A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ހިމެނޭ، ދެކުނުގެ 6 އަތޮޅަށް މޫސުމީ ހުދު ސަމާލު ނެރެފި

މިއަދު ދެވަނަ ފަހަރަށް ނެރެފައިވާ ހުދު ސަމާލު 15 ނޮވެމްބަރު 2020

ފުވައްމުލައް ސިޓީއަށް ހިމެނޭ، ދެކުނުގެ 6 އަތޮޅުގެ ސަރަހަށްދަށް މޫސުމީ ހުދު ސަމާލު ނެރެފިއެވެ. ދިޔަވަރު ބޮޑުވާވަގުތު ދެކުނުގެ އަތޮޅުތަކަށް އުދަ އަރާފާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކްލް ސާވިސް އިން އިރުޝާދު ނެރެފައި ވެއެވެ. މިއީ މި ނޮވެމްބަރު މަހު ފުވައްމުލައް ހިމަނޭ ސަރަހައްދަށް ހުދު ސަމާލު ނެރުނު 10 ވަނަ ދުވަހެވެ. ބައެްއ ދުވަހު 2 ނޫނީ 3 ފަހަރު ވެސް ހުދު ސަމާލު ނެރެފައި އެބަހުއްޓެވެ. އަދި ނޮވެމްބަރު 9 ވަނަ ދުވަހު ރީނދޫ ސަމާލު ނެރެފައި ވެއެވެ.

މިއަދު، 15 ނޮވެމްބަރު 2020 ގެ ފަތިހު 4:00 އިން ހެނދުނު 9:00 އަށް ފުތަރަމަ ހުދު ސަމާލު ނެރުމަށްފަހު ހުދު ސަމާލުގެ ވަގުތު ދެވަނަ ފަހަރަށް ވަނީ މެންދުރުފަހު 3:00އަށް އިތުރު ކޮށްފައެވެ. މިއާއެކު ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިރުޝާދު ދީފައި ވެއެވެ. މިއަދު ދެވަނަ ފަހަރު ނެރުނު ހުދު ސަމާލުގައި ވަނީ ދެކުނުން ތ. އަތޮޅުން ފެށިގެން އައްޑޫ ސޓީިއަށް އަދި މާލެ އަތޮޅުން އުތުރުގެ ހުރިހާ ހިސާބަކަށެވެ. ވަނީ މޫސުމީ ހުދު ސަމާލު ނެރެފައެވެ.

މިއަދު ހެނދުނުން ފެށިގެން ފުވައްމުލައް ސިޓީއަށް ވާރޭ ވެހެމުން ދެއެވެ.

މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް، ކުރިޔަށް އޮތް 24 ގަޑިއިރަށް މުޅި ރާއްޖެއަށް ނެރެފައިވާ މޫސުމީ އިރުޝާދުގައި ވާ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެއެވެ.

މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު-އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ހާމަކުރެއެވެ. އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަަށް ގަދަ ވާނެއެވެ.

މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރާނެ ކަމަށާއި އުތުރުގެ އަތޮޅުތަަކަށް އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށެވެ. ރާއްޖޭގެ ދެކުނު ފިޔަވައި އެހެން ހިސާބުތަކަށް އާއްމުކޮށް ވައިޖެހޭނީ މަޑުން ހުޅަނގު-އުތުރާއި އުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަަށް މަޑުވާނެކަމަށް ލަފާކުރެއެވެ.

މެދު ރާއްޖެތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ. ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ކަނޑުގެ ރާޅުގެ އުސްމިން 3 – 6 ފޫޓުގައި ހުންނަނެކަމަށް ބެލެވެއެވެ.

މޫސުމީ ހުދު ސަމާލު ނެރެނީ އާއްމު ވައި ގަޑިއަކު 19-24 މޭލާއި ދެމެދުގެ ބާރުމިނުގައި ހުރުމާއި ކޮޅިގަނޑުގައި 50-54 މޭލަށް ވައި ގަދަވާނެ ކަމަށް ލާފާކޮށްފައެވެ. އަދި 50 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ބަލާފައެވެ. މިއީ ފުލުފުގައި މިއަދު ހުދު ސަމާލު ނެރުނު 2 ވަނަ ފަހަރެވެ. އެގޮތުން ރެއާއި މިއަދު ހެނދުނު އަދި މެންދުރު ފަހުން ވެސް މިވަނީ ފުވައްމުލައް ހިމެނޭ ސަރަހައްދަށް ހުދު ސަމާލު ނެރެފެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !