A wide advertisement which will be shown on all devices. (700 x 100)

ހޯދަޑު ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ފަށައިފި

ހޯދަޑު ފުޓްބޯލަ ދަނޑުގައި ޓާފް އެޅުމަށް މިއަދު ފަށައިފި. ފޮޓޯ؛ އަލީ ޝަރީފު

ފުވައްމުލައް ސިޓީ ހޯދަޑު ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މިއީ ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ. މިދަނޑުގެ ފަސްގަނޑު ޓާފް އެޅުމަށް ތައްޔާރު ކުރަނީ އެމްޓީސީސީ އިންނެވެ. އަދި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކުރަނީ އަމިން ކޮންސްޓްރަކްޝަނުންނެވެ.

މި ދަނޑުގައި ޓާރފް އެޅުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ އިންސްޕެކްޝަން ނިމި ޓާރފް އެޅުމުގެ އަމަލީ މަސައްކަތް މިއަދު ފެށި ކަމުގައި ވިޔަސް މި މަސައްކަތަށް 20 ވަރަކަށް ދުވަސް ހޭދަ ވާނެ ކަމަށް މިކަލް ނޫހާއި ވާހަކަ ދައްކަވަމުން ދަނޑުގެ ކަންތައްތައް ބެލެހެއްޓުމަށް ހަވާލުވެ ހުންނެވި ޔޫތު އެސޯސިއޭޓް އަލީ ޝަރީފު ވިދާޅުވިއެވެ. މިއަދު ޓާފް އެޅުމުގެ މަސައްކަތް ފަށައިގެން ބެލިއިރު ވާރޭވެހުމުގެ ސަބަބުން ދަނޑުގެ ލެވެލިން އަށް ބައެއް ބަދަލުތައް އައިސްފައިވާތީ އެކަންތައްތައް ރަނގަޅު ކުރުމުގ މަސައްކަތް މިއަދާއި މިރޭ ވެސް އެމްޓީސީސީން ކޮށްފައިވާ ކަމަށް އަލީ ޝަރީފު ހާމަކުރެއްވިއެވެ.

ހޯދަޑު ފުޓްބޯލަ ދަނޑުގައި ޓާފް އެޅުމަށް ތައްޔާރު ވެފައި. ފޮޓޯ؛ އަލީ ޝަރީފު

ފީފާގެ މިންގަނޑަށް ފެތޭ ގޮތަށް ހަދާ ހޯދަޑުގެ މިދަޑުގައި ޓާރފް އަޅާނީ ދަނޑުގެ ދިގުމުނުގައި 105 މީޓަރ އަދި ފުޅާ މިނުގައި 60 މީޓަރަށް ކަމަށް ވެއެވެ. ފީފާގެ ދަނޑުގެ ދެކޮޅު ރޮނގާއި ހަމަޔަށް ހުންނަ މިންތަކަކީ:

ދިގުމިން: 90-120 މީޓަރު (100-130 ޔާޑު)

ފުޅާ މިން: 45-90 މީޓަރު (50-100 ޔާޑު) އެވެ.

މީގެ އިތުރުން އަރިަމތީ ރޮނގުތައް ވަށައިގެން 2.5 މީޓަރުގެ ގްރީން ޒޯނުގައި ވެސް ޓާފް އަޅާނެއެވެ. އަދި އެބަޔާއި ޖެހިގެން ދަނޑުގެ ފެންހިންދާ ނިޒާމުގެ ކާނުތައް ވެސް ގާއިމުކުރެވިފައި ވެއެވެ.

ޓާފްއަޅާ އެއްކޮށް ނިމޭއިރު ދެކޮޅު ގޯލް ހަރުކުރެވި ބެންޗުވެސް ބެހެއްޓިގެން ދާނެ ކަމަށް އަލީ ޝަރީފް މައުލޫމާތު ދެއްވިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލާއި ޔޫތު މިނިސްޓްރީއާއެކު މިހާރު ވާހަކަ ދެކެވެމުން ދަނީ ދަނޑުގެ ވަށާ ފެންސް ޖެހުމުގެ މަޝްވަރާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބިފައި ވެއެވެ.

ދަނޑު އެއްކޮށް ނިމޭ އިރު ޗޭންޖިން ރޫމާއި ސްޓޭޖާއި އޮފިޝަލުން ތިބޭނެ ބައިތައް ވެސް ހެދިގެންދާނެ ކަމަށް ވެއެވެ.

ހޯދަޑު ފުޓްބޯލަ ދަނޑުގައި ޓާފް އެޅުމަށް ތައްޔާރު ވެފައި. ފޮޓޯ؛ އަލީ ޝަރީފު

ފުވައްމުލައް ސިޓީގައި ރަނގަޅު ފެންވަރުގެ ޓާރފް ދަނޑުތަކެއް އެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން ހޯދަޑު ދަނޑުގެ އިތުރުން ވެސް އިތުރު ދަނޑުތަކުގައި ޓާރފް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަނޑުގެ ސަބް ބޭސް ލޭޔާގެ މަސައްކަތް މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެތެރޭގައި މަސައްކަތް ފަށާތާ 60 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ޓާފް އެޅުމަށް އަމިން ކޮންސްޓްރަކްޝަނާއިއެކު އެއްބަސްވެފައި ވަނީ އެ އަހަރު (2019) އޮކްޓޯބަރު މަހު 23 ގައެވެ.

ފުވައްމުލަކުގެ ޓާފް ދަނޑާއި ގުޅޭ ގޮތުން މިކަލް ނޫހުގައި ކުރިން ލިޔެފައިވާ ބައެއް ލިޔުންތައް

ފުވައްމުލަކުގައި ފީފާ ސައިޒުގެ ފުޓްބޯޅަ ދަނޑެއް އެޅުމަށް އެނެމް ފުރަތަމަ އެފްއެއެމް (ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް) އިން 2010 ވަނަ އަހަރު ނިންމީ ފީފާ ގޯލް ޕްރޮޖެކްޓްގެ ދަށުންނެވެ. ނަމަވެސް އެފްއޭމް ގެ ރައީސް ކަމަށް އައި އިލްހާމް އަހުމަދު ވަނީ، 2014 ވަނަ އަހަރު އެކަން ބަދަލުކޮށް، ފީފާ ގޯލް ޕްރޮޖެކްޓުގެ ދަށުން އަލަން ހަމަޖެހުނު ޓާފް ދަނޑު އިލްހާމް އަހުމަދު ނިސްބަތްވާ ގއ. ގެމަނަފުއްޓަށް ބަދަލުކޮށްފައެވެ. އެ އަހަރު (2014) ޑިސެމްބަރު މަހުތެރޭ އިލްހާމު ވަނީ އެމަގާމުން ވަކިކޮށްފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !