A wide advertisement which will be shown on all devices. (700 x 100)

ޑިސްޓްރިބިއުޝަން ފޮށްޓެއްގެ މަސައްކަތަކަށް މާދަޑު ބަޔަކުން މިއަދު ހަވީރު ކަރަންޓް ކަނޑާލަނީ

މިއަދު، 23 އޮގަސްޓް، ހަވީރު ކަރަންޓް ކެނޑޭ ސަރަހައްދު

ފެނަކައިގެ ކަރަންޓް ޑިސްޓްރިބިއުޝަން ފޮށްޓެއްގެ މަސައްކަތަށް މިއަދު، އާދީއްތަ ދުވަހު (23 އޮގަސްޓް 2020) ހަވީރު މާދަޑު އަވަށުގެ ބައެއް ހިސާބުތަކުން ކަރަންޓްގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކޮށްފިއެވެ.

މީއީ ޑިސްޓްރިބިއުޝަން ފޮށްޓެއްގެ ސާކިޓް ބްރޭކަރު ބަދަލުކުރުމަށް ކުރާ މަސައްކަތެއް ކަމަށް ހާމަކޮށްފައި ވެއެވެ.

އެގޮތުން ކަރަންޓްގެ ޚިދުމަތް މެދުކެނޑުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 3:30 އިން 5:00 ގައެވެ. މިމަަސްކަތަށް ހޭދަވާނެ ކަމަށް ލަފާކޮށްފައި ވަނީ ދޮޅު ގަޑިއިރެވެ.

ކަރަންޓް ކަނޑާލުމަށް ހަމަޖެހިފައި ވަނީ:

1. އެސްޓީއޯ ބޭސް ފިހާރަ އިން ފެށިގެން މީޑިއާ ސެންޓަރު ހިމެނޭ ސަރަހައްދާއި

2. އެމްއެންޑީއެފް-ފުވައްމުލައް، އެސްޓީއޯ، 136 ނަމްބަރު ފިހާރަ، ބީއެމްއެލް، އަސާ، ވެލްކަމް، ރިގާ، ފުވައްމުލަކު ކޯޓް އަދި ޖިހާދީ ބޭސްފިހާރަ ހިމެނޭ ސަރަހައްދުންނެވެ.

އެއްވެސް ސަބަބަކާއި ހުރެ ކަރަންޓް ކެނޑޭނަމަ ނުވަތަ ކަރަންޓް ކެނޑޭގޮތް ވެއްޖެނަމަ، ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން ބޭނުންކުރާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް އާލާތްތަކުން ކަރަންޓް ސްވިޗުން ކަނޑާފައި ބެހެއްޓުމަކީ ރައްކާތެރިކަމެއް ކަމަށް އިންޖީނުގެއިން އިރުޝާދު ދެއެވެ. އަދި ކަރަންޓް ކެނޑުމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް  ފެނަކަ-ފުވައްމުލައް ގެ 9784194 ނުވަތަ 6865009 އަށް ގުޅުއްވުމަށް އެފަނކައިން އިން އެދިފައިވެއެވެ.

ކަރަންޓް ޑިސްޓްރިބިއުޝަން ފޮށި.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !