A wide advertisement which will be shown on all devices. (700 x 100)

މިހަފުތާގެ ސްޓޯރީ ޓައިމް މަޖާ ގޭމްތަކަކާއިއެކު ތުޑީގައި

ފުވައްމުލަކު ސިޓީ ޕަބުލިކު ލައިބްރަރީ އިން “މިހަފުތައި ސުޓޯރީ ޓައިމް” ގެ ނަމުގައި ކުޑަކުދިން ނަށް ހާއްސަ ޕުރޮގުރާމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވަން ހަމަޖެހިފައިވާކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރައްވައިފިއެވެ. މިޕުރޮގުރާމަކީ ފުވައްމުލަކުގެ ޕަބުލިކު ލައިބުރަރީ އިން ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ޕަބުލިކު ލައިބުރަރީގައި  ކުރިއަށް ގެންދާ ޕުރޮގުރާމެއް ކަމަށާއި މިހަފުތާގެ ޕުރޮގުރާމް  ހާއްސަ ވަނީ ތަފާތު މާހައުލަކުން ކުޑަކުދިންނާއި ގުޅޭ ކަހަލަ ގޭމް ތަކަކާއި އެކު މިހަފުތާގެ ޕުރޮގުރާމް ކުރިޔަށް ގެންދިއުމައް ހަމަޖައްސާފައިވާތީ ކަމައް ޕަބުލިކު ލައިބުރަރީން ވަނީ މައުލޫމާތުދެއްވާފައެވެ، އެގޮތުން ހުރިހާ އުމުރެއްގެ ކުޑަކުދީންނަށް ވެސް ބައިވެރިވެވޭގޮތައް މިހަފުތާގެ ސުޓޯރީ ޓައިމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކުގެ ހިތްގައިމު ތުނޑީގައި ކުދީންގެ ބެލެނިވެރިންނާއި އެއްކޮށް ކަމަށް ވެސް ލައިބުރަރީއިން ވަނީ ހާމަކޮއްފައެވެ.

މި ޕުރޮގުރާމުގައި ބައިވެރިވާން ބޭނުންވާ ކުޑަކުދިން ނަންނޯޓުކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. ނަން ނޯޓު ކުރުމަށް ޕަބުލިކު ލައިބުރަރީގެ ނަންބަރ 6862822 އަދި 9666796 އާއި ގުޅުއްވާ  12 ޖަނަވަރީ 2021 ވަނަ ދުވަހުގެ ހެނދުނު 09:00 ގެކުރިން ނަން ނޯޓުކުރެއްވުމަށް ވެސް  ޕަބްލިކު ލައިބުރަރީ އިން ވަނީ އެދިފައެވެ.

މީގެ ކުރިންވެސް ކުޑަކުދިން ނަށް ހާއްސަ ކޮއްގެން ފޮތް ކިއުމައް އެކުދިން ޝައުގުވެރިކުރުމުގެ ގޮތުން ޕަބުލިކު ލައިބުރަރީއިން ވަނީ ތަފާތު ޕުރޮގުރާމް ތަކެއްކުރިޔަށް ގެންދަވާފައެވެ.

މިދުވަސް ވަރަކީ ހަލުވިކަމާއިއެކު ކޮވިޑު 19 ފެތުރެމުންދާ ދުވަސްވަރަކަށް ވާތީވެ ރައްކާތެރިކަމުގެ ގޮތުން މިޕުރޮގުރާމުގައި ބައިވެރި ވުމައް ތުނޑިޔަށް ވަޑައިގަންނަވާއިރު ހުރިހާ ފަރާތްތަކަކުންވެސް މާސްކު އެޅުމަށާއި އެޗުޕީއޭގެ ގައިޑުލައިނުގައިވާގޮތަށް އަމަލުކުރުމައްވެސް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !