A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ހޯމް ކަރަންޓީނު ގޭގެ އަދަދު 119 އަށް އިތުރުވެއްޖެ

ފުވައްމުލައް ސިޓީ ކޯވިޑް-19ގެ ހޯމް ކަރަންޓީން 17 ޑިސެމްބަރު 2020

ފާއިތުވި ދެ ހަފުތާ (16-1 ޑިސެމްބަރު 2020 އަށް) ނިމުނު އިރު ފުވައްމުލައް ސިޓީގައި ކޮވިޑް-19 އާއި ގުޅިގެން ހޯމް ކަރަންޓީނުގައި މީހުން ތިބި ގެތަކުގެ އަދަދު 119 އަށް އިތުރު ވެއްޖެއެވެ. އެގޮތުން ފާއިތުވި ނޮވެމްބަރު މަހުގެ ފަހު ދެ ހަފުތާގައި ހޯމް ކަރަންޓީނުގައި މީހުން ތިބީ  ގެތަކުގެ އަދަދު ހުރީ 115 ގައެވެ.

ފާއިތުވި ދެ ހަފުތާތެރޭގައި ހޯމް ކަރަންޓީނު އުސޫލަށް އެޗްޕީއޭއިން ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން ކުރިން 14 ދުވަހަށް ހޯމް ކަރަންޓީނު ކުރަން އޮތަސް ޑިސެމްބަރު މަހު 4 ގެ ފަހުން ދަތުރުވެރިން ހޯމް ކަރަންޓީނު ކުރަނީ 10 ދުވަހަށް ކަމަށް ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް ކްލޯޒް ކޮންޓެކްޓެއްގެ ގޮތުން އަދިވެސް ކަރަންޓީނު ކުރަނީ 14 ދުވަހަށެވެ.

ޑިސެމްބަރު މަހު 4 ގެން ކުރިން ފުވައްމުލަައް ސިޓީގައި ހޯމް ކަރަންޓީނު ކުރި ގޭގެ ތެރެއިން އިއްޔެއާއި ހަމަޔަށް މީހުން ތިބޭނެ ކަމަށް ބެލެވެނީ ޖުމްލަ 17 ގެއެއްގައެވެ. އަދި އެއިގެން ފަހުން ޑިސެމްބަރު 4 އަދި 5 އަށް ހޯމް ކަރަންޓީނު ކުރެވިފައި ވަނީ 26 ގެއެކެވެ. މި 43 ގޭގެ މީހުން އިއްޔެ ކަރަންޓީނު ދޫކޮށްލާފައި ވުމަކީ އެކަށީގެން ވާ ކަމެކެވެ. އެއީ އެމީހުންގެ ކަރަންޓީނުގެ 14 ދުވަހާއި 10 ދުވަސް ވަނީ ޑިސެމްބަރު 14 އަށް ހަމަވެފައި ވުމުންވެެ. މިއަދަދު ދަށްވެފައި މިވަނީ ހޯމް ކަރަންޓިނުގެ މުއްދަތު ކުރުކުރުމުގެ ސަބަބުންނެވެ.

ވުމާއެކު މިހާރު ފުވައްމުލައް ސިޓީގައި ހޯމްކަރަންޓީނުގައި މިހާރު ތިބޭނެކަމަށް ބެލެވޭ މީހުން ތިރީގައި އެވާ ޗާޓުްގައި އެވަނީއެވެ.

މިހާރު ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނު ކުރެވިފައިވާ ގޭގެ އަދަދުތައް (ކަރަންޓީނު 10 ދުވަސް ހަމަނުވާ)

މީގެ އިތުރުންވެސް މިހާރު ވަނީ މާލެ ސަރަހައްދަށް ދަތުރުކުރުމުގައި ލުއިފަސޭހަތަކެއް ވެސް ދީފައެވެ. އެގޮތުން މާލެ ސަރހައްދަށް ދަތުރކުރާ މީހުން ކަރަންޓީން ވާން ނުޖެހެނެ ގޮތަށް ގެނައި ބަދަލާއި އަދި ރާއްޖެއިން ބޭނުން އަންނަ މީހުން ޕީސީއާރު ނެގަޓީން ރިޒަލްޓަކާއި އެކު އައުމުން ކަރަންޓީނު ނުވާ ގޮތަށް ހަމަޖެއްޗުން ހިމެނެއެވެ.

ފުވައްމުލައް ސިޓީ ހޯމްކަރަންޓީނު ނިންމި މީހުންގެ ތެރެއިން މުޅިއެކު ކޮވިޑް-19 އަށް ޕޮޒިޓިވްވި 4 މީހުންނެވެ. އެއީ ބަންގްލާދޭޝް މަސައްކަތު މީހަކާއި 3 ދިވެހިންނެވެ. އެއެންމެނެސް ވެސް ބަލިން ރަނގަޅުވގެން ފައިތުވި ނޮވެމްބަރު މަހު 9ގައި ވަނީ ދޫކޮށްލާފައެވެ.

އެއާއެކު މިހާރު ފުވައްމުލަކުގައި ކޮވިޑް-19 ގެ ބަލި މީހަކު ހުރިކަމަކަށް ނެތެވެ. ފުވައްމުލަކުން މުޅިއެކު ބައްޔަށް ޕޮޒިޓިވްވެ ފައިވަނީ ހޯމް ކަރަންޓީނު ނިންމި 4 މީހުންނެވެ. އެ އެންމެން ވެސް ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި އެމީހުންގެ ފަރާތުން އިތުރު މީހަކަށް ބަލި ޖެހިފައެއް ނުވެއެވެ.

ބައެއް ގޭގޭގައި 1 އަށް ވުރެ ގިނަ މީހުން ހޯމް ކަރަންޓީނުގައި ތިބެއެވެ. ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނު ކޮށްފައި މުޅިއެކު ތިބީ ކިތައް މީހުން ކަމެއް ފުވައްމުލައް ސިޓީ ކައުންސިލުން ހާމައެއް ނުކުރެއެވެ.

މުޅ ިރާއްޖޭގައިވެސް ވަނީ ކޮވިޑް-19 ވަރަސް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ. އެގޮތުން ފާއިތުވި 2 ދުވަހު މުޅި ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 6 މީހުނާއި 10 މީހުނެވެ.

ރާއްޖޭގެ ކޯވިޑް-19ގެ ހާލަތު. 17 ޑިސެމްބަރު 2020

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !