A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ހޯމް ކަރަންޓީނުގައި 48 ގެއެއްގައި މީހުން

ފާއިތުވި ހަފުތާ ނިމުނު އިރު ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނުގައި މީހުން ތިބި ގެތަކުގެ އަދަދުތައް

ފާއިތުވި ހަފުތާ ނިމުނު އިރު ފުވައްމުލައް ސިޓީގައި ކޮވިޑް-19 ގެ ހޯމް ކަރަންޓީނުގައި 48 ގެއެއްގައި މީހުން އެބަތިއެބެވެ. އިއްޔެ ފުވައްމުލައް ސިޓީ ކައުންސިލް އާއްމުކުރި، 28 އޮގަސްޓުގައި ހޯމް ކަރަންޓީނަށް އައި މީހުން ތިބި 14 ގެއާއެކު މިހާރު ހޯމް ކަރަންޓީނުގައި މީހުން ތިބޭނެކަމަށް ބެލެވޭ ޖުމްލަ ގޭގެ އަދަދު މިވަނީ މީގެ ދެހަފުތާ ކުރިން ހުރި 51 އަށްވުރެ ކުޑަތަންކޮޅެއް ދަށްވެ، 48 އަށް ވެއްޓިފައެވެ.

ފާއިތުވި ހަފުތާގެ 23، 26 އަދި 28 އޮގަސްޓް ގައި މާލެއިން ހޯމް ކަރަންޓީނަށް 28 ގެއަކަށް މީހުން އައިސްފައި ވެއެވެ. އެއާއެކު މިހާރު ހޯމް ކަރަންޓީނުގައި ތިބޭނެކަމަށް ބެލެވެނީ މި އޮގަސްޓު މަހު 14 ވަނަ ދުވަހުން ފެށިގެން ހޯމް ކަރަންޓީނަށް އައިސް ތިބި މީހުންނެވެ. ބައެއް ގޭގޭގައި 1 އަށް ވުރެ ގިނަ މީހުން ހޯމް ކަރަންޓީނުގައި ތިބި ހަކަމަށް ފުވައްމުލައް ސިޓީ ކައުންސިލް އިން ހާމަކުރައްވައެވެ. ނމަވެސް މިހާރު ހޯމް ކަރަންޓީނުގައި މުޅިއެކު ތިބީ ކިތައ މީހުން ކަމެއް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވާފައެއް ނުވެއެވެ.

ހޯމް ކަރަންޓީނުގައި ތިބޭ މީހުން، ކަރަންޓީންގެ 14 ދުވަސް ހަމަކޮށް ޓެސްޓް ސާމްޕަލްނަގައި ނަތީޖާ ލިބުމާއި ދޭތެރޭ 3-4 ދުވަސް ވަރު ވެއެވެ.

ހޯމް ކަރަންޓީނަށް ރަށަށް އަންނަ މީހުން ތިބޭ ގެތަކުގެ ލިސްޓުތައް ސިޓީ ކައުންސިލުން އަންނަނީ ހާމަ ކުރަމުންނެވެ. ފާއިތުވި ހަފުތާގައި ހޯމް ކަރަންޓިީނަށް ރަށަށް އައި މީހުން ތިބިގެތައް އެއިގެ ކުރީ ހަފުތާއަށް ވުރެ 8 ގެ އިތުރުވެ. ފާއިތުވި ހަފުތާގައި 28 ގެއަކަށް މީހުން އައިސްފައި ވާއިރު އެއިގެ ކުރީ ހަފުތާގައި އައިސްފައި ވަނީ 20 ގެއަކަށެވެ.

ފުވައްމުލަކުގައި ކޮވިޑް-19ގެ ބަލިމީހަކު ނެތެވެ. ނަމަވެސް ކައިރީގައިވާ އައްޑޫ ސިޓީއާއި ގދ. ތިނަދޫ އަދި ގއ.ވިލިގިނލިން ދާދި ފަހުން ވަނީ ޕޮޒިޓިވް މީހުން ފެނިފައެވެ. ގދ. ތިނަދޫ އިއްޔެ ވަނީ މޮނިޓަރިން ޙާލަތަށް ގެނެސް އަރާފޭބުން މަނާކޮށްފައެވެ.

ރާއްޖެއިން ކޮވިޑް-19 ބަލި ކޮންޓްރޯލް ކުރެވޭކަމުގެ އެއްވެސް އަލާމާތެއް އަދި ނުފެނެވެއެވެ. ސިއްޙީ އިދާރާތަކަށް ދުވަހެއް ދުވަހަކަށް އަންނަނީ ބާރު ބޮޑުވަމުންނެވެ.

ފާއިތުވި ހަފުތާގައި ހޯމް ކަރަންޓީނަށް އައި މީހުން ތިބި ގެތައް – ފުވައްމުލައް ސިޓީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !