A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް-19ގެ 3 ވަނަ ޕޮޒިޓިވް ކޭސް ފުވައްމުލަައް ސިޓީ އިން ރިޕޯޓްކޮށްފި

ފުވައްމުލައް ސިޓީ އިން 3 ވަނަ ކޮވިޑް-19 ޕޮޒިޓިވް ކޭސް މިއަދު ރިޕޯޓުކުރި

ކޮވިޑް-19 ގެ 3 ވަނަ ޕޮޒިޓިވް ކޭސް އެއް މިއަދު ފުވައްމުލައް ސިޓީ އިން ރިޕޯޓް ކޮށްފިއެވެ. މިއީ ކުރީގައި (16 އޮކްޓޯބަރު ގައި) ޕޮޒިޓިވްވި ކޭސް އާއި ގުޅުމެއް ހުރި މީހެއް ނޫން ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ.

މިއަދު ޕޮޒިޓިވްވީ ވެސް ހޯމް ކަރަންޓީނުގައި 14 ދުވަސް ފުރިހަމަކޮށް ދޫކުރުމުގެ ކުރިން އާއްމު އުސޫލުން މި މަހު 17ގައި ނެގި ސާޕަލްއަކުންނެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ހާލު ރަނގަޅު ކަމަށާއި ބަލީގެ އެއްވެސް ނިޝާނެއް ނެތް ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ ހާމަކުރައްވައެވެ.

މިހާރު ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް ފައްސިވެފައިވާ 2 މީހުން ވެސް ތިބީ ރަށުގައި ފުރަބަންދުގައެވެ. ހެލްތު ޕްރޮތެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އުސޫލުގައިވާ ގޮތުން ހޯމް ކަރަންޓީނުން ޕޮޒިޓިވް ވެ ބަލީގެ ނިޝާނެއް ނުފެންނަމަ އައިސޮލޭޝަނަކަށް ނުގެނެދާނެއެވެ. ނަމަވެސް ކަރަންޓީނުގައި އިތުރު 14 ދުވަސް ބެހެއްޓުމަށް ފަހު ބަލީގެ އަލާމަތެއް ނުފެންނަ ނަމަ އެއްކޮށް ދޫކޮށްލާނީއެވެ.

ފުވައްމުލަައް ސިޓީން ފުރަތަމަ ޕޮޒިޓިވްވި ކޭސްގައި ވެސް އަމަލުކޮށްފައި ވަނީ އެގޮތަށެވެ. އެފަހަރު ކޭސް އާއި ގުޅިގެން އިތުރު މީހަކަށް ކޮވިޑް-19 ބަލި ނުޖެހި އޭނާ އެބަލިން ރަނގަޅުވެފައި ވެއެވެ.

މިހާތަނަށް ފުވައްމުލައް ސިޓިން ބައްޔަށް ޕޮޒިޓިވްވި 3 މީހުނަކީ ވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ. ވުމާއެކު ރަށުތެރޭގައި ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަކަށް ނުބެލެވެއެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ސަލާމަތީގޮތުން މުހިންމު ކަމެކވެ.

މިއަދު ޕޮޒިޓިވް ނަތީޖާ ލިބުމާއެކު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރެވެމުން ދާކަމަށް ހޮސްޕިޓަލުން ހާމަކުރެއެވެ.

މިވަގުތަކީ ރައްޔިތުން ކަންބޮޑު ނުވެ ކޮވިޑް-19 ބަލިން ރައްކާތެރިވުމަށްޓަކައި އަމިއްލައަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށާއި ޒަރޫރީ ބޭނުމެއްގައި ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުދިއުމާއި ބޭރުގައި އުޅޭ ވަގުތު މާސްކް އެޅުން އަދި ގައިދުރުކަން ބެހެއްޓުން ވަރަށް މުހިއްމު ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ.

އަދި ހޯމް ކަރަންޓީންގައި ތިއްބެވި ބޭފުޅުން ކަރަންޓީންގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަކީ މިފަދަ ވަގުތެއްގައި ވަރަށް މުހިއްމު ކަމެއްކަމަށް ވެސް ހޮސްޕިޓަލުން ހާމަކޮށްފައި ވެއެވެ. މި ރޯގާ ފެތުރުނަ ނުދިނުމަށް މި ވައިރަހަށް ފައްސިވާ ފަރާތްތަކާއި އެފަރާތުގެ އާއިލާގެ މެމްބަރުންނާއި އާއްމު ރައްޔިތުންގެ އެއްބާރުލުން ވަރަށް މުހިއްމު ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެއެވެ.

ރާއްޖޭގެ ކޯވިޑް-19 ނަމްބަރުން، 19 އޮކޮޓޯބަރު 2020

މިއީ ފުވައްމުލައް ސިޓީގެ ހޯމް ކަރަންޓީނު ނިންމާއި ޓެސްޓް ހެދި މީހުންގެ ތެރެއިން މިހާތަނަށް ޕޮޒިޓިވްވި 3 ވަނަ މީހާއެވެ. މިހާތަނަށް 1000 އަށްވުރެ ގިނަ ކޮވިޑް-19 ސާމްޕަލް ފުވައްމުލަކު ހޮސްޕިޓަލުން ނަގައި ޓެސްޓް ކުރުވާފައި ވެއެވެ.

ފުވައްމުލައް ސިޓީން އެންމެ ފުރަތަމަ މީހާ ޕޮޒިޓިވް ވެފައި ވަނީ ފައިތުވި އޮގަސްޓް މަހު 5 ވަނަ ދުވަހުއެވެ. ދެވަނަ މީހާ މި އޮކްޓޯބަރު މަހު 17 ގައި އަދި 3 ވަނަ މީހާ 19 އޮކްޓޯބަރު ގައެވެ.

ކުރީ ދެ ފަހަރުވެސް ޕޮޒިޓިވް ވެފައިވަނީ އަންހެނުންނެވެ. މިފަހަރު ޕޮޒިޓިވްވީ މީހާގެ އިތުރު މައުލޫމާތެއް ފުވައްމުލަކު ހޮސްޕިޓަލުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އިއްޔެ މުޅި ދިވެހިރާއްޖެއިން 32 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ. އެއީ 27 ދިވެހިންނާއި 5 ބިދޭސީންނެވެ. މީގެ ތެރެއިން 11 މީހަކީ އަތޮޅުތެރެއިން ޕޮޒިވްވި މީހުންނެވެ. އަނެއް 21 މީހުންނަކީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ.

މިއާއެކު މިހާތަނަށްރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލައަކީ 11,210 އެވެ. މިހާރު ބަލީގައި ތިބި 1,002 މީހުންގެ ތެރެއިން 54 މީހަކަށް ހޮސްޕިޓަލުގައި އެޑުމިޑްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. އަދި 348 މީހުން އައިސޮލޭޝަންގައި އެބަތިއްބެވެ. މިބަލީގައި މިހާތަނަށް ރާއްޖެއިން މަރުވެފައި ވަނީ 37 މީހުންނެވެ.

ކޮރޯނާ ވައިރަސް އަށް ޓެސްޓެ ކުރެވެ ގޮތް – މިކަލް ނިއުސް

ކޮވިޑް-19 ބަލި ޖެހިފައިވޭތޯ ބެލުމަށް ރާއްޖޭގައި ހަދަނީ ޕީސީއާރު ޓެސްޓެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !