A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގެ ތިމާވެށި ހިމާޔަތްކުރުމުގެ ގާވައިދަށް އާއްމުގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި

ފުވައްމުލައް ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީގެ ތިމާވެއްޓާއި ބެހޭ ގަވާއިދެއް އެކުލަވާލައި އެގަވާއިދަށް އާއްމުންގެ ޚިޔާލަށް ފުވައްމުލައް ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މިގަވާއިދަށް ޚިޔާލު ހޯދުމުގެ ގޮތުން ފުވައްމުލައް ސިޓީގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކާއި، ކަމާއި ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކާއި ސްކޫލްތަކާއި އާއްމު ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ބާއްވާ މަޝްވަރާ ބައްދަލުވުމެއް މި ސެޕްޓެމްބަރު މަހު 27 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އެދުވަހުގެ 1:30ގައި ފުވައްމުލައް ސީޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައެވެ.

މިގަވާއިދަށ އީމެއިލުންވެސް ކޮމެންޓް ކުރެވެ ގޮތަށްވަނީ ހުޅުވާލާފައެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ގަވާއިދުގެ މި، ފުރަތަމަ ދެލިކޮޕީއަކި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ކޮށް ހިންގުމުގެ ގާނޫނު (7/2010)ގެ 166 ވަނަ މާއްދާގެ ޅ. ގެ ދަށުން ހަދާ ގަވާއިދެކެވެ. މިގަވާއިދަށް އަމަލުކުރަން ފަށާނީ މިގަވާއިދު ދިހެވިދައުލަތުގެ ގެޒެޓްގައި ޝާއިއުކުރުމަށް ފަހުއެވެ. މިގަވާއިދަކީ ފުވައްމުލައް ސިޓީގެ ގޮނޑުދޮށަށް ލައްގާ ގަލާއި، ވެލި، އަކިރި، މުރަކަފަދަ ތަކެތި ހިމާޔަތްކުރުމަށް އެކުލަވާލާފައިވާ “ފުވައްމުލައް ސިޓީގެ ތިމާވެށި ހިމާޔަތްކުރުމާއިބެހޭ ގަވާއިދު1.1.” އެވެ.

ފުވައްމުލައް ސިޓީގެ ތިމާވެށި ހިމާޔަތްކުރުމާއިބެހޭ ގަވާއިދު 1.1

މި ގަވާއިދުގެ ޑްރާފްޓަށް ކޮނެމްޓް ކުރަމުން މިކަލް ނޫހަށް ޚިޔާލު ފޮނުވި ނަން ހާމަކުރަން ނޭދޭ ފުވައްމުލަކު މީހަކު ހާމަކުރި ގޮތުގައި ގަވާއިދުގައި ކުދި މައްސަލަތަކާއި ބޮޑެތި މައްސަލަތަކެއް އެބަހުއްޓެވެ. އެގޮތުން އޭނާ ފާހަގަ ކުރީ ގަވާއިދުގެ މާއްދާތަކުގެ އަމާޒު ސިދާ ނުވުމާއި ބައެއް ބަސްތައް ނުބައިކޮށް ހުރުމާއި ކުށްތައް ގިނަކަމެވެ.

ސިޓީ ކައުންސިލުން އާއްމުންގެ ޚިޔާލަށް ހުޅުުވާލާއިރު މިހާރު އެއޮތް މިންވަރަށް ވުރެ އެ ގަވާއިދު ފުރިހަމަވާން ޖެހޭނެ ކަމަށް އޭނާ ދެކެއެވެ. އެއީ އެ ގަވާއިދުގައި އެހުރި ބައެއް ކަންކަމަކީ ވަރަށް އާދައިގެ މީހަކަށް ވެސް ރަނގަޅު ކުރެވޭ ވަރުގެ ގިނަ ކަންތަައްތައް ކަމަށެވެ. އެގޮތުން ނުބައިކޮށް ބޭނުންކޮށްފައިވާ ކަމަށް އޭނާ ފާހަގަ ކުރި އެއްބަހަކީ ގޮނޑުދޮށް” މިބަހަށް އޮތީ ގޮނުދޮށް ކަމަށެވެ.

އޭނާ ބުނާ ގޮތުން މިގަވާއިދުގެ 5 ވަނަ މާއްދާގެ ށ. މިހާރު އޮތްގޮތުން އަމިއްލަ ގޯއްޗެގ ެތެރޭގައި ހުރިި މާގަހެއް ވެސް ސިޓީ ކައުންސިލުގެ ހުއްދަ ނުހޯދައި ނުއުފުރޭނެއެވެ. އަދި އަމިއްލަ ގޯއްޗެއްގެ ތެރެގައި ގަހެއް އިންދަން ކިތަންމެ ކުޑަ ވަޅެއް ކޮންނަން ވެސް ސިޓީ ކައުންސިލްގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ދެހަވާ ކަމަށެވެ. ބަންޑާރަ ގޯތިން ކަޅުފަސް (ކަޅު ވެލި) ނުނެގުނު ކަމުގައި ވިޔަސް އަމިއްލަ ގޯއްޗެއް ކަމުގައި ވާނަމަ އެތަނުގައި ވަޅު ކޮނުން އަދި ކަޅުފަސްނެގުމަށް އެހެން ބައެއްގެ ފަރާތުން ހުއްދަ ނަގަން ޖެހުމަކީ އެހާ މާނައެއް ހުރި ބުއްދީގެ ހަމަ ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

އަދި މި ގަވާއިދުގެ 4 ވަނަ މާއްދާގެ ށ.ގައި ބުނަނީ ކޮންއެއްޗެއްސެއްގެ ވާހަކަ ކަމެއް ސާފު ނުވާކަމަށެވެ. ގާނޫނާއި ގަވާއިދުން މީހުންނަށް އަދަބު ކަނޑައެޅިފައިވާއިރު އެ ހުންނަން ޖެހެނީ އެންމެ އާދައިގެ މީހާއަށްވެސް އުނދަގުލަކާއި ނުލައި ސާފުވާގޮތަށް ކަމަށެވެ.

އަދި “ނާޒުކު ތިމާވެށި” ފަދަ ނަންއިތުރު ބޭނުންލކުރުމަކީ ގާނުނާއި ގަވާއިދުތަކުގައި އެއްގޮތަކަށް ވެސް ނުކުރާ ކަންކަމަށެވެ.

މި ގަވާއިދަށް ކޮމެންޓް ކުރި މީހާ ބުނާ ގޮތުން ސިޓީ ކައުންސިލްތެ އެތެރޭގައި މިގަވާއިދަށް ޚިޔާލާއި މަޝްވަރާ ހޯދިފައިވާ ކަމާއި މެދުވެސް ސުވާލު އުފެދޭކަމަށެވެ. ގަވާއިދުގެ ޑްރާފްޓެއް ވިޔަސް އާއްމުކުރެވެންވާނީ އެތެރޭގައި މަޝްވަރާ ކުރެވި ކުށްތައް މަދުކުރުމަށްފަހު ކަމަށް ދެކޭ ކަމަށެވެ.

ފުވައްމުލައް ސިޓީ ތިމާވެށި ހިމާޔަތް ކުރުމާއި ބެހޭ ގަވާއިދަށް ޚިޔާލު ހުށަހެޅުން

 

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !