ފުވައްމުލަކުން ކޮވިޑް-19 ގެ 2 ވަނަ ޕޮޒިޓިވް ކޭސް އެއް މިއަދު ރިޕޯޓް ކޮށްފިއެވެ. ފުވައްމުލަކު ހޮސްޕިޓަލުން ދާދި ދެންމެއަކު ހާމަކުރި ގޮތުގައި ހޯމް ކަރަންޓީނު މުއްދަތު ހަމަކުރިި މީހަކު ޓެސްޓު ހެދުމުން މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެއީ ކަރަންޓީނުގެ 14 ދުވަސް ފުރިހަމަކޮށް ދޫކުރުމުގެ ކުރިން އާއްމު އުސޫލުން އިއްޔެ ސާޕަލް ނަގައި ޓެސްޓް ކުރުމުން ޕޮޒިޓިވްވި މީހެއްކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވި މިހާގެ ހާލު ރަނަގޅު ކަމަށާއި ބަލީގެ އެއްވެސް ނިޝާނެއް އަދި ނެތް ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ހަމަކުރައްވައެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ ގިނަމީހުގެ ކިބައިން ބަލީގެ ނިޝާން ނުފެންނަކަމަށް ވެއެވެ.
މިއަދު ޕޮޒިޓިވް ނަތީޖާ ލިބުމާއެކު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރެވެމުން ދާކަމަށް ހޮސްޕިޓަލުން ހާމަކުރެއެވެ.
މިވަގުތަކީ ރައްޔިތުން ކަންބޮޑު ނުވެ ކޮވިޑް-19 ބަލިން ރައްކާތެރިވުމަށްޓަކައި އަމިއްލައަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށާއި ޒަރޫރީ ބޭނުމެއްގައި ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުދިއުމާއި ބޭރުގައި އުޅޭ ވަގުތު މާސްކް އެޅުން އަދި ގައިދުރުކަން ބެހެއްޓުން ވަރަށް މުހިއްމު ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ.
އަދި ހޯމް ކަރަންޓީންގައި ތިއްބެވި ބޭފުޅުން ކަރަންޓީންގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަކީ މިފަދަ ވަގުތެއްގައި ވަރަށް މުހިއްމު ކަމެއްކަމަށް ވެސް ހޮސްޕިޓަލުން ހާމަކޮށްފައި ވެއެވެ.
މިއީ ފުވައްމުލަކުގެ ހޯމް ކަރަންޓީނު ނިންމާއި ޓެސްޓް ހެދި މީހުންގެ ތެރެއިން މިހާތަނަށް ޕޮޒިޓިވްވި ދެވަނަ މިހާއެވެ. މިހާތަނަށް 1000 އަށްވުރެ ގިނަ ކޮވިޑް-19 ސާމްޕަލް ފުވައްމުލަކު ހޮސްޕިޓަލުން ނަގައި ޓެސްޓް ކުރުވާފައި ވެއެވެ.
އެންމެ ފުރަތަމަ މިހާ ޕޮޒިޓިވް ވެފައި ވަނީ ފައިތުވި އޮގަސްޓް މަހު 5 ވަނަ ދުވަހުއެވެ. ކުރިން ޕޮޒިޓިވް ވެފައިވަނީ އަންހެނެކެވެ. މިފަހަރު ޕޮޒިޓިވް ވި މީހާގެ އިތުރު އެއްވެސް މައުލޫމާތެއް ފުވައްމުލަކު ހޮސްޕިޓަލުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އެފަހަރު އިތުރު މީހަކަށް ކޮވިޑް-19 ބަލި ނުޖެހި އޭނާ ވަނީ އެބަލިން ރަނގަޅުވެފައެވެ.

ދިވެހިރާއްޖޭގެ ކޮވިޑް-19 އަޕްޑޭޓް، 16 އޮކްޓޯބަރު 2020
މިއަދު މުޅި ދިވެހިރާއްޖެއިން 51 މިހަކު ކޮވިދް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ. އެއީ 33 ދިވެހިންނާއި 18 ބިދޭސީންނެވެ. މީގެ ތެރެއިން 5 މީހަކީ އަތޮޅުތެރެއިން ޕޮޒިވްވި މީހުންނެވެ. އަނެއް 46 މިހުންނަކީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ.
މިއާއެކު މިހާތަނަށްރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލައަކީ 11,113 އެވެ. މިހާރު ބަލީގައި ތިބި 1,140 މީހުންގެތެރެިއން 54 މީހަކަސް ހޮސްޕިޓަލުގައި އެޑުމިޑްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. އަދި 400 މޟިހުން އައިސޮލޭޝަނގައި އެބަތިއްބެވެ. މިބަލީގައި މިހާތަނަށްްރާއްޖެއިން މަރުވެފައިވަނީ 35 މީހުންނެވެ.

ކޮރޯނާ ވައިރަސް އަށް ޓެސްޓެ ކުރެވެ ގޮތް – މިކަލް ނިއުސް
ކޮވިޑް-19 ބަލި ޖެހިފައިވޭތޯ ބެލުމަށް ރާއްޖޭގައި ހަދަނީ ޕީސީއާރު ޓެސްޓެވެ.
ޚިޔާލުތައް