ފުވައްމުލަކު ނޭޗަރ ޕާކްގެ ބައެއް ކަމަށްވާ ބޯޑްވޯކާއި ގުޅިފައިވާ ހަޓަށް ބަޔަކު ގެއްލުން ދީފައިވާ ކަމަށް ފުވައްމުލަކު ނޭޗަޕާކުން ހާމަކުރެއެވެ. ފާއިތުވި ހަފުތާގެ ބުރާސްފަތި ދުވަހު ބަޔަކުވަނީ ބަންޑާރަ ކިޅި ބޯރޑްވޯކްގެ ހަޓްގެ އެއް ފަރާތުގެ ރެއިލިންތައް ހަލާކުކޮށްފައި ކަމަށް އެފަރާތުން ހާމަކުރެއެވެ.
އިއްޔެ (ބުރާސްފަތި)ގެ ވަގުތެއްގައި ވެސް ބަޔަކުވަނީ މި ހަޓްގެ އެހެން ފަރާތެއްގެ ރެއިލިންތައް ހަލާކުކޮށް ޗަސްބިން ތެރެއަށް އުކާލާފައި ކަމަށް އެފަރާތުން ހާމަކުރެއެވެ. އެކިފަހަރުމަތިން މިހަޓްގެ ރެއިލިންތަކަށް ގެއްލުންދީފައިވާކަމަށެވެ. އެގޮތުން ހަޓުގެ 3 ފަރާތުގެ ރެއިލިން ވެސް ވަނީ ވައްޓާލާފައި ކަމަށް ހާމަކުރެއެވެ.

ބަންޑާރަ ކިޅީގެ ބޯޑުވޯކާއި ގުޅިފައިވާ ހަޓްުގެ ރޭލިން ހަލާކުކޮށްލާފައި. ފޮޓޯ؛ ފުވައްމުލަކު ނެޗާ ޕާކް
މީގެ އިތުރުން ވެސް ތަފާތު އެކިފަހަރު މަތިން މި ބޯރޑްވޯކްގެ ރެއިލިންގެ ކެޕްތައް ނައްޓާ ވިނަގަނޑު ތެރެއަށް އުކާލާފައިވުމާއި، ބޯޑުވޯކްގައި ކަނޑާ ނަގައި އަދި ދެލި/ދަވާދު ފަދަ ތަކެތިން ކުރަހައި ލިޔަމުންދާކަމަށް ވެސް ފުވައްމުލަކު ނޭޗަރ ޕާކްއިން ހިތާމައާއިއެކު ފާހަގަކޮށްފައި ވެއެވެ.
ވަރަށް ބޮޑަށް ތަނަށް ގެއްލުންދީ ހާލަކުކޮށްފައިވުމުގެ ސަބަބުންނާއި ބޯޑްވޯކް ހަދާފައިވާ މެޓީރިއަލްއަކީ ހޯދަން ދަތި އަދި އެހާމެ އަގުބޮޑު މެޓީރިއަލްއަކަށް ވާތީ މިފަދަ ގެއްލުންތައް ރަނގަޅުކޮށް ތަން ރީކޮށް ބަހައްޓަން ދަތިވާކަށެވެ. އަދި ކޮވިޑު-19ގެ މި ދަތި ދަނޑިވަޅުގައި މިތަންތަން މަރާމާތުކުރުމަކީ ވަރަށް އުނދަގޫ ކަމެއްކަމަށް ފާހަނގަކޮށްފައި ވެއެވެ.
ފުވައްމުލަކުގައި ހަދާފައިވާ ބޯރޑްވޯކް ތަކަކީ ޤުދުރަތީ ވެށީގެ ހިތްގައިމުކަން ދެކިލުމަށާއި ފޮޓޯނެގުމަށް ގިނަ އަދަދެއްގެ ދިވެހިންނާއި ބޭރު މީހުން ޒިޔާރަތްކުރާ ތަނެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ބޯރޑްވޯކްތަކަށް ވަނީ “ވޯރލްޑް ޓްރެވެލަރ ޕޭޖް” އިން ވެސް ޖާގަ ލިބި ގިން ބައެއްގެ ސަމާލުކަން ވެސް ލިބިފައެވެ.

ބަންޑާރަ ކިޅީގެ ބޯޑުވޯކާއި ގުޅިފައިވާ ހަޓްުގެ ރޭލިން ހަލާކުކޮށްލާފައި. ފޮޓޯ؛ ފުވައްމުލަކު ނެޗާ ޕާކް
ނަމަވެސް ބައެއް މީހުން މި ތަންތަނަށް ތަކުރާރުކޮށް ގެއްލުން ދެމުންދާތީ ހިތާމަކުރާކަމަށް އެފަރާތުން ހާމަކުރެއެވެ. މިގޮތަށް ތަންތަނަށް ގެއްލުންދެމުން ދާނަމަ މާގިނަ ދުވަސްތަކެއް ނުވެ ފުވައމްުލަކު ނޭޗަރ ޕާކްގެ ބޯޑުވޯކްތައްކާއި ހަތްތައްވެސް ހަލާކުވެ ނެތިގެން ހިނގައިދާނެ ކަމަށް ބުނެފައިވެއެވެ. މި ފަދަ އަމަލުތައް ހުއްޓާލައި މި ތަން ރީތިކޮށް ދެމެހެއްޓުމަށް އެ ފަރާތްތަކަށް ފުވައްމުލަކު ނޭޗަރ ޕާކްގެ ފަރާތުން ނަސޭހަތްތެރިވެއެވެ. ޤުދުރަތީ ވެށީގެ މި ރީތި މަންޒަރުތަކުން އެންމެންވެސް ހިތްހަމަޖެހުން ލިބިގަންނާށަން ވީކަމަށެވެ. އަދި މުސްތަޤުބަލުގެ ޖީލުތަކަށް އެ ފުރުޞަތު ހޯދައިދިނުމަކީ ހުރިހާ އެންމެންގެ ވެސް ޒިންމާއެއެއްކަމުގައި ދެކިއ އެއި ތިމާމެންގެ ތަން ކަމުގައި ބަލައިގެން އެތަން ރައްކާތިރެކޮށް ބެލެހެއްޓުމުގައި އެންމެގެ އެހީތެރިކަން ވެސް ފުަވއްމުލަކު ނެޗަރ ޕާކް ބަލަހައްޓާ ފަރާތްތަކަށް ބޭނުންވެއެވެ.
ފުވައްމުލަކު ނޭޗަރ ޕާކްގެ އަކީ ތަންތަނަކީ ރަށް އަންނަ ގިނަ ބަޔަކު ޒިޔާރަތްކުރާ މުހިންމު ތަންތަނެވެ. މިތަންތަނަށް ބައޯސްފިއާރ ރިޒާވެއްގެ ދަރަޖަ ލިބުންވެސް ކައިރިވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފުވައްމުލަކު ނޭޗަރ ޕާކް ބަލަހައްޓާ ކުދިންކޮޅެއް
+1
+1
ޚިޔާލުތައް