A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަައް ސިޓީން މިއަދު ޕޮޒިޓިވްވި ކޭސް އިތުރަށް ވަނީ ޔަގީން ކުރެވިފައި

ފުވައްމުލައް ސިޓީ 2 ވަނަ ކޯވިޑް-19 ކޭސް އިތުރަށް ޔަގީން ކުރެވިފައި

ފުވައްމުލައް ސިޓީން މިއަދު ކޮވިޑް-19އަށް ޕޮޒިޓިވްވި ކޭސް އަނަ އިތުރަށް ޔަގީން ކުރެވިފައި ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުގެ 2 ވަނަ ކޮވިޑް-19 ޕޮޒިޓިވް ކޭސް މިއަދު ރިޕޯޓް ކުރުމާއެކު ޝައްކުތަކެއް އުފެދިގެން ދިޔައީ އެކޭސް ނިސްބަތްވާ މީހާގެ ފަރާތުން ހާމަކުރި މައުލޫމަތުތަކާއި ގުޅިގެންނެވެ.

އޭނާ ހާމަކުރި ގޮތުގައި މިއަދު ހެނދުނު 9:00 ގައި ކޮވިޑް-19 އަށް ނެގަޓިވް (ނައްސި) ވެފައިވާ ކަމުގެ މެސެޖު އޭނާއަށް ލިބިފައި ވަނިކޮށް އެއިގެ ބައިގަޑިއެއްހާ އިރު ފަހުން ފުވައްމުލަކު ހޮސްޕިޓަލުން ގުޅާފައި ކޮވިޑް-19 އަށް ޕޮޒިޓިވް (ފައްސި) ވެފައިވާކަމަށް އެންގި ކަމަށް އޭނާ އޭއޯނިއުސްއަށް މައުލޫމާތު ދިންކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ފޯނަށް ލިބުނު މެސެޖު، އަދި ހާލުބެލުން ޕޯޓަލްގައި ނުބައިކޮށް އަޕްޑޭޓް ކުރެވުނު ނަތީޖާ

 

ފުވައްމުލަކު ހޮސްޕިޓަލުން އެންގި އެންގުމައި ގުޅިގެން އޭނާ އޭނާ އެޗްޕީއޭގެ ހޮޓްލައިން 1676 އަށް ގުޅުމުން، ހާލު ބެލުން ޕޯޓަލް އިން ނަތިޖާ ބެލުމަށް އެންގިކަމަށާއި އަދި އެޕޯޓަލްގެ ނަތީޖާގައިވެސް އޮތީ ނެގަޓިވް ކަމަށް އޭނާ ހާމަކޮށްފައިވާ ކަމަށް ވެއެވެ.

ފުވައމްުލަކު ހޮސްޕިޓަލުގެ ފެސްބުކް ޕޭޖުގައި ރަސްމީކޯސް ފުަވއްމުލަކުގެ 2 ވަނަ ކޮވިޑް-ޕޮޒިޓިވް ކޭސް ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އަދި ހޮސްޕިޓަލުގެ މެނޭޖަރުގެ ފެސްބުކް ސަޓޭޓަސްގައި ވެސް ވަނީ އިތުރަށް ޔަގީންކޮށްދީފައެވެ. ނަމަވެސް މިކަމާއި ގުޅިގެ ސޯޝަލް މީޑިއާގައި ތަފާތު ފާޑުކިޔުންތައް ފުވައްމުލަކު ހޮސްޕިޓަލަށާއި އެޗްޕީއެއަށް އަންނަނީ އަމާޒުވަމުންނެވެ.

މިއަދު ، 16، އޮކްޓޯބަރު 2020، ފުވައްމުލަކު ހޮސްޕިޓަލުގެ ސަމާލު ނޯޓިސް

މިކަން އިތުރަށް ސާފުކުރުމުގެ ގޮތުން މިކަލް ނޫހުގެ ސުވާލަށް ޖަވާބު ދެއްވަމުން ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު މިރޭ ވިދާޅުވީ ފުވައްމުލަކުން މިއަދު ރިޕޯޓްކުރި ކޮވިޑް-19 ކޭސްގެ ނަތީޖާ ދެވަނަ ފަހަރަކު ވެސް ވަނީ ޔަގީން ކުރެވިފައި ކަމަށެވެ.

މިކަމުގައި އޮޅުން އަރާގޮތް ދިމާވީ އެޗްޕީއޭއިން ހާލުބެލުން ޕޯޓަލްއަށް ނަތީޖާ އެޅިއިރު ނުބައިކޮށް އެޅިގެން ކަމަށެވެ. އަދި ހާލުބެލުން ޕޯޓަލް އަށް ނެގެޓިވް ކަމަށް ނަތީޖާ އެޅުމުން އެމީހެއްގެ ފޯނަށް އޯޓޮމެޓިކުން މެސެޖް ދާގޮތަށް ހުރުމުން ފުވައްމުލަކުގެ ކޭސް ނިސްބަތްވާ މީހާއަށް ނެގެޓިވް ކަމުގެ މެސެޖް ދިޔައީ ކަމަށާއި އަދި ހާލުބަލާ ޕޯޓަލް ގައިވެސް ނަތީޖާ ނުބައިކޮށް ހުރިކަމަށެވެ.

މިކަން އެޗްޕީއޭގެ ސަމާލުކަމަށް އައީ ނަތީޖާގެ  ކޮރޮސްޗެކިންގައި ކަމަށާއި، ކްރޮސްޗެކިންގައި ދިމާނުވުމުން އަލުން ޓެސްޓް ރި-ރަން އެއްކޮށް ނަތީޖާ ދެވަނަ ފަހަރަށް ބަލާފައިވާ ކަމަށެވެ. އަދި ދެވަނަ ނަތީޖާ ވެސް އައީ ޕޮޒިޓިވްކޮށް ކަމަށް ހޮސްޕިޓަލުގެ މެނޭޖަރު ވިދާޅުވިއެވެ. އެއާއެކު އެޗްޕީއޭއިން ފުވައްމުލަކު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓަށް ގުޅާފައި މިއީ ޕޮޒިޓިވް ކޭސްއެއް ކަމަށް އެންގި ކަމަށެވެ.

މި މައުލޫމާތުތަކަށް ބަލާއިރު މިކޭސް އާއި މެދު އިތުރަށް ސުވާލު އުފެއްދުމުގެ މާނައެއް ނެތެވެ. ދެވަނަ ޓެސްޓެއް ރި-ރަން ކުރެވިފައި ވުމުން ނަތީޖާގެ ޔަގީންކަން ވަނީ ބޮޑުވެފައެވެ.

މިއަދު ޕޮޒިޓިވް ވީ ވެސް ކަރަންޓީނުގެ 14 ދުވަސް ފުރިހަމަކޮށް ދޫކުރުމުގެ ކުރިން އާއްމު އުސޫލުން އިއްޔެ ސާޕަލް ނަގައި ކުރިޓެސްޓު ކުރި އަންހެނެކެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވި މިހާގެ ހާލު ރަނަގޅު ކަމަށާއި ބަލީގެ އެއްވެސް ނިޝާނެއް އަދި ނެތް ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ހާމަކުރައްވައެވެ.

މިއަދު ޕޮޒިޓިވް ނަތީޖާ ލިބުމާއެކު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރެވެމުން ދާކަމަށް ހޮސްޕިޓަލުން ހާމަކުރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !