނާކުރެވިފައިވާ ދައުލަތުގެ ތަންތަން ވީރާނާވެ، ފަނާވެގެން ދިޔަނުދީ ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން އޭނާ ފާހަގަ ކުރީ ރަށުގެ ގިނަ އަދަދެއްގެ ކުދަކުދިން ބޭނުންކުރަމުން އަންނަ ދިގުވާޑު ކުޑަކުދިންގެ ޕާކްވެސް އެއްކޮސް ހަލާކުވެ ނުދަނިސް މަރާމާތުކޮށް ބެލެހެއްޓުން ވަރަށް މުހިންމު ަކމަށެވެ. ދިގުވާޑު ކުޑަކުދިންގެ ޕާކަކީވެސް ކުރީގެ ދިގުވާޑު ކައުންސިލުގެ ދުވަސްވަރު ހެދި ތަނެކެވެ. އެޕާކަށް ގިނަ ކުޑަކުދިންގެ ސަމާލުކަން ލިބި ޒިޔާރަތް ކުރަމުން އާދެއެވެ.

ކުރީގެ ދިގުވާޑު ކައުންސިލްގެ އައުޓް ޖިމް – މިޙާރު ސިޓި ކައުންސިލްގެ ބެލުމުގެ ދަށުގައި

ދިގުވާނޑު ކައުންސިލުގެ ދުވަސްވަރު އެއަވަށުގައި އާމުންނަށް ގިނަ ކަންތައްތަކެއް ކޮށްފައި ވެއެވެ. އެގޮތުން ލައިބްރަރީއަކާއި ކުޑަކުދިންގެ ޕާކަކާއި ހުރިހާ އުމުރެއްގެ މީހުންނަށް ޚާއްސަކޮށްގެން އައުޓްޑޯ ޖިމްއަކާއި މޯޗަރީއަކާއެކު ހިނަވާގެއަކާއި އަރުއްފަންނުގައި ހެދި ބާބެކިއު އޭރިއާ ފާހަގަކޮށް ލެވެއެވެ.

ކުރީގެ ދިގުވާޑު ކައުންސިލުން އަރުއްފަންނުގައި ގާއިމުކުރި ބާބެކިއު އޭރިއާ – މިޙާރު ސިޓި ކައުންސިލްގެ ބެލުމުގެ ދަށުގައި

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !