A wide advertisement which will be shown on all devices. (700 x 100)

ކޮރޯނާ ވައިރަސްގެ ވެކްސިން ދޭން އެންމެ ފުރަތަމަ ފަށާނީ އިނގިރޭސިވިލާތުން

އިނގިރޭސި ވިލާތުގައި އަންނަ ހޯމަދުވަހު ކޯވިޑް-19 ވެކްސިން ދޭން ފަށާނެ

ކޮވިޑް-19 އަށް ތައްޔާރުކުރި ފިޒާރ ވެކްސިން ދޭން އެންމެ ފުރަތމަ ފަށާނީ އިނގިރޭސި ވިލާތުގެ ލަންޑަނުގައި ކަމަށް ވެއެވެ. އެގައުމުން އިއްޔެ ވަނީ ވެކްސިން ދުނުމުގެ ހުއްދަދީފައެވެ. އެންމެ ފުރަތަމަ ވެސިން ދިނުމަށް ހުއްދަ ދިން ގައުމަކަށް މިވީ އިނގިރޭސި ވިލާތެވެ. އެއާއެކު އަންނަ ހޯމަ ދުވަހު ލަންޑަނުގައި ވެކްސިން ދޭން ފަށާނެއެވެ.

އެމެރިކާގެ އުފެއްދުމެއް ކަމަށްވާ ފިޒާރ ވެސްކްސިން އެގައުމަށްވުރެ ކުރިން ދިނުމަށް އިނގިރޭސިވިލާތުން ދިނީ އިމަޖެންސީ ހުއްދައެކެވެ. އެއާއެކު ރަސްމީކޮށް މި ވެސްކިން ދިނުން އަންނަ ހަފުތާއަށް ވަނީ ތާވަލް ކުރެވިފައެވެ.

އިނގިރޭސި ވިލާތުން ވަނީ އެމެރިކާގެ ފިޒާރ ވެކްސިނާއި ޖަރުމަނުގެ ބައޯއެންޓެކްގެ 40 މިލިޔަން ޑޯޒް ވެކްސިނަށް އޯޑަރުކޮށްފައެވެ.

ވެކްސިން ދިނުމުގައި އިނގިރޭސި ވިލާތުން ތައްޔާރުކުރި އިސްކަންދޭ ތަރުތީބު ލިސްޓްގެ އެންމެ ކުރީގައި އޮތީ މުސްކުޅިން ބަލަހައްޓާ ތަންތަން (ނާސީން ހޯމް) ގެ މީހުންނެވެ. އެއިގެ ފަހަތުން  ސިއްހީ އިދާރާތަކުގައި މަސައްކަތް ކުރާ ފްރޮންޓް ލައިން މީހުނެވެ.

ނަމަވެސް އެންމެ ކުރިން ވެކްސިން ދެވޭނީ ހޮސްޕިޓަލްތަކުގެ މީހުންނަށް ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރައްވައެވެ. އެހެން ދިމާވަނީ ނާސިން ހޯމްތަކާއި ހަމަޔަށް ވެކްސިން ގެންގޮސް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށްވެ ބަޔާން ކުރެއެވެ. ކޮވިޑް-19 ވެކްސިން ރައްކާކުރަން ޖެހެނީ ޑްރައީ-އައިސްގައި ވަރަށް ފިނަ ގަދަކޮށެވެ. މި ވެކްސިންގެ ޑޯޒް ވަކިން ހުންނަނީ ފޮށިތަކުގައި ބަންދުކޮށްފައެވެ.

މުޅި ދުނިިޔޭގެ ކޮވިޑް-19 ތްރެންދް ހުރިގޮތް 2 ޑިސެމްބަރު 2020.

ވެކްސިންގެ ފުރިހަމަ ނަތީޖާ ލިބެނީ 2 ޑޯޒް ޖަހައިގެންނެވެ. ދެޑޯޒް ދެމެދު 1 މަސްދުވަސް ވާން ޖެހެއެވެ. ލަންޑަނުގެ ހޮސްޕިތަލްތަކުގެ މީހުންނަށް ވެކްސިން ޖެހުމަށް ޝެޑިއުލް ހަދައި މިހާރު އަންގަމުން އެބަދެއެވެ.

ފިޒާރ ގެއިތުރުން އިތުރު، ބައޯއެންޓެކް އާއި މޮޑާނާ ވެކްސިން އިން ވެސް ވަނީ އެންމެ ފަހުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާފައެވެ.

ކޮވިޑް-19 ގެ ނުރައްކާ ބުޑުވަނީ އުމުރުން 60 އހަރުން މަތީގެ މީހުންނައި ހިތުގެ ބަލި، ހަކުރުބަލި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނަށް މިބަލީގެ ނުރައްކާ ބޮޑުކަމަށް ތަފާސް ހިސާބުތަކުން ސާބިތުވެއެވެ. މިބަލި ޖެހޭ މީހުންގެ %20 ( ކޮންމެ 5 މީހުންއިން 1 އަށް) މީހުންނަށް ނޭވާލާ ނިޒާމަށް އުނދަގޫތަކެއް ދިމާވެ ހޮސްޕިޓަލުން ފަރުފވާ ހޯދަން ޖެހެކަމަށް ދައްކައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !