ފުވައްމުލައް ސިޓީގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތުގެ އަދާހަމަކުރުމެއް އާއްމުކޮށްފި

ފުވައްމުލައް ސިޓީ ސްޓޭޑިއަމް. ފޮޓޯ؛ފސސ
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތުގެ އަދާހަމަކުރުމެއް ފުވައްމުލައް ސިޓީ ކައުންސިލުން އާއްމުކޮށްފިއެވެ. މިއީ ފާއިތުވި ޖުލައި މަހުން ފެށިގެން ނިމުނު އޮގަސްޓް މަހުގެ (2020) ނިޔަލަށް ތަރައްގީގެ ޕްލޭންގެ މަގުސަދުތައް ހާސިލުކުމަށް ކުރިޔަށް ގެންގޮސްފައިވާ ހަރަކާތްތަކެވެ.

މި ރިޕޯޓަކީ ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (7/2010) ގެ 110 ވަނަ މާއްދާގެ ދަށުން އެ ކައުންސިލެއް ހިމެނޭ ދާއިރާގެ ތަރައްގީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ މައުލޫމާތު ހިއްސާކުރުމުގެ ގޮތުން އެލްޖީއޭ (ލޯކަލް ގަވަމެންޓް އޮތޯރިޓީ) އަށް ހުށަހަޅަންޖެހޭ ރިޕޯޓެކެވެ. އެގޮތުން ފުވައްމުލައް ސިޓީ ކައުންސިލްގެ  ތަރައްގީގެ 5 އަހަރުގެ (2019-2023) ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތް ހާމަކުރުމުގެ ގޮތުން ނެރެފައިވާ ރިޕޯޓެކެވެ.

މިހާރު އާއްމުކޮށްފައިވާ ރިޕޯރޓަކީ ތަރައްގީގެ 5 އަހަރުގެ ޕްލޭންގެ މަގުސަދުތައް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން މިއަހަރު ފުވައްމުލައް ސިޓީ ކައުންސިލް އިދާރާއިން ކުރުމަށް ކަނޑައޅާފައިވާ ކަންތައްތަކުގެ ތެރެއިން ފާއިތުވި ދެމަހު ކޮށް ނިންމާފައިވާ ކަންތައްތަކާއި އެކަންތައްތައް ތަންފީޒު ކުރެވިފައިވާ މިންވަރު އަންގާިއދޭ ރިޕޯޓެވެ. ނުވަތަ އެކަމުގެ ނަތީޖާ ހާސިލުކުރެވުނު މިންވަރެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ އިސް ވެރިން

ފާއިތުވި ދެމަހުގައި 8 ކަމެއް ކުރެވިފައިވާ ކަމަށް މި ރިޕޯރޓްގައި ފާހަގަ ކޮށްފައިވެއެވެ. އެއިގެ ތެރެއިން 2 ހަރަކާތަކުން %100 ހާސިލުކުރެވިފައިވާ އިރު 3 ކަމަކުން ހާސިލުކުރެވިފައި ވަނީ %90 އެވެ. އަދި 3 ކަމަކުން %80 ހާސިލުކުރެވިފައިވާ ކަމަށް ވެއެވެ.

100% ހާސިލުކުރެވުނު ދެ ހަރަކާތް

ރައްކާތެރި ގޮތުގައި ކުނިނައްތާލުމާއި ގުޅޭގޮތުން ކަނޑަައަޅާފައިވާ ސްޓްރެޓެޖިކް އެކްޓިވިޓީގެ ދަށުން ރައްކާތިރިކަމާއެކު ކުނި ނައްތާލުމާއި ގުޅޭގޮތުން ގޭބިސީތަކަށް މައުލޫމާތު ފޯރުކޮށް ދެވިފައިވާ ކަމަށް ވެއެވެ.

ބަލިތަކާއި ބެހޭ ރަނގަޅު މައުލޫމާތު ލިބިދިނުމާއި ގުޅޭ ގޮތުން ކަނޑަައަޅާފައިވާ ސްޓްރެޓެޖިކް ހަރަކާތުގެ ދަށުން ފުވައްމުލަކު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތާއެކު ކޮވިޑް-19ގެ މައުލޫމާތު ދިނުމުގެ ޕްރޮގްރާމް ހިންގާފައިވާ ކަމަށް ފާހަގަކޮށްފައި ވެއެވެ.

ފުވައްމުލައް ސިޓީގެ ކުޑަކުދިން އިޖުތިމާއީ ހަރަކާތެއްގައި – ފުވައްމުލަކު ރަސްމީ ބޯޅަ ދަނޑު

90% ހާސިލުކުރެވުނު 3 ހަރަކާތް

ގަވާއިދާއި ޚިލާފަށް ފުވައްމުލަކުގެއި މަސައްކަތްކުރާ ބިދޭސިން މަދުކުރުމުގެ މަގުސަދުގެ ދަށުން ފުވައްމުލައް ސިޓީގައި އުޅޭ ބިދޭސީން ގެ ތެރެއިން 45 މީހުން 3 ފަހަރެއްގެ މަތިން އަބުރާ ގައުމަށް ފޮނުވާލެވިފައިވާ ކަމަށް ވެއެވެ.

ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމުގެ ދަށުން ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމުގެ ގޮތުން “ދުޅަހެޔޮ ހަށިހެޔޮ” ނަމުގައި ކަސްރަތު ޕްރޮގްރާމް ހިންގުން ހިމަނާފައި ވެއެވެ.

ކުޅިވަރު ކުޅޭނެ ރަނގަޅު ދަނޑުތަކެއް ހެދުމަށް ކަނޑައޅާފައިވާ މަގުސަދު، 9.2 ގެ ދަށުން ފުވައްމުލައް ސިޓީގެ އިޖުތިމާއީ ސަރަހައްދުތައްކެއް ތަރައްގީކުރުން ފާހަގަކުރެވިފައި ވެއެވެ.

80% ހާސިލުކުރެވުނު 3 ހަރަކާތް

މަދިރި މަދުކުރުމަށް ތަރައްގީގެ ޕްލޭނުގައި ކަނޑައަޅާފައިވާ މަގުސަދު 5.3 ގެ ދަށުން މަދިރިއުފެދޭ ތަންތަން ބަލައި މަދިރި ނައްތާލުމުގެ ޕްރޮގްރާމެއް ހިންގާފައިވާކަމަށް ވެއެވެ.

ރަށުތެރޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ކަނޑައަޅާފައިވާ މަގުސަދު 50.1 ގެ ދަށުން ކާރިސާތަކާއި ގުޅިގެން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކޮށްފައިވާކަމަށް ރިޕޯރޓްގައި ވެއެވެ.

އަމަލީ ތަޖުރިބާ ހޯދާނެ ފުރުސަތު އިތުރުކުރުމުގެ މަގުސަދުގެ (11.1) ދަށުން ފުވައްމުލަކުގައި ޕަބްލިކް ލައިބްރަރީ ތަރައްގީ ކުރުން ހިމަނާފައި ވެއެވެ.

ތަރައްގީގެ ޕްލޭންގެ ހަރަކާތުގެ އަދާހަމަކުރުމެއް

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
1 Comment
Inline Feedbacks
View all comments
ައަބުދުއްﷲރަޝީދު
ައަބުދުއްﷲރަޝީދު
11 months ago

ބުނަންތަ ހެޔޮނުވާނެ ކައުންސިލޭ ކިއާގެން އަގަގޮއްވަން
ނުއުޅެ ހަމަހިމޭނުންތިބުން މާރަގަޅުވާނެ ޒީރޯޓޮލެރެންސުގެ
ދަށުން އަމިއްލަވިއަފާރި ހިމާޔަތްކުރުން އަޅުގަޑުމެންމިތިބީ
އާމުކޮއް ގިނަމީހުން ސުކޫލްކުދިންގޮވާގެން ދާމަގުތަކުގަ
ބޮޑެތިޗަކަވުޅުގަޑައް ފަސްކޮޅެއްނެއެޅޭ މިވެރިންގެ
މަސްލަހަތު އޮންނަ ހަނިގޯޅި ގަޑަށް އެތައްވެހިކަލެއްގެ ފަސްއަޅާލެވޭ މަގުތަކުގެވާހަކަދެއްކުމުން ފަސްނުލިބޭ މީނާ
ޒުކާރީގަބުނޭ ކޮންމީނާޒެއްތޯ މީނާޒަކުކައުންސިލައްހޮވިތޯ؟
އެހެން ވީމާމިދެއްނެވީ ޒީރޯޓޮލެންސު މޮޓޯދަށުން ކޮއްމެ
ކުރިއަސް ކުރިއަސް ޒީޒީރޯ ބޭކާރުބައެއް